ބެޑްމިންޓަން އެސޯޝިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ 15 ވަނަ އިންޓަރ ސްކޫލު ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު އެ އެސޯޝިއޭޝަން އިން ނެރުން އިއުލާނުގައި ވާގޮތުން މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލުތަކާއި މަދަރުސާތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު 1 މާރޗް 2018 ވާ ބުރާސްފަރި ދުވަހުގެ 14:00 ގެ ކުރިން އެ އެސޯޝިއޭޝަންއަށް ހުށައަޅަން ޖެހެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ސްކޫލުތަކުގެ ދިދަ މުބާރާތް ކުޅޭ ސަރަހައްދުގައި ބަހައްޓަން ޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ބެޑްމިންޓަން އެސޯސިޢޭޝަންގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި މުބާރާތާއި ބެހޭ އިތުރު މައުލޫމާތެއް ބޭނުން ނަމަ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އަށް އެ އެސޯޝިއޭސަން އިން ލިބެން ހުންނާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ. އަދި މުބާރާތާއި ބެހޭ މައުލޫމާތެއް ސާފު ކުރައްވަން ބޭނުން ފުޅުނަމަ 3314057 ނަންބަރ ފޯނާއި ގުޅައިގެންވެސް ލިބެން ހުންނާނެއެވެ.

މުބާރާތުގެ ޓީމް އިވެންޓް އުމުރު ފުރާތަށް

14 އަހަރުން ދަށް،( އަންހެން/ ފިރިހެން)

16 އަހަރުން ދަށް، ( އަންހެން / ފިރިހެން)

19 އަހަރުން ދަށް، ( އަންހެން / ފިރިހެން)

މުބާރާތުގެ އަމިއްލަ އިވެންޓް ތަކުގެ އުމުރު ފުރާތަށް

12 އަހަރުން ދަށް، ( ސިންގަލްސް)

14 އަހަރުން ދަށް، ( ސިންގަލްސް، ޑަބަލްސް)

16 އަހަރުން ދަށް،( ސިންގަލްސް ، ޑަބަލްސް އަދި މިކްސްޑަބަލްސް)

19 އަހަރުން ދަށް، (ސިންގަލްސް ، ޑަބަލްސް އަދި މިކްސްޑަބަލްސް)