ސްރީލަންކާގެ ކޮލަންބޯގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) އާއި "ވަގުތު" އިން ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ވަގުތު ރަމަސާން ފުޓްސެލްކަޕް 2018" ގެ ފެށުން އެފްސީ ލޮތްބްރޮކް، ވެޓަރަންސް ގޯލްޑް، ސްޕާޓަންސް ޔުނައިޓެޑު އަދި އެފްސީ ޖިންޖާ އިން ރަނގަޅު ކޮށްފިއެވެ.

އެގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އޭވީއެފްސީ ސްޕާޓަންސް އަދި އެފްސީ ލޮތްބްރޮކް އެވެ. އެ މެޗު ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އެފްސީ ލޮތްބްރޮކްއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެފްސީ ލޮތްބްރޮކްގެ ޖާޒީ ނަންބަރު 7 އިބްރާހިމް ހުސެއިންނެވެ.

ވަގުތު ފުޓްސަލްކަޕް 2018

ރޭގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޖިންޖާ އެފްސީ އަދި މައެސްޓްރޯ އެފްސީއެވެ. އެ މެޗު ފޯރިގަދަ ކުޅުމަކަށް ފަހު 1-0 ގެ ހަނި މޮޅަކުން ކާމިޔާބު ކުރީ ޖިންޖާ އެފްސީއިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖިންޖާގެ ޖާޒީ ނަންބަރު 10 އަހުމަދު މުނާދްއެވެ.

ވަގުތު ފުޓްސަލްކަޕް 2018

ރޭގެ ތިންވަނަ މެޗުގައި އޭވީއެފްސީ ސަޕްރައިޒް އަދި ވެޓެރަން ގޯލްޑް ބައްދަލުކުރި އިރު އެމެޗު 5-3ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ވެޓެރަން ގޯލްޑުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ވެޓަރަންގެ އިބްރާހިމް ރަޝީދެވެ.

ވަގުތު ފުޓްސަލްކަޕް 2018

ރޭގެ ފަހުމެޗުގައި ޔޫތު މެޖިސްޓާގެ މަށްޗައް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެން މުބާރާތުގެ ފެށުން ރަގަނޅުކޮށްފައިވަނީ ސްޕާޓަންސް ޔުނައިޓެޑެވެ. ފަހު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕާޓަންސްގެ ޒަޔާންއެވެ.

ވަގުތު ފުޓްސަލްކަޕް 2018

މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ 3 ގްރޫޕަކަށް ބަލާހައިގެން ޖުމްލަ 13 ޓީމު ވާދަކުރާ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުޕީސް އަދި ރަނަރަޕް ޓީމަށް ފަންސާސް ހާސް ރުފީސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.