ހދ. ނޮޅިވަރަމު "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޖަމްއިއްޔާއިން އިސްނަގައިގެން އެ ރަށުގެ އަންހެނުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މުބާރާތުގެ ހަތަރު ވަނަ މެޗާއި ފަސްވަނަ މެޗުން ކްލަބް ކްލަސްޓަރ އާއި ސްޓޫޑިއޯ ގާލްސް އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

އިއްޔެގެ ފުރަތަމަ މެޗުގައި ކްލަބް ކްލަސްޓަރ މޮޅުވީ 1-7 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމު ހޯދާފައިވަނީ ކްލަބް ކްލަސްޓަރގެ ޖާޒީ ނަންބަރު 15 އައިޝަތު މައިހާއެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގެ ތެރެއިން. - ފޮޓޯ: އާދަމް ހަލީމް

އިއްޔެގެ ދެވަނަ މެޗުގައި މެޑްރިޑް ގާލްސްގެ މައްޗަށް ސްޓޫޑިއޯ ގާލްސް ކުރިހޯދީ 1-4ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސްޓޫޑިއޯ ގާލްސްގެ ރިޝްމީ އިބްރާހީމްއެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގެ ތެރެއިން. - ފޮޓޯ: އާދަމް ހަލީމް

ތިން ގުރޫޕަކަށް ބަހާލައިގެން ޖުމްލަ 13 ޓީމާއެކު ކުރިއަށްދާ މިމުބާރާތް މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ.

މުބާރާތުގައި މިއަދުވެސް ދެމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ކަންބަލުންނާއި ކަންމަތި ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ޗަކުލީ ގާލްސް އާއި އަލް ނިސާ ޓީމުންނެވެ.