އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ޑިވެލޮޮޕްމަންޓް އަދި މާކެޓިން ކޮމެޓީގެ މެމްބަރަކަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް އައްޔަނުކުރައްވައިފި އެވެ.

އޭޝިއަން ސެންޓްރަލް ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ލަތީފަށް މި މަޤާމް ލިބުނީ މިިމަހުގެ 9 ގައި ބޭއްވި ބޯޑް އޮފް އެޑްމިނިސްޓްރޭޝަންގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

މި މަޤާމަށް އައްޔަނުކުރެއްވުމާއެކު 2023 ގެ ނިޔަލަށް އެ ކޮމެޓީގެ މެމްބަރުކަން ލަތީފަށް ލިބިވަޑައިގަންނަވާނެއެވެ.

އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ކޮމެޓީގެ މަސައްކަތްތަކުގެ ތެރޭގައި އޭވީސީގެ އެކްސްކޯ، އަދި ބޯޑު އޮފް އެޑްމިނިސްޓްރޭޝަން އާއި އެކު މާކެޓިންގެ މަސައްކަތްތައް ކުރުމާއި، "ވޯލްޑް ވިޝަން 2008" އާއި އެއްގޮތަށް ވޮލީގެ މާކެޓިން އާއި ގުޅޭ ގޮތްތައް ހޯދާ، ހަރުދަނާކުރާނެ ގޮތްގޮތާއި ޤައުމީ ވޮލީބޯޅަ ފެޑެރޭޝަންތަކާއި ގުޅިގެން ޕްރޮމޯޝަނާއި ހަރަކާތްތައް ބާއްވާ ފުޅާކުރުން ހިމެނެއެވެ.

މީގެއިތުރުން ޑިވެލޮޕްމަންޓާއި މާކެޓިން އާއި ގުޅޭ ސެމިނާތަކާއި ކޯސްތައް ހިންގުމުގައި އެހީތެރިވުމާއި އޭވީސީގެ ރައީސް އާއި އެގްޒެގެޓިވް ޑިރެކްޓަރ އާއި ގުޅިގެން އޭވީސީއަށް ސްޕޮންސަރުން ހޯދުމުގައި އެހީތެރިވުން ހިމެނެއެވެ.

އޭޝިއަން ސެންޓްރަލް ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސަކަށް ލަތީފް އިންތިޚާބުވީ ބަނގްލަދޭޝް ވޮލީބޯޅަ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްއާއި ވާދަކޮށް އެއް ޤައުމު ފިޔަވާ އެހެން ހުރިހާ ޤައުމެއްގެ ތާއީދު ހޯދައިގެންނެވެ. މި ވޯޓުގައި ޖުމްލަ 14 ޤައުމަކުން ވަނީ ބައިވެރިވެފައެވެ. މި އެސޯސިއޭޝަނުގެ ނައިބަކަށް ހޮވުނީ އިންޑިއާ ވޮލީބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Happy

    ތިމަގާމު ތަކައް އައިސްގެން ރާއްޖެއަށް ވާކަމެއްހާރާން.. އަމިއްލަ ފައިދާއށް މުޅިންވެސް!!