އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށްގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ސެމީފައިނަލުގެ ވޯޓުލުން ބުރާސްފަތި ދުވަހު ހުޅުވާލާފައިވާއިރު އަޝްފާގަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގް"ގެ ނަމުގައި ކޮމިއުނިޓީ ވައިބާ ގްރޫޕެއް ހުޅުވައިފިއެވެ.

"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ސެމީފައިނަލުގައިި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވާދަކުރަނީ ވިއެޓްނާމުގެ ގުޔެން ގުއެންގް ހައި އެވެ.

ރާއްޖޭގައި ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް އެންމެ ބޮޑަށް ކެމްޕޭނުކޮށްފައިވަނީ ކުއާޓާފައިނަލުން ފެށިގެންނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އެކި ގޮތްގޮތަށް ކެމްޕެއިން ކުރެވެމުންދިޔައިރު މިކަމުގައި ރާއްޖޭގެ އާންމު ރައްޔިތުމީހާއިން ފެށިގެން އިދާރާތަކުން ވެރިންވެސް ވަނީ ބައިވެރި ވެފައެވެ.

ކުއާޓާފައިނަލުގައި އަޝްފާގް އާއިި ވިއެޓްނާމްގެ ގުޔެން ވެން ގުޔެޓް އާއި ވާދަކުރި ހިސާބުން ފެށިގެން ވިއެޓްނާމުގެ ފުޓުބޯޅަ ސަޕޯޓަރުން ވަނީ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ހާއްސަ ކަންތައްތަކެއް ކުރުމަށް ނިންމާފައެވެ. އަދި ވޯޓު އިތުރުކުރުމަށް އެ ޤައުމުގެ މީޑިއާތަކާއި ކުޅިވަރު ވެބްސައިޓުތައް މެދުވެރިކޮށް ހަރަކާތްތަކެއް ކުރިޔަށްގެންދަން ވަނީ ނިންމާފައެވެ.

96 މިލިއަން މީހުންގެ އާބާދީއެއް އޮތް ވިއެޓްނާމުން ބިޔަބޮޑު ކެމްޕޭނެއް ފަށައިގެން ކުރިއަށް ގެންދިޔައިރު ރާއްޖެ ފަދަ މަދު މީސްކޮޅެއް އޮތް ގައުމަކުން ވަނީ ގަދަ ހިތްވަރާއި ބުރަ މަސައްކަތާއިއެކު ކުއާޓާފައިނަލުގައި ވިއެޓްނާމްގެ ކުޅުންތެރިޔާ ބަލިކޮށްފައެވެ.

މި ޗެލެންޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހުޅުވާލާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ.

ވައިބަރ ގްރޫޕްގެ އިތުރުން މިހާރު އަޝްފާގްއަށް ހާއްސަ ވައިބަރ ސްޓިކަރ ޕެކެއްވެސް ވަނީ ތައާރަފް ކޮށްފައެވެ.

އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް.

އޭއެފްސީ ވެބްސައިޓަށް ދިއުމަށް ދިވެހި ޒުވާނަކު ތައްޔާރުކުރި "ކިއުއާރް" ކޯޑް

މީގެއިތުރުން ޔާމީން ނަމަކަށް ކިޔާ ދިވެހި ޒުވާނެއްވަނީ އަޝްފާގަށް ވޯޓުލުމަށް އޭއެފްސީގެ ރަސްމީ ވެބްސައިޓަށް ދެވޭނެ "ކިއުއާރް" ކޯޑެއް ތައްޔާރުކޮށް ސޯޝަލް މީޑިއާގައި ޝެއަރ ކުރުމުގެ ފުރުސަތުވެސް ތަނަވަސްކޮށްދީފައެވެ.

ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށް ބަލާއިރު ވޯޓުން ކުރީގައި މިވަގުތު އޮތީ އަޝްފާގް އެވެ. ވޯޓުލުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރު 13:00 އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލިބެއްޔާ

    އަޝްފާޤް ވިން ކުރަނީ ބޮޓު ވޯޓުން.. މަކަރު ހަދައިގެން.. އަހަންނަކީ އަޝްފާޤުގެ ސަޕޯޓަރެއް.. މަކަރާއި އޮޅުވާލުމުން ލިބޭ ކަމިޔާބީ އަކީ ޙަޤީޤީ ކާމިޔާބެއް ނޫން..

    2
    39
    • މާއެނގޭ

      ބުރޯ އޭއެފްސީ އިން މަނާކޮށްފަ އޮތްކަމަކީތަ އެއީ؟ ގައިމު އެސޮރުމެން ބުނެފަ އޮތީ ލެވުނު ވަރަކަށް ވޯޓު ލާށޯ

      17
    • އަސްލު ދިވެހިން

      ތިޔަބުނާ ބޮޓު، ނޮޓު، ހޮޓު ވޯޓު ލާނީ ހަމަ އެކަނި އަޝްފާގް އަށް ވޯޓުލާ މީހުން އެކަންޏެއްނޫން. އަޝްފާގްއާ ވާދަކުރި ކޮންމެ ކުޅުންތެރިޔެއްގެ ރާއްޖެއައްވުރެ އާބާދީގެ ގޮތުން ބައިބޯ ގައުމުތަކުގެ ސަޕޯޓަރުންވެސް ހުންނާނީ ތިބުނާ ގޮތައް ވޯޓު ލާފަ. މީކީ ގައުމެއްގެ ރިޔާސީ އިންތިހާބެއް ނޫން. އަނެއްކާ އޭއެފްސީއަކުން ބުނެފައެއްނެއް ކޮންމެ މީހަކައްލެވޭނީ އެންމެ 1 ވޯޓެކޭ. ދެން ކިހިނެއް މި ވޯޓުވާނީ މަކަރާ އޮޅުވާލުމުން ލާ ވޯޓަކަށް.

      20
    • އައްދޮ

      އަޝްފާގަށް ވޯޓުލާން ބޮޓުން ބޭނުމެއް ނުވޭ. ދުނިޔޭގެ ތެރޭގަ އެބަތިބި އަޝްފާގަށް ވޯޓުލާނެ މީހުން ދިވެހިން ނޫނަސް. އިނގިއްޖެ؟

  2. ޢަލި

    މީ ދެންކާކު

    1
    4
  3. ބޯހަލާކު

    ތިވެސްވިޔަފާރިއެއްދޯ

    2
    4