އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ނުބޭއްވޭނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެމުންނެވެ.
މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މަޚްލޫފު ވިދާޅުވީ ރާއްޖެއަކީ މި ހާލަތުގައި އެންމެ ބޮޑު އަސަރެއް ކުރި އެއް ޤައުމު ކަމަށާއި ގޭމްސްއަށް ތައްޔާރުވާ ވަރަށް ރާއްޖެއަށް ވަގުތު ނެތްކަމަށެވެ.
މަހްލޫފު ވިދާޅުވީ ކޮވިޑުގެ މި ހާލަތާއި ގުޅިގެން ރާއްޖެއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި އެގތުން އިގްތިސާދީ ގޮތުން ރާއްޖެ އޮތީ ދަށް ހާލަތެއްގައި ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެތައް ބަޔަކަށް މީގެ ނޭދެވޭ އަސަރު ފޯރާފައި އޮތް ދަނޑިވަޅެއްގައި މިފަދަ ގޭމްސްއެއް ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.
"މުޅި ދުނިޔެއަށް ކޮވިޑު ޖެހުނުއިރު ރާއްޖެއަކީ އޭގެ އިމްޕެކްޓް، އިކޮނިމިކަލީ އެންމެ ބޮޑަށް ކުރި ޤައުމު ކަމަށް ވެފައި އަޅުގަނޑުމެން މި ފެސިލިޓީތައް ޑިވެލޮޕްކޮށް އަދި މުޅި ގޭމްސް ރާވާ ހިންގަން އަޅުގަނޑުމެންނަށް ވަގުތެއްވެސް ނެތް. އަދި މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އެތަކެއް ޒުވާނުންގެ ވަޒީފާތައް ގެއްލި ، އެތައް ބައެއްގެ އާމްދަނީ މަދުވެ ވިޔަފާރިތަކަށް އޭގެ އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި ވަކިން ފޯކަސްކޮށްގެން މިވަރުގެ ބޮޑު ގޭމްސްއެއް 2023 ގައި ބާއްވަން އުޅުމަކީ ރަނގަޅުވެސް ކަމެއް ނޫން، މި ދެންނެވީ ވަގުތު ނެތުމާއި އެކީ އަދި އިގްތިސާދު އޮތްގޮތުން ނުވާނެކަމެއް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންމަހުލޫފު ވިދާޅުވިއެވެ.
ރާއްޖެއިން މިގޮތަށް ނިންމާފައިވަނީ ކެބިނެޓުގައި ކުރިޔަށްދިޔަ މަޝްވަރާތަކަށްފަހު އެވެ. މި މަޝްވަރާތަކަށްފަހު ރާއްޖެއިން ވަނީ 2025 އަށް ގޭމްސް ފަސްކޮށްދިނުމަށް އެދި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގެ ކައުންސިލަށް ހުށައަޅާފައެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ކީޗް (ގޭމްސްގެ ކަންކަން ނިންމާ ކޮމެޓީ) އާއި މީގެ ފަސް ވަރަކަށް ދުވަސް ކުރިން ބައްދަލުކޮޮށް 2025 ވަނަ އަހަރަށް އައިއޯއައިޖީ ލަސްކޮށްދިނުމަށް ހުށައަޅާފައި، ގައިމުވެސް 2023 ވަނަ އަހަރު ރާއްޖޭގައި ނުބާއްވާނެ، 2025 ގައި ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދީފިކަމުގައި ވާނަމަ އިރާދަކުރެއްވިއްޔާ ރާއްޖޭގައި ބާއްވަން މަސައްކަތްކުރަމުން ދާނީ ، ނިންމުން ނިމިގެން އަންނާނީ ކީޗްގެ ބައްދަލުވުމުގެ ތެރެއިން" މަހުލޫފު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ރާއްޖޭން އައިއޯއައިޖީ ބޭއްވުމުގެ ބިޑް ކާމިޔާބުކުރީ މި ސަރަހައްދުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ މަޑަގަސްކަރަ އާއި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ.
އައިއޯއައިޖީއަކީ މިހާތަނަށް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ. ރާއްޖޭގައި ރަސްމީކޮށް ކުޅިވަރު ކުޅެންފެށިތާ 88 ވުރެން ގިނަ އަހަރުވެފައިވާއިރު، އައިއޯއައިޖީގެ ބިޑު ކާމިޔާބުވުމަކީ ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ޝަރަފަށެވެ.
ޕްރީޕެޑް ބުރޯ... އަޅެ ކޮވިޑް ގައި އެކި އެކި ގައުމުތަކުން ލިބުންހާ ރުފިޔާ(ޑްލަރު)ތައް (އައިއޯއައިޖީ) ގޭމްއަށް ރީލޯޑް ކޮށްލިނަމަ ހަމަގައިމު ތިކަން ވީސް ދޯ؟ކޮވިޑް އޭ މަހުލޫފް ބުނީމަ އަސްލު އެ ނާޒުކު ހާލަތުގައި ވެސް ބެލީ އަމިއްލަ އެކައުންޓަށް ލޯޑް ކޮށް ލެވޭ ތޯ ވިއްޔަ.
މިސަރުކާރަކައް އެއްވެސް ކަމެއްނުވާނެ ލާރިކެއުން ފިޔަވާ.
ބަލަ ކޮންމެ ކަމެއް ޗޮކުން ކަލޯ މެން ކީ ތިޔަ ކުރަނީ ޗައިނާއިން ބޮޑު އިސްޓޭޑިއަމެއް އަޅައިދެން މިސަރުކާޜާ އެކު ސޮއިކުރި އިންޑިޔާގެ ފިއްތުމައި ހެދި އެ މަސްރޫއު ކުރިއަށް ނުދާނެކަން އެނގި މިހާރު މިއޮތް ރަނގަޅު ފުރުސަތު ތިޔަ ނަގާލީ ބަލަ 2014 ގައި ކުރީ ސަރުކާރުން މާ ކުރު މުއްދަތެއްގައި ބޮޑު ފުޓްބޯޅަ މުބާރާތެއް ބޭއްވި ކަންކަން ރަނގަޅު ކޮށް ގަލޮޅުދަނޑު މަރާމާތު ކޮށްގެން ކަލޭމެން ކީއް ތިޔަ ކުރަނީ ޗޮކުން ފެރީ ހެން ކޮންމެ ކަމެއް
ކުރިންވެސް އެނގޭ ތިކަން ކަލޭ ފޮނިކެނޑީނު ބާއްވަން ކިޔާފަ
މަހޭ އަކީ ހަމަ ހުރިހާގޮތަކުންވެސް ތަރިއެއް. ދަރިފުޅުވެސް ތަރިއަކަށް އެވަނީ....