އަހަރުގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ހޮވުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވަން ނިންމައިފިއެވެ.

އެންމެ ފުރަތަމަ މި އެވޯޑު ހަފުލާ ބޭއްވުމަށް ތާވަލުކުރީ މިއަހަރުގެ ސެޕްޓެމްބަރު 21 އަށެވެ. ނަމަވެސް އެފަހަރު އެވޯޑު ބާއްވަން ނިންމި އިޓަލީގައި ކޮވިޑުގެ ކޭސްތައް ގިނަވުމާއި ގުޅިގެން ފީފާއިން ވަނީ ނިންމުން ބަދަލުކޮށް ހަފުލާ ފަސްކޮށްފައެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީއެވެ. އަދި އަންހެން ކުޅުންތެެރިއަކަށް ހޮވިފައިވަނީ އެމެރިކާގެ އަންހެން ޓީމުގެ މޭގަން ރެޕިނޯއެވެ. މި ހަފުލާގައި ކޮންމެ އަހަރަކުވެސް މި ދެ އެވޯޑުގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗުގެ އެވޯޑާއި ފީފާ ޕުސްކަސް އެވޯޑު ނުވަތަ އެންމެ ރީތ ލަނޑުޖެހި އެވޯޑާއި ފެއާޕްލޭ އާއި ފޭން އެވޯޑުގެ އިތުރުން އެންމެ މޮޅު 11 ކުޅުންތެރިން ހޮވާނެއެވެ.

މި ހަފުލާ ވާޗުއަލްކޮށް ބޭއްވުމަށް ނިންމާފައިވަނީ މީހުން އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމުގެ ގޮތުން ކަމަށް ފީފާއިން މައުލޫމާތުދެއެވެ،.

ބެލޮންޑޯ އެވޯޑުގެ ނަމުގައި ކުރިން މި އެވޯޑު ދިން ނަމަވެސް ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރު އެވެ.