އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށްގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ސެމީފައިނަލުގެ ވޯޓުލުން އިއްުޔެ ހުޅުވާލިއިރު ފުރަތަމަ ފަހަރަށް އަޝްފާގުގެ މައްޗަށް ގުޔެން ގުއެންގް ހައި ކުރިހޯދައިފިއެވެ.

ވޯޓުލުމުގެ ފުރުސަތު އިއްޔެ ހެނދުނު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އަޝްފާގަށް ވޯޓުލާ ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. އިއްޔެ އިރުއޮއްސުމާއި ހަމައަށްވެސް ބޮޑު ތަފާތަކުން ކުރީގައި އޮތީ އަޝްފާގެވެ. ގުޔެން ގުއެންގް ހައިއަށް ވޯޓުހޯދުމަށް ވިއެޓްނާމުގައި ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއްވެސް ވަނީ ފަށާފައެވެ. އެގޮތުން މީގެކުރިން ކުއާޓާ ފައިނަލަށް އެގައުމުގައި ކެމްޕޭން ކުރިގޮތާ އެއްގޮތައް އެގައުމުގެ ކުޅުންތެރިންނަށް ވޯޓު އިތުރުކުރުމަށް އެ ޤައުމުގެ މީޑިއާތަކާއި ކުޅިވަރު ވެބްސައިޓުތައް މެދުވެރިކޮށް ދަނީ ތަފާތު ހަރަކާތްތަކެއްވެސް ހިންގަމުންނެވެ.

މިވަގުތުގެ ނަތީޖާ ދައްކާގޮތުން ގުޔެން ގުއެންގް ހައި ކުރީގައި އުޅެނީ ގާތްގަނޑަކަށް 5 އިންސައްތައިގެ ފަރަގަކާއި އެކުގައެވެ. އެހެންނަމަވެސް ކުއާޓާ ފައިނަލުގައިވެސް ވިއެޓްނާމްގެ ކުޅުންތެރިއާ ކުރިހޯދާ ކޮންމެ ފަހަރަކު ރާއްޖޭގެ ރައްޔިތުން އިތުރު ހިތްވަރެއްލައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިން އެއްފަށައި ފަރަގު ކުޑަކޮށް ނަތީޖާ ނެރުނުތަން ފެނިގެންދިޔައެވެ. ހާއްސަގޮތެއްައި އަމިއްލައަށް ވޯޓުލުމަށްފަހު ރައްޓެހިންނާއި އާއިލާ ފަރާތްތައްވެސް ވޯޓުލިކަން ޔަގީންކޮށް، ވޯޓު ނުލާތިބި ފަރާތްތަކަށް ވޯޓުލުމަށް ހަނދުމަކޮށްދެމުން ދިޔައެވެ.

މިހާރު މިއޮތީ އަނެއްކާވެސް އެ ވަގުތު އައިސްފައެވެ. 96 މިލިއަން މީހުންގެ އާބާދީއެއްގެ ކުރިމަތީގައި ކުރީފަހަރުވެސް ދިވެހިން ދެއްކި ސާބިތުކަން އަނެއްކާވެސް މިއޮތީ ދައްކަންޖެހިފައެވެ.

ވޯޓް ލުމަށް ބޭނުންކުރާ ލިންކް " އޭއެފްސީގެ ވެބްސައިޓް"

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. މިމެޗުގައި ދަގަނޑޭ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ޗެލެންޖުގެ ކުއާޓާފައިނަލުގައި ވެސް ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމުގެ ކުޅުންތެރިއަކާއެވެ. ކުއާޓާގައި ގުޔެން ވެން ގުޔެޓް އާއި ވާދަކޮށް ދަގަނޑޭ ކާމިޔާބުކުރީ ކުޑަ ތަފާތަކުންނެވެ. ދަގަނޑޭއަށް ލިބުނީ 51.45 އިންސައްތައެވެ. ވިއެޓްނާމުގެ ގުޔެން ވެން ގުޔެތް އަށް ލިބުނީ 48.55 އިންސައްތައެވެ.

ސެމީ ފައިނަލުގެ ވޯޓުލުމުގެ ސުންގަޑިއަކީ މިމަހުގެ 22 ވަނަ ދުވަހުގެ 13:00 އެވ.ެ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަށްފުށު މާމަ

    ދަރިންނޭ ހިތްވަރު ކޮށްލާ😩😩😩 އަދި ކާމިޔާބުވާނެ އިންޝާ ﷲ💪🏻❤️ ކޮންމެސް ކުއްޖަކު ބުނެދީބަލަ މީހަކަށް އެއް ވޯޓުތަ ލެވޭނި🤔

    26
    3
  2. ފާތުމަ އެޅި ވަގު މިސްކިތް

    ފަ އްޓާ އިރު ކުރީގަ އި ދެން ނިމޭ އިރު ފުލުގަ އި ،، ދެން ކިޔާނެ ބާރުލާފަ އި ކޮންމެވެސް ހަންގަޑެކޭ

    4
    14
  3. އަލީ

    ނުޖެހޭ ވޯޓް ދޭކައް

    7
    36
  4. ްގައުމީ ލޯބި

    ހުރިހާ ބޭފުޅުންވެސް ގޫގުލް ކްރޯމްއިން ވަދެ އިންކޮގްނިޓޯ މޯޑް/ޕުރައިވެޓް މޯޑުއިން އެލިންކަށް ވަދެ ވޯޓް ލުމަށް ފަހު މުޅިން ކުލޯސް ކުރުމަށްފަހު އަނެއްކާ ވަދެ ވޯޓް ލެވޭނެ. ވީހާވެސް ގިނަބަޔަކު މިގޮތަށް ވީހާވެސް ގިނަ ވޯޓް ދެއްވާ...

     

    10
    1
  5. އަޙްމަދު

    މަހަމަ އަޖައިބު ވެއްޖެ .ބަލަ އަހަރެމެން ޖެހޭތަ ވޯޓްލާން.

    3
    13