އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް އަލީ އަޝްފާގު (ދަގަނޑޭ) ޝުކުރުއަދާކޮށްފިއެވެ.

މި ޗެލެންޖުގެ ފައިނަލަށް ދަގަނޑޭ ދަތުރުކުރީ އޭއެފްސީގެ ވެބްސައިޓުގައި ހުޅުވާލި ސެމީފައިނަލް ބުރުގެ ވޯޓުލުމުގެ ސުންގަޑި 13:00 ގައި ހަމަވިއިރު ކުރިހޯދައިގެންނެވެ. ސެމީ ފައިނަލުގައި ދަގަނޑޭއަށް ލިބުނު ވޯޓުގެ އަދަދަކީ 54.68 އިންސައްތައެވެ. ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ލިބުނީ 45.32 އިންސައްތައެވެ.

މި ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރާނީ ހޮންގ ކޮންގްގެ ޗަން ސިއު ކީ އާއެވެ. އޭނާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މެލޭޝިއާގެ ސަފާވީ ރާޝިދްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ސަޕޯޓަރުންނަށް ޝުކުރުއަދާކޮށް ދަގަނޑޭގެ ސޯޝަލް މީޑިއާ ޕޭޖުގައި ވަނީ ރެއާދުވާލު މަސައްކަތްކުރި ދިވެހި ހުރިހާ ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފައެވެ.

"އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން! އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނަން" ދަގަނޑޭގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.

‎الحمدلله! އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް...

Posted by Ali Ashfaq on Sunday, 22 November 2020

އާބާދީ ބޮޑު ވިއެޓްނާމްގެ ކުޅުންތެރިއަކު ވޯޓުން ބަލިކޮށް ސެމީގައިވެސް ވިއެޓްނާމް ކުޅުންތެރިއަކާއި ވާދަކުރަން ޖެހުމުން އެގައުމުން ތައްޔާރުވާނެ ކަމަށް ބަލާ ރާއްޖޭގައިވެސް ވަނީ އަޝްފާގަށް ވޯޓު ހޯދައިދިނުމަށް ވަރަށް ވަރުގަދަ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފަށާފައެވެ. އެގޮތުން އަޝްފާގަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގް"ގެ ނަމުގައި ކޮމިއުނިޓީ ވައިބާ ގްރޫޕެއްވެސް ވަނީ ހުޅުވާފައެވެ. މީގެއިތުރުން ވޯޓު ހޯދުމަށް ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފޭސްބުކާއި ޓްވިޓާގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފައެވެ.

އޭއެފްސީ ކަޕުގައި ޖެހި އެންމެ ރީތި ސޯލޯ ގޯލުތަކުގެ ތެރެއިން އެންމެ ރީތި ގޯލު ހޮވުމަށް އޭއެފްސީން ހުޅުވާލި މި ފުރުސަތުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވޯޓުލާފައެވެ. ފައިނަލް ބުރުގެ ވޯޓުލުން ފެށޭ ދުވަހެއް އޭއެފްސީން އަދި ހާމައެއްނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފައިނަލް ކޮންފަޔަމްޑް

    ވަގުތު ކުދިންނޭ ނޮވެމްބަރ 25 ވާ ބުދަދުވަހު ފައިނަލް ކިކްއޮފް އޮތީ ، ވަގުތުކުދިންވެސް ވޯޓްލައްޗޭ އިނގޭ

    34
    1
  2. ޢަފްލާ

    ޢަެންމެ ފުރަތަމަ ޝުކުރު އަދާކުރަން ޖެހޭނީ ހެއްދެވި ފަރާތަށް އެފަރާތުން ވާގި ލިބިގެން މިޕޮލުވެސް ކުރިޔަށް ގެންދެވޭނީ

  3. ޝެއިޚް ޒައިދު

    މި ކަހަލަ ކަންކަމަކީ ވަގުތު ބޭކާރުކުރުން ކަމުގައި ވާތީ މިކަމުގައި ނަުޅުމަށް އެމެހާފަރާތްތަކަށް ނަސޭހަތްތެރި ވަމެވެ..

    1
    5