އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ކުއާޓަ ފައިނަލުގައި ވިއެޓްނާމުގެ ގުޔެން ވެން ގުޔެޓް ބަލިކޮށް ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދު 13:00 އަށް މި ޕޯލްގެ ވަގުތު ހަމަވިއިރު ދަގަނޑޭއަށް ކުރި ލިބެނީ މަދު އިންސައްތައަކާއި އެކުގައެވެ. އެގޮތުުން ވޯޓުލުމުގެ ސުންގަޑި ހަމަވިއިރު ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތައެވެ. ވިއެތްނާމުގެ ގުޔެން ވެން ގުޔެތް އަށް ލިބުނީ 48.55 އިންސައްތައެވެ.
މި ވޯޓުލުން ފެށިއިރު އެންމެ ފުރަތަމަ ދަގަނޑޭ އޮތީ ބޮޑު ލީޑެއްގައެވެ. ނަމަވެސް ފަހަތުން އަރާ ބޮޑު ކުރިއެރުމެއް އިދިކޮޅު ކުޅުންތެރިޔާ ހޯދިއެވެ. ނަމަވެސް އެ ބޮޑު ލީޑު ކުޑަކުރުމަށް ދިވެހިން އެކުވެގެން ކުރި މިންނެތް މަސައްކަތުން އެ ލީޑު ކުޑަވީ އިއްޔެގެ ވަގުތެއްގައެވެ.
މި ވޯޓުން ކުރި ލިބުމާއި ގުޅިގެން ދަގަނޑޭ ވަނީ ހުރިހާ ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފައެވެ.
އަލްހަމްދު ٱللَّٰه! މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. (1/2) pic.twitter.com/x0tJVICSIN
— Ali Ashfaq (@AliAshfaq07) November 16, 2020
އެއާއެކު ދެކޮޅުންވެސް ވަރަށް ވާދަވެރިކަމާއެކު ވޯޓުލަމުން ދިޔައެވެ. ކައިރި ކައިރީގައި އިންސައްތަތަށް ހުރިއިރު ދެ ކުޅުންތެރިންނަށް ގިނަ އަދަދެއްގެ މީހުން ވޯޓުލާފައިވާކަން ފާހަގަކޮށްލެވެއެވެ.
އަޝްފާގް ކުއާޓާފައިނަލަށް ދަތުރުކުރީ ރައުންޑް އޮފް 16 ގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާގެ ސޮހޭލް ރާނާގެ މައްޗަށް ކުރިހޯދައިގެންނެވެ.
މި ޗެލެންޖުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުން އަޝްފާގަށް ވަނީ ގިނަ އަދަދެއްގެ ވޯޓު ލިބިފައެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގަށް ވޯޓު ހޯދައިދިނުމަށް ހުރިހާ ދިވެހިން އެއްގަލަކަށް އަރާ ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފެށިއެވެ.
މި ޗެލެންޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހުޅުވާލާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ.
މަރުހަބާ އަޝްފާޤު
މީނަ ހޮވުނީމަ މަށަށް ކޯޗެއް ލިބުނީ
ސާބަހޭ ދަގަނޑޭއަށް ވޯޓްދިން އެންމެހާ ހިތްވަރުގަދަ ދިވެހިން. މަރުހަބާ ދިވެހިފުޓްބޯޅައިގެ ރަސްގެފާނު.
الحمد لله
الحمد لله🤲🏽♥️ މަރުޙަބާ އަޝްފާޤް😍❤️🌹 ސާބަހޭ ދިވެހީން🇲🇻🇲🇻🇲🇻🤩🤩🤩👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ދިވެހިން ތިދެއްކި ހިތްވަރަށް ސާބަސް ހައްޤު❤️
މަރުޙަބާ އަޝްފާގް
މަރުހަބާ
އެހާ ބޮޑު ތަފާތެއް ވައްޓާލަނީ ލާރި ދީގެންތަ؟
ތިއީ ރަނގަޅު ވޯޓެއް ބާ
އެއީ މިފަދަ ކަންކަމުގައި ހަމަ ދިވެހިން ދައްކާ ރީތި ނަމޫނާ އެވެ. ދަގނޑޭގެ ފުޓުބޯޅަ ހުނަރަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯތްބެވެ. ދިވެހިންގެ ޤައުމީ ރޫޙެވެ. ދަގަނޑޭ އަށް ކުރާ އިޙުތިރާމެވެ. އަހަންނަށް ރައްޓެއްސަކު ވައިބާ އިން ވޯޓް ލިންކް ފޮނުވީ މިއަދު ހެނދުނު 10 ޖަހާކަންހައި އިރެވެ. އޭގެ ކުރިން މިކަމެއް ނުވެސް ދެނަހުރީމެވެ. ފުޓުބޯޅަ އަކީ އެހާ ގަޔާވާ ކުޅިވަރެއް ނޫންވީމައި އެމަޢުލޫމާތު ނެތީއެވެ. އެކަމަކު ދިވެހި ހުނަރުވެރި ކުޅުންތެރިންނަށް މަދަދުދޭން ލިބޭ މިފަދަ ފުރުޞަތެއް ދޫނުކުރަމެވެ. އެހެންކަމުން މަށާއެކު ޢާއިލާގެ 8 މެމްބަރުންގެ ވޯޓު ހަމަ އެވަގުތު ދަގަނޑޭ އަށް ދިނީމެވެ. ވޯޓު ގިނަވެފައި އެހުރީ ހަމަ ދިވެހިންގެ ހިތްތަކުގައި ދަގަނޑޭއަށް އޮތް އިޙުތިރާމް ބޮޑުވީމަ އެވެ.
الحمد لله
ވަރަށް ބޮޑަށް މަރުހަބާ އަޝްފާގަށް.
ލަވް ޔޫ އަޝްފާގް
އެކުވެރިކަމަކީ ގަދަފަދަ ބާރެއް. ސާބަސް ވޯޓުދެއްވި ބޭފުޅުން. ސާބަސް ދަގަނޑޭ. ތިއީ ހަމަ ދަގަނޑު
މަ ލިން ދިހަވޯޓު
މަރުހަބާ އަޝްފާގު. ވޯޓުލަމުން ދިޔަ އިރު ދެ ގައުމުގެ އާބާދީގެ ފަރަގު ހިތަަށް އަރައި ހިތަށް މާޔޫސްކަން ލިބިގެން ދިޔަ. ފެނިގެން މި ދިޔައީ ދިވެހީން ގައުމީ ކަމެއްގެ ގޮތުގައި ދެކި ކުރި ބުރަ މަސައްކަތް. މަރުހަބާ އަދިވެސް އެއްފަހަރު.
އަލްހަމްދު ލިއްﷲ
ވޯޓުދިން އެންމެހާ ހިތްވަރުގަދަ ދިވެހިންނަށް މަރުހަބާ 👏
މި ވޯޓުލާ އެތި ފެންނަވަރުން ބޮލަށްވާ އުނދަގު. އެންމެ ފަހުން ރުޅިއައިސްގެން މަ ވޯޓުލީ ބޭރު ސޮރަށް
ކަލޭވާ ރުޅި މަޑު. މަނަމަ ރުޅިއައިސްގެން މި ދެތީން ދުވަހު ނުވެސް ކޭމުސް. ނުވިތާކަށް ދިވެހި ރައްވެހިކަންވެސް ބަދަލުކުރީމުސް.
ހަބަރު ހަބަރަކަށް ވާނީ އައު އެއްޗެއް އޮތިއްޔާދޯ. ދެން ސެމީގައި އަޝްފާގު ވާދަކުރަން ޖެހޭނީ ކޮން ގައުމެއްގެ ކާކާ ކަމާއި އެ ވޯޓު އޮންނާނެ ދުވަހަކާއި މިކަހަލަ މައުލޫމާތު ދޯ މި ހަބަރުން އެނގެންވީ