އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ 2020 ވަނަ މުބާރާތަށް ކޮލިފައި ޓީމުތައް ޔަގީންވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި ބިރުވެރިކަން ބޮޑުވުމާއި ގުޅިގެން މިއަހަރަށް ތާވްލްކޮށްފައި އޮތް ޔޫރޯ 2020 ވަނީ އަންނަ އަހަރުގެ ޖޫން މަހަށް ލަސްކުރެވިފައެވެ. ޖުމްލަ 24 ޓީމެއް މުބާރާތަށް ކޮލިފައި ވެފައިވާއިރު ޓީމުތައް ބެހިފައިވާ ގްރޫޕްތަށްވެސް ވަނީ ޔަގީން ވެފައެވެ.

ޔޫރޯއަށް ކޮލިފައިވެފައިވާ ޓީމް ތަކާއި ޓީމްތައް ބަހާލެވިފައިވާ ގްރޫޕްތައް:

ގްރޫޕް އޭ:

  • ތުރްކީ
  • އިޓަލީ
  • ވޭލްސް
  • ސްވިޒަލޭންޑް

ގްރޫޕް ބީ:

  • ބެލްޖިއަމް،
  • ޑެންމާކް
  • ފިންލެންޑް
  • ރަޝިޔާ

ގްރޫޕް ސީ:

  • އޮސްޓްރިއާ
  • ނެތަލޭންޑްސް
  • ނޯތު މެސެޑޯނިއާ
  • ޔޫކުރެއިން

ގްރޫޕް ޑީ:

  • ކްރޮއޭޝިއާ
  • ޗެކް ރިޕަބްލިކް
  • އިންގްލެންޑް
  • ސްކޮޓްލެންޑް

ގްރޫޕް އީ:

  • ޕޮލެންޑް
  • ސްޕެއިން
  • ސްވިޑަން
  • ސްލޮވާކިއާ

ގްރޫޕް އެފް:

  • ފްރާންސް
  • ޖާމަނީ
  • ޕޯޗުގަލް
  • ހަންގޭރީ

 

23 އަހަރަށްފަހު ބޮޑު މުބާރާތަކަށް ކޮލިފައިވެ ސްކޮޓްލޭންޑް ހިތްހަމަޖެހިފައި:

1998 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ފުޓުބޯޅައިގެ ބޮޑު މުބާރާތަކަށް ސްކޮޓްލޭންޑް ކޮލިފައިވީ ޕްލޭއޮފްގައި ސާބިއާ ބަލިކުރުމަށްފަހުއެވެ.

ސާބިއާގެ ދަނޑުގައި ކުޅުނު މިމެޗު ސްކޮޓްލޭންޑް ކާމިޔާބުކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެޓީމުވެސް 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީއިން 5-4 އިން ކުރިހޯދައިގެންނެވެ. މެޗުގައި ސްކޮޓްލޭންޑްގެ ރަޔާން ކިރިސްޓައި ލަނޑެއް ޖަހާ ލީޑް ނަގައިދީފަ ވަނިކޮށް ސާބިޔާއަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހުމިނެޓުގައި ލުކާ ޖޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މެޗަކުން ބަލިނުވެ އެޓީމު ހަމަކުރި ނުވަވަނަ މެޗެވެ.

 

މިފަހަރުގެ ޔޫރޯއަށް ދިގު އިންތިޒާރެއް ކުރަން ޖެހިފައިވާއިރު އަންނަ އަހަރަށް މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގައުމުތަކުގެ ގައުމީ ޓީމު ތަކުން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކުގެ އިތުުރުން މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައިވެސް ޓީމްތައް ދަނީ ރަނގަޅު ކުޅުމެއް ދައްކާ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ މުބާރާތައް ކުޅުންތެރިންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިފަހަރުގެ މުބާރާތުގައި ގްރޫޕް އޮފް ޑެތް ނުވަތަ އެންމެ ވާދަވެރިކަން ބޮޑު ގްރޫޕެއްގެ ގޮތުގައި ބެލެވިފައިވަނީ ގްރޫޕް އެފްއެވެ. މި ގުރޫޕުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ރަނަރަޕް ފްރާންސްގެ އިތުރުން ޔޫރަޕުގެ ގަދަ ބާރެއް ކަމުގައިވާ ޖަރުމަނު އަދި ހަންގޭރީއެވެ.