އޭއެފްސީ ކަޕުގެ އޮފިޝަލް ޕޭޖުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ބްރެކެޓް ޗެލެންޖުގެ ދެވަނަ ބުރުގައި ރާއްޖޭގެ އަލީ އަޝްފާގާއި ބަންގްލަދޭޝްގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ ސޮހެލް ރަނާގެ ގޯލާއެކު ވޯޓުލުމަށް ހުޅުވާލައިފިއެވެ.

މި ޗެލެންޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހުޅުވާލާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓާއި އިންޑޮނޭޝިއާގެ ޕާސިބޯ ބައްދަލުކުރި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. ނިއުރޭޑިއަންޓް 7-0 އިން ކާމިޔާބުކުރި މި މެޗުގައި ދަގަނޑޭ މި ގޯލު ޖަހާފައިވަނީ ގޯލު އޭރިއާ ތެރެއިން ޕާސިބޯގެ ޑިފެންޑަރުންނާއި ގޯލުކީޕަރު ކައިރިން ބޭނުންގޮތެއް ހެދުމަށްފަހު އެވެ. މި ގޯލަށް ވަނީ ގިނަބައެއްގެ ސަމާލުކަން ލިބިފައެވެ.

ވޯޓުލުމުގެ ސުންގަޑިއަކީ ނޮވެމްބަރު 8 އެވެ.

ބަންގްލަދޭޝްގެ ސޮހެލް ރަނާގެ ގޯލަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި މި ޒޯނުގެ އެއްވަނަ ހޯދި ޑާކަ އަބަހާނީ، މުބާރާތުގެ އިންޓަރ ޒޯނަލް ސެމީފައިނަލުގައި އުތުރު ކޮރެއާގެ "4.25 ސްޕޯޓްސް ކުލަބް" ބައްދަލުކުރި މެޗުގައި އޭރިއާ ބޭރުން ސޮހެލް ރަނާ ޖެހި ގޯލެވެ.

ރާއްޖޭގައި އުފެެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް މި ޗެލެންޖުގެ ގަދަ 32 އިން ހޮވުނީ ކުވެއިތުގެ ކްލަބަކަށް ކުޅުނު ބްރެޒިލްގެ ރޮޖެރީނިއޯ ބަލިކޮށްގެންނެވެ. ދަގަނޑޭ މި ވޯޓު ކާމިޔާބުކުރީ ބޮޑު ތަފާތަކާއި އެކުގައެވެ.

ވޯޓު ލުމަށް މި ލިންކަށް ފިއްތަވާލައްވާ!