ފްރާންސްގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އެ ބަލި ކޮންޓްރޯލްކުރުމަށް އެ ޤައުމު ފުރަބަންދުކުރުމަށް ނިންމާފައިވާތީ ފްރެންޗް ކަޕުގެ މިއަހަރުގެ ޑިސެމްބަރުގެ އެކަކަށް ފަސްކޮށްފިއެވެ.

ބަލީގެ ހާލަތު ގޯސްވެ، ބަލިޖެހޭ މީހުންގެ ނިސްބަތް ގިނަވުމާއި ގުޅިގެން ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވަނީ ހުކުރު ދުވަހުން ފެށިގެން ފްރާންސް ދެވަނަ ފަހަރަށް ލޮކްޑައުންކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

މުޅި ޤައުމާއި މުޚާތަބުކުރައްވާ ވާހަކަދައްކަމުން ފްރާންސްގެ ރައީސް ބުނީ މި ލޮކްޑައުން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެ ކަމަށާއި ބަލި ކޮންޓްރޯލްކުރުމަށް ގިނަ ކަންކަން ފަސްކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި އެ ޤައުމުގެ މުހިއްމު ގިނަ ބައްދަލުވުންތަކާއި ހަރަކާތްތައް ހިމެނެއެވެ.

ފްރާންސް ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އެ ޤައުމުގެ ފުޓުބޯޅަ އިދާރާއިން ވަނީ ފްރެންޗް ކަޕާއި ދަށް ޑިވިޝަންތަކުގެ މެޗުތަކުގެ އިތުރުން ބައެއް ފަރިތަކުރުންތައް ބޭއްވުން މެދުކަނލާފައެވެ. ނަމަވެސް އެ ޤައުމުގެ ފުރަތަމަ ޑިވިޝަން ކަމަށްވާ ފްރެންޗް ލީގާއި ދެވަނަ ޑިވިޝަނުގެ އިތުރުން އަންހެނުންގެ ފުރަތަމަ ޑިވިޝަނާއި ބައިނަލްއަޤްވާމީ މެޗުތައް ހުއްޓުމެއްނެތި ކުރިޔަށްދާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ކޮވިޑާއި ގުޅިގެން މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ވަނީ ކެންސަލްކޮށްފައެވެ. ޕީއެސްޖީގެ ޗެމްޕިއަންކަން ދިނުމަށް ނިންމާފައިވަނީ އެ ޤައުމުގެ ފުޓުބޯޅަ އިދާރާއިންނެވެ. އެންމެ ފުރަތަމަ އެ ޤައުމު ފުރަބަންދުކުރި އިރު 8 ހަފުތާވަންދެން އެ ޤައުމު ފުރަބަންދުކުރި އެވެ.

މި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފްރާންސުން ވަނީ 32000 އަށްވުރެ ގިނަ މީހުން ފައްސިވެފައެވެ. އަދި 244 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވައިކިންގ

    ޔާ ﷲ، ވަރުގަދަ ވެގެންވާ ، ޢިބްރަތުން ފުރިގެންވާ ގަދަފަދަ ޢަޒާބެއް ފްރާންސްގެ ކާފިރުންނަށް ފޮނުއްވާނދޭވެ. އާމީން.