ޕާކިސްތާން ކްރިކެޓް ބޯޑުގައި ފުރަތަމަ ފަހަރަށް އަންހެން މީހަކު ޑައިރެކްޓަރަކަށް ހަމަޖައްސައިފިއެވެ.

އާލިޔާ ޒަފަރް ނަމަކަށް ކިޔާ އަންހެނަކު ޕާކިސްތާން ކްރިކެޓް ބޯޑް (ޕީސީބީ) ގެ މިނިވަން ޑައިރެކްޓަރަަށް ހަމަޖެއްސި އިރު އޭނާ ހިމެނެނީ އެފަދަ މަގާމަކަށް އައްޔަން ކުރެވުނު ފުރަތަމަ މީހާގެ ގޮތުގައެވެ. ކްރިކެޓް ދުނިޔޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ގައުމުގެ ގޮތުގައި ޕާކިސްތާނު ހިމެނޭ އިރު އާލިޔާ ވެގެންދާނީ ކްރިކެޓް ތާރީހުގައި ފާހަގަ ކޮށްލެވޭނެ މީހަކަށެވެ.

އާލިޔާ އަކީ ހިއުމަން ރިސޯސް އެގްޒެކިއުޓިވް އެއް ކަމަށްވާއިރު އޭނާ ހިމެނިފައި ވަނީ ޕީސީބީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަސް މީހުންގެ ތެރެއިން އެކެއްގެ ގޮތުގައެވެ. އެ ބޯޑުގައި ދެން ތިބެނީ ތިން ފިރިހެނުންނެވެ. އެ ބޯޑުގައި ދެން ހިމެނެނީ ފައިނޭންސް އެގްޒެކިއުޓިވް ޖަވޭދް ކުރިއެށީ އާއި އިކޮނޮމިސްޓް އާސިމް ވަޖިދް ޖަވާދް އާއި ކޯޕަރޭޓިވް އެކްޒެކިއުޓިވް އާރިފް ސައީދްއެވެ.

ފޮޓޯ: ޓުއިޓާ

ކޯޕަރޭޓިވް ސެކްޓާގެ ސީނިއާ މަގާމުތަކެއް އަދާކޮށްފައިވާ އާލިޔާ މި މަގާމަށް ހަމަޖައްސާފައި ވަނީ ދެ އަހަރުގެ މުއްދަތަށެވެ. އާލިޔާގެ އިތުރުން ވާޖިދްވެސް އައްޔަން ކުރީ ދެ އަހަރަށެވެ. ދެން ތިބި މެމްބަރުން އައްޔަންކޮށްފައި ވަނީ ތިން އަހަރަށެވެ.

އާލިޔާ އަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އަދި ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއޭއައިޑީ) ގައި ވެސް ހަރަކާތްތެރިވެފައިވާ މީހެކެވެ. ޕީސީބީގެ އާ ގަވާއިދު މިދިޔަ އަހަރު ފާސްކުރި އިރު އެ ގަވާއިދުގައި މިނިވަން ގަވަނަރުންގެ ބޯޑުގައި ތިބޭ ހަތަރު މީހުންގެ ތެރެއިން އެ މަގާމު އަންހެނަކަށް ދޭން ޖެހޭކަމަށް އޮވެއެވެ.

ޕީސީބީގެ ޗެއާމަން އެހްސަން މާނީ ވާނީ ފުރަތަމަ ފަހަރަށް އެ ބޯޑުގެ މިނިވަން މެމްބަރު ކަމަށް އައްޔަން ކުރި އަންހެން މެމްބަރު، އާލިޔާ ޒަފަރް އަށް މަރުހަބާ ކިޔައިފައެވެ. އަދި ގެނެވުނު ބަދަލަކީ ޕީސީބީގެ ހިންގާ އޮނިގަނޑު ފުރިހަަމަކޮށް އިތުރަށް ކުރިޔަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ސިފަކޮށްފައި ވެއެވެ. އޭނާ ބުނީ ހަތަރު މެމްބަރުންގެ ފަރާތުންވެސް ހިތްހަމަޖެހޭ މަސައްކަތްތަކެއް ފެނި ތަނުގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅަބޭ

    ތި ދައިތާއައް ބޭނަޒީރު ބުއްޓޫއައް ހެދިހެން ހަދާނުލައިފިއްޔާ ރަގަޅު.

    5
    1
    • އީ

      ޅަބޭ މީންސް؟

  2. މޯލްޑިވިޔަން

    ނާރާނެ ކުރި.ހަދީސުން އެނގެން އެއޮތީ

    2
    1