ދެވަނަ ފަހަރަށް އިޓަލީގެ ފިއެރޮންޓީނާގެ ކޯޗުކަމުގެ މަގާމަށް ސެސާރޭ ޕްރަަންޑެލީ އައްޔަނުކޮށްފިއެވެ.

ފިއޮރެންޓީނާގެ ކޯޗުގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ 2005 އިން 2010 ގެ ނިޔަލަށެވެ. މި މުއްދަތުގައި ފިއޮރެންޓީނާއަށް ކުރިއެރުންތަކެއް ލިބުނެވެ. އެ ބުރު އޭނާ ވަކިވީ އިޓަލީ ޤައުމީ ޓީމާއި ހަވާލުވާށެވެ.

މިފަހަރު އޭނާއަށް އަލުން އެ މަޤާމު ލިބުނީ ފިއެރޮންޓީނާގެ ކޯޗުކަމުގެ މަގާމުން ޖިސެއްޕޭ ލަޗީނީ ވަކިކޮށްގެންނެވެ. އޭނާވް ކޯޗުކަމުން ވަކިކުރީ ނަތީޖާ ދަށްވެގެންނެވެ.

އިޓާލިއަން ލީގުގައި ފިއެރޮންޓީނާ މިހާތަނަށް ކުޅުނު ހަތް މެޗުން އެ ޓީމަށް ލިބުނީ އަށް ޕޮއިންޓެވެ. މިކަމާއި ގުޅިގެން ފިއޮރެންޓީނާގެ ވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ

ޕްރަންޑަލީ ވަނީ މާސެލޯ ލިއްޕީ 2010 ވަނަ އަހަރު އިޓަލީގެ ގައުމީ ޓީމުން އިސްތިއުފާ ދިނުމުން އެ މަގާމާއި ހަވާލުވެ އިޓަލީ ގޮވައިގެން 2014 ވަނައަހަރު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ.

އެޓްލާންޓާގެ ޔޫތްޓީމުން ކެރިއަރުފެށި ޕްރެންޑެލީ އިޓަލީގެ ގައުމީ ޓީމާ ހަވާލުވި އިރު އޭގެކުރިން ގައުމުން ބޭރުގައި އެނާ މަސައްކަތްކޮށްފައެއް ނުވެއެވެ. އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމަށްފަހު ތުރުކީގެ ގަލަސަތަރާއީ އާއި ސްޕެއިންގެ ވެލެންސިޔާ އަދި ދުބާއީގެ އަލްނަސްރަށް ވެސް ކޯޗުކޮއްދީފައެވެ. ޕްރަންޑެލީގެ ފިއެރޮންޓީނާގެ ކޯޗުގޮތުގައި ފުރަތަމަ ނުކުންނާނީ މިމަހު 22 ވަނަދުވަހު އިޓަލީކަޕުގެ ހަތަރުވަނަ ބުރުގައި އުދެނޭޒީއާ ދެކޮޅަށެވެ.

އޭނާ އެންމެފަހުން އިޓަލީގެ ކުލަބަށް ކޯޗަކަށް ހުރީ 2018 ވަނައަހަރު ޖެނޯވާގައެވެ. އުމުރުން 63 އަހަރު ޕްރަންޑެލީގެ އެއްބަސްވުމާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް ފިއޮރެންޓީނާއިން ހާމަކޮއްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު