އިނގިރޭސި ދެވަނަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ ޑާބީ ކައުންޓީގެ ކޯޗުގެ ޒިންމާއާއި ވޭން ރޫނީ ހަވާލުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކުޅުންތެރިއެއްގެ އިތުރުން ކޯޗުކަމުގެ މަޤާމުގައި ހުރި ރޫނީއަށް ކޯޗުކަމުގެ މަޤާމުގައި ހުރި ރޫނީއަށް ޓީމުގެ ހެޑް ކޯޗުކަމުގެ މަޤާމު ވަގުތީގޮތުން ލިބުނީ އެ މަޤާމުގައި ހުރި ނެދަލެންޑްސްގެ ފިލިޕް ކޮކޫ ވަކިކުރުމާ ގުޅިގެންނެވެ. އޭނާ މަޤާމުން ވަކިކުރީ ނަތީޖާ ދަށްވުމާއި ގުޅިގެންނެވެ.

ޑާބީ ކައުންޓީގެ ކޯޗުކަމުން އުމުރުން 50 އަހަރުގެ ކޮކޫ ވަކިކޮށްފައިވަނީ ނަތީޖާ ދަށްވުމާއި ގުޅިގެންނެވެ. އަދި ތަކުރާރުކޮށް ފުރުސަތު ދިނުމުންވެސް ޓީމުގެ ނަތީޖާއަށް އެދެވޭ ބަދަލެއް ނައުމާއި ގުޅިގެންނެވެ.

އުމުރުން 35 އަހަރުގެ ރޫނީ އެ ޓީމާއި ގުޅިފައިވަނީ މިއަހަރުގެ ޖެނުއަރީގައެވެ. އޭނާ ގުޅިފައިވަނީ ކުޅުންތެރިއެއް، އަދި ކޯޗެއްގެ ހައިސިއްޔަތުން ދެ ޒިންމާ އަދާކުރާ ގޮތަށެވެ. މިއީ 18 މަސްދުވަހުގެ އެއްބަސްވުމެކެވެ. ރޫނީ ޑާބީއާއެކު ކޯޗެއްގެ ގޮތުގައި ނުކުންނާނެ ފުރަތަމަ މެޗަކީ އަންނަ ހޮނިހިރު ދުވަހު ބްރިސްޓޯލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔުނައިޓެޑުގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑުވެސް އޮންނަ ރޫނީގެ ކެރިއަރު ފަށާފައިވަނީ 2002 ވަނަ އަހަރު އެވަޓަންއިންނެވެ. ޔުނައިޓެޑުގައި އޭނާ އެންމެ ބޮޑަށް ވިދާލާފައިވަނީ 2004 އާއި 2017 އާއި ދެމެދުގައެވެ. އޭގެފަހުން ރޫނީގެ ފޯމު ދަށްވާކަމަށް ބުނެ ޔުނައިޓެޑުން ރޫނީއާއި ވާހަދެއްކުމަށްފަހު ކޮންޓްރެކްޓް އިތުރަށް އާނުކުރަން ނިންމީއެވެ.