ކޮވިޑް-19 އާ ޗެލެންޖުނުކޮށް ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑަންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

އިޓަލީގެ ލޮމްބާޑީ އެޑްމިނިސްޓްރޭޝަން ރީޖަންގެ ޕަބްލިކް ސާވިސް އެނައުންސްމަންޓް (ޕީއެސްއޭ) ވީޑިއޯއެއްގައި ޒްލަޓަން ބުނެފައިވަނީ އޭނާއާއި ވައިރަސް "ޗެލެންޖް" ކުރިކަމަށާއި މިޗެލެންޖުން އޭނާ ވައިރަސް ބަލިކޮށްފިކަމަށެވެ.

އެހެންނަމަވެސް ދެންތިބި އެންމެންނަކީ އޭނާ ނޫންކަމަށާއި ސިކުނޑީގެ ބޭނުންކޮށް އެހެންމީހުން މިނުރައްކާތެރި ވައިރަސްއާއި ޗެލެންޖު ނުކުރުމަށްވެސް ޒްލަޓަން މި ވީޑިއޯގައި ބުނެފައިވެއެވެ. މީގެއިތުރުން ވީޑީއޯ ނިންމާލަމުން ސިއްހީ މާހިރުން ނެރެފައިވާ ގައިޑްލައިންތަކަށް ތަބާވެ ގައިދުރުކަން ބެހެއްޓުމަށާއި މާސްކު އަޅައިގެން އުޅުމުން މިކަމުން އަވަހަށް އަރައިގަނެވޭނެކަމަށް ބުނެ އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.

ޒްލަޓަން ކޮވިޑަށް ފައްސިވެފައިވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ. މިހާތަނަށް މިސީޒަނުގައި އޭނާ އޭސީ މިލާނަށް 10 މެޗު ކުޅެދީފައިވާއިރު ޖުމްލަ 7 ލަނޑު އޭނާ ވަނީ އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

އިޓާލިއަން ލީގުގައި 5 މެޗެއް އެޓީމުން ކުޅެފައިވާއިރު އެޓީމުން ވަނީ 13 ޕޮއިންޓު ހޯދާ ޕޮއިންޓް ތާވަލްގެ އެއްވަނަވެސް ހޯދާފައެވެ. އެޓީމުން މިސީޒަނުގައި މިހާތަނަށް 12 ލަނޑު ކާމިޔާބުކޮށްފައިވާއިރު ޒްލަޓަން ވަނީ އެޓީމަށް އޭގެތެރެއިން 6 ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މިވަގުތު ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް 39 އަހަރުގެ ޒްލަޓަންއެވެ.

މިއަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެން ފެށިފަހުން ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޔޫރަޕަކީ ދުނިޔޭގެ ފުޓުބޯޅައިގަވެސް އެންމެ ވަރުގަދަ ލީގުތައް ކުޅެމުންދާ ބައްރެވެ. މިއާއެކު މިލީގުތަކުގައި ކުޅެމުންދާ އެތައް ކުޅުންތެރިންތަކެއްވެސް ކޮވިޑްގެ ޝިކާރަކަށް ވަނީ ވެފައެވެ. މިހާރުވެސް ކުޅެމުންދާ ނަންމަޝްހޫރު ގިނަ ކުޅުންތެރިންނާއި ކޯޗުން އަދި ފުޓުބޯޅައިގެ ކުރީގެ އެތައް ލެޖެންޑުންތަކެއްވެސް ވަނީ މިވައިރަސްއާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިއާ ކަމަށް ގިނަބަޔަކު އިއްތިފާގުވާ ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރުވެސް ހުރީ ވައިރަސްޖެހި އައިސޮލޭޝަންގައެވެ. އޭނާގެ ގައިން ވައިރަސްގެ އެއްވެސް އަލާމާތެއް ފެންނަމުން ނުދިޔަނަމަވެސް ހެދި ތިން ޓެސްޓުންވެސް ފައްސިވުމުން ޔުވެންޓަސްއިން ކުޅުނު މުހިންމު މެޗުތަކެއްގައި އޭނާ ފެނިގެން ގޮސްފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަލާދަނޑި

    ދުނިޔެ ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ބަލަނީ މެސީ..
    ރޮނާލްޑޯ އެއް ނޫން..

    2
    2
  2. އިބްރަތް

    އިބްރާހީމްއޮވިކް ކަލޭ ކޯއްޗެކޭ ކިޔާކަށް؟ އެހެން އެންމެންނަކީ ތިމަންނައެއްނޫނޯ؟؟ ކޮވިޑް19 ޗެލެންޖުކޮށް ބަލިކޮށްފީމޭ...ބަލަ މޮޔަޔާ އެއީ ﷲގެ އިރާދަ ފުޅު...ކަލޭ އަށް ކިހިނެއް އެނގޭނީ
    ކަލޭތިހިރީ އަދި ސަލާމަތުންކަމެއް