މާލޭ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިންތެޓިކް އެޅުމުގެ މަސައްކަތް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ ހަރްޝް ވަރްދަން ޝްރިންގްލާ ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މިރޭ އެކުވެނި ޓްރެކްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނާއެކު މިނިސްޓަރ އަހްމަދު މަހްލޫފް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޝްރީ ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ސިންތެޓިކް އެޅުމަށްބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޔޫތު މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވަނީ އެކުވެނި ޓްރެކާއި ގުޅޭގޮތުންނާއި އެތަން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ ކުރު ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކާލާފައެވެ.

1996 ވަނަ އަހަރު ގާއިމްކުރެވުނު ޓްރެކް އަލުން މަރާމާތުކޮށް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ. އެގޮތުން އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކުރިން ގާއިމްކުރަން ޖެހޭ ސަބް ބޭސްގެ މަސައްކަތް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕްގެ ފަރާތުންނެވެ.

އެ ކުންފުނިން އެ މަސައްކަތް ފެށީ ޖުލައި 26 ވަނަ ދުވަހު ކަމަށްވާއިރު މިހާރު އެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ޓްރެކްގައި ސިންތެޓިކް އެޅުމަށް ހަވާލުކުރެވިފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. މި މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލުމަށް ރޭވުނު ނަމަވެސް ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން މިހާރު އަމާޒުކުރެވިފައިވަނީ މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުނަ

    ޕޮލިހުން ކުންފުނި ހަދައިގެން މަސައްކަތް ކުރެވޭތަ؟ ފަޅު ފުންކުރަންވެސް ފަށަން ފެނޭ.ގައުމުގަ އަމާންކަން ނުބެލެހެއްޓޭ

    17
    4
    • ލޮލްލް

      ކަންކަން ވާ މީހުން އޮންލައިން ނޫސްތަކަށް ކޮމެންޓް ކުރުމުގަ....

  2. ލާމު

    ބޭރު ގައުމެއްހެ ފޮރިން ސެކްރެޓަރީ އައިސް ރާއްޖޭގައި މިކަހަލަ މަސައްކަތެއް ރަސްމީކޮށް ފަށައިދޭން ޖެހުނު ސަބަބެއް ނުވިސްނުނު.

    12
    2
  3. ސަމްސިއްޔާ

    އަމިއްލަހާލައިގެން ނޫޅެވޭ އިންޑިޔާމީހުން އުޅޭ ނިކަމެތި ފަގީރުކަން މިއިންޑިއާމީހުންނަށް ނޭންގެނީބާ؟؟ ކީއްވެތް ރާއްޖެއަށް މާ ހެޔޮއެދިގެން މިއުޅެނީ؟؟އިންޑިއާގައި ކަނޑުފަތާފައި ކުދިން ސުކޫލަށް ރާއްޖެ އަށް ފެރީ ލޯންޗް. މަލިކުގަައި އެއަރޕޯޓް ގަނޑެއްވެސް ނެތް.

    12
    2
  4. ކޮމެންޓު

    ހާދަ ބިޔަ ބޮޑު މެގަ ޕުރޮޖެކްޓެކޭ ތިަވަރު މީހަކު ގެނެސްގެން ތި ފެށީ

  5. ހަވާސާ އިބޫ

    މަސްމާރުކޭޓު ފާހާނާތަށް ސާފުކުރަންވެސް އިންޑިޔާ ބޭނުންވާނެ މިހާރު އެމެރިކާއާއި ގުޅިގެން ކުޅެން އުޅުނު ކުޅިގަނޑު ނުކުޅޭވޭނޭތީ

  6. ބަކުރުބެ

    ޖޭ ހިންދް . ޝުކުރިއްޔާ ، ބޮޑުވަޒީރު މޯދީ. ތިހެން އަންނަމުން އައިސް ފައްޅިއަކާއި ޗާރޗް އެއްވެސް ހުޅުވާލާ.