އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ސެމީފައިނަލުގައިި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައި ވާދަކުރަން ޖެހި ވޯޓުލުމުގެ ފުރުސަތު ބުރާސްފަތީގައި ހުޅުވާލުމަށް ނިންމައިފިއެވެ.

މި ޗެލެންޖުގެ ސެމީފައިނަލުގައި ވާދަކުރާ ކުޅުންތެރިން ނިސްބަތްވާ ޤައުމުތަކަކީ ރާއްޖޭގެ އިތުރުން ހޮންކޮން އާއި މެލޭޝިއާގެ އިތުރުން ވިއެޓްނާމް އެވެ. އޭއެފްސީން ފާހަގަކޮށްފައިވާ ގޮތުގައި ކުއާޓާފައިނަލުގައި ހަތަރު ޤައުމުންވެސް ގިނަ އަދަދެެއްގެ ވޯޓު ލިބުނެވެ.

ސެމީފައިނަލުގެ ފުރަތަމަ ޗެލެންޖުގައި ވާދަކުރަނީ މެލޭޝިއާގެ ސަފާވީ ރާޝިދް އާއި ހޮންކޮންގެ ޗަން ސިއު ކީ އެވެ. މި ޗެލެންޖަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާނީ ބުދަދުވަހު އެވެ. އަދި ސެމީފައިނަލުގެ ދެވަނަ ޗެލެންޖުގައި ދަގަނޑޭއާއި ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ހުޅުވާލާނީ ބުރާސްފަތި ދުވަހުއެވެ.

މި ޗެލެންޖުގެ ކުއާޓަ ފައިނަލުގައިވެސް ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމުގެ ކުޅުންތެރިއަކާއެވެ. ކުއާޓާގައި ގުޔެން ވެން ގުޔެޓް އާއި ވާދަކޮށް ދަގަނޑޭ ކާމިޔާބުކުރީ ކުޑަ ތަފާތަކުންނެވެ. ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތައެވެ. ވިއެތްނާމުގެ ގުޔެން ވެން ގުޔެތް އަށް ލިބުނީ 48.55 އިންސައްތައެވެ.

ކުއާޓާފައިނަލުގައި ދެ ކުޅުންތެރިންވެސް ވާދަވެރިކޮށް ދިޔައިރު ރާއްޖޭގެ ގިިނަ އަދަދެއްގެ ރައްޔިތުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދަގަނޑޭއަށް ވޯޓު ހޯދުމަށް ކެމްޕެއިން ކޮށްފައެވެ. މި ވޯޓުލުން ފެށިއިރު އެންމެ ފުރަތަމަ ދަގަނޑޭ އޮތީ ބޮޑު ލީޑެއްގައެވެ. ނަމަވެސް ފަހަތުން އަރާ ބޮޑު ކުރިއެރުމެއް އިދިކޮޅު ކުޅުންތެރިޔާ ހޯދިއެވެ. ނަމަވެސް އެ ބޮޑު ލީޑު ކުޑަކުރުމަށް ދިވެހިން އެކުވެގެން ކުރި މިންނެތް މަސައްކަތުން އެ ލީޑު ކުޑަވީ ވޯޓުލުމުގެ ސުންގަޑި ހަމަވާން ކައިރިވެފައި ވަނިކޮށެެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ.

ސެމީފައިނަލުގައި ވޯޓުލުމުގެ ފުރުސަތު ހުޅުވާލުމާއެކު އަަޝްފާގަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން " އޭއެފްސީގެ ވެބްސައިޓް " މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިއެޓުނާމް

    ނުދޭނަން ވޯޓެއް ތީގެން އެކަކަށްވެސް.

    5
    44
  2. ޑައިވަރޭ

    ވޯޓު ދެރެދެރެ އަފުން ހަލާހިކިމިވެނީ، ވޭ އެއްކަމެކިސް ހަރާން

    5
    24
  3. ރަމްސ

    ހިނގާ ބަލަ ތަންކޮޅެއް އޯގަނައިޒްކޮށް މިފަހަރު ވޯޓް ލުމުގެ ކަންތައް ގެންދަން.
    ކޮށްމެވެސް ކުއްޖަކު އިސްނަގަންވީއެއްނުން.

    38
    2
  4. ައޮފްމޫޑް

    އޭ އަޅެ އެ ގޯލް ދައްކަބަލަ

    30
    1
  5. ސަފަރު ކައްދަގެ ތިއްތިބެ

    މަގޭ ހިތް ބުނަނީ ޢުމައިރު ދަގޭއަށް ޕާސް ދިން ހިސާބުން ވީޑިއޯ މިޗެލެންޖުގައި ލާފައިވާނަމަ، ވިއެޓްނާމްގެ ސަޕޯޓަރުންވެސް ވޯޓްލާނީ ދަގޭއަށް ތޯއްޗެއް! އަޅެމީ ދޮގެއްތަ؟ މަށަކީ ފުޓްބޯޅަ ކީއްކުރަން ދަނޑުގައި ވިނަނޮޅިޔަސް އެތަނަށް ދާމީހެއް. މަށަށްވެސް އެގޯލް ހަމަ ތަފާތު.

    15
  6. އަލީ

    ނުޖެހޭ ވޯޓް ދޭކަށް އަހަރުނަށް ކޮންކަ މެއް

    3
    13