ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އެންމެފަހުން ކުޅުނު މެޗުގައި އަނިޔާވި ސާޖިއޯ ރާމޯސްއަށް ރެއާލް މެޑްރިޑް ކުރިޔަށް ކުޅެން އޮތް ތިން މެޗު ގެއްލޭނެކަމަށް އެ ޓީމުން ބުނެފިއެވެ.

ރާމޯސްއަށް އަނިޔާވީ ރާމޯސްއަށް އަނިޔާވީ ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނު އަތުން 6-0 ގެ ސްޕެއިން މޮޅުވި މެޗުގެ ތެރެއިންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރާމޯސްގެ ކަނާތު ފަޔަށް ވަނީ ގެއްލުންތައް ލިބިފައެވެ. އެއީ ޑޮކްޓަރުގެ ރިޕޯޓުން ދައްކާ ގޮތެވެ. އަދިވެސް އިތުރު ޓެސްޓުތައް ދަނީ ކުރިޔަށެވެ. މިވަގުތު ނެގި ޓެސްޓުތަކުގެ ނަތީޖާ ދައްކާގޮތުން ކުރިޔަށް އޮތް ދެ ހަފުތާ ވަންދެން ރާމޯސް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ.

ރާމޯސްއަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް ގެއްލޭނީ ސްޕެނިޝް ލީގުގައި ވިޔަރެއާލާ ދެކޮޅަށް ކުޅޭ މެޗާއި، އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.

ސްޕެއިން އަތުން ޖަރުމަނު ބަލިވި މި މެޗަކީ ޖަރުމަނުގެ ކޯޗުކަމުގައި ޔޯހިމް ލޯ ހޭދަކުރި 14 އަހަރުގެ ތެރޭގައި އޭނާއާއި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ބައްޔެވެ. މެޗުން ބަލިވެ އެޓީމު މުބާރާތާއި ވަކިވާން ޖެހުނުއިރު އެ ޓީމު އޮތީ މިދެޓީމު ނިސްބަތްވާ ގުރޫޕުގެ ދެވަނައިގައި 9 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ސްޕެއިން އޮތީ 11 ޕޮއިންޓާއި އެކުއެވެ.