ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހދ.ކުމުންދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ފެށި "ކޭވައިއެސް ވުމެންސް ފުޓްސަލް ލީގް 2020" ގައި މިއަދު ކުޅުނު މެޗުތައް ސީއެސް ވިމެން އާއި ޒީރް ސްޓާ މޮޅުވެއްޖެއެވެ.

ސީއެސް ވިމެން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބުކޮށްފައެވެ. އެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ އެފްސީ ރެހެނދިއާއި ވާދަކޮށް 4-0 އިންނެވެ. މިއީ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅެވެ.

މިއަދު ހަވީރު ސީއެސް ވިމެން ކުޅުނު ދެވަނަ މެޗު އެޓީމު ކާމިޔާބުކުރީ ސަންދިޔަ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސީއެސް ވިމެންގެ ދެ ގޯލު ކާމިޔާބުކުރީ ނައުފާ އިބްރާހިމް އާއި ރިޔާސާ މޫސާއެވެ. ސަންދިޔަ ޓީމުގެ ލަނޑަކީ ސީއެސް ވިމެންގެ ނައުފާ އިބްރާހިމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ސީއެސް ވިމެންގެ އާލާ އަހުމަދު އެވެ.

ދެވަނަ ދުވަހު ރޭގަނޑު ކުޅުނު މެޗުގެ ތެރެއިން

ދެވަނަ ދުވަހު ކުޅުނު މެޗުން ޒީރު ޓީމު މޮޅުވީ އެފްސީ ރެހެންދިއާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ހަނީފާ އަބްދުﷲ އެވެ. މިރޭ ކުޅުނު ހަތަރުވަނަ މެޗު ޒީރް ސްޓާ މޮޅުވިއިރު އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އަންގާރަދުވަހު ޓާފް ކުއީން އަތުން 1-0 އިން ވަނީ ބަލިވެފައެވެ. އަދި ރެހެނދި ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޒީރް ސްޓާ އަތުން ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސަންދިޔަ އާއި ޒީރު ސްޓާސް އެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓާރފް ކުއީންއާއި އެފްސީ ރެހެނދިއެވެ.

ޖުމްލަ ފަސް ޓީމާއެކު ބާއްވާ މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 3 އިން 11 އަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މި މުބާރާތަކީ ހަމައެކަނި ކުމުންދޫ ކަނބަލުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތެކެވެ. ކުމުންދޫ ފުޓްސަލް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މަންނާމް އެވެ. ކޮންމެދުވަހަކު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗުތައް ރޭގަނޑުވެސް ކުޅޭނެކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިއްބެ

    ފުޓުސަލްމުބާރަތްބާއްވާއިރުޗެންޕިއަންޓީމައްލިބެނީ100 ކަމެއް 50 ކަމެއްމުބާރާތްއިންތިޒާމުކުރާފަރާތުންހާމަކުރާކައްނުކެރޭ

    2
    1
  2. އަލީ

    ހާދަ ނުސާފު ފޮޓޯ ލާފަ ތިހުރީ..