ހދ. ނޮޅިވަރަމު "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޖަމްއިއްޔާއިން އިސްނަގައިގެން އެ ރަށުގެ އަންހެނުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ކުލަބް ކުލަސްޓާ އާއި ސްޓޫޑިއޯ ގާލްސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީފައިނަލަށް ކުލަބް ކްލަސްޓާ ދަތުރުކުރީ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި މެޑްރިޑް ގާލްސްއާއި ވާދަކޮށް 9-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ކުލަބް ކްލަސްޓާ ޓީމަށް ގޯލުތައް ޖަހާދީފައިވަނީ ތިން ގޯލު ޖެހި ނަޖުދާ އާއި ފަސް ގޯލުޖެހި މައިހާގެ އިތުރުން އެއް ގޯލު ޖެހި ނައުމާ އެވެ. މި މެޗުގައި މެޑްރިޑް ގާލްސްގެ ހަމައެކަނި ގޯލު ޖަހާދީފައިވާ ކުޅުންތެރިއަކީ ޝިފާނާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ކްލަސްޓާއަށް މި މެޗުގައި ފަސް ގޯލު ޖަހައިދިން ފާތިމަތު މައިހާ ހުސެއިން އެވެ.

ކުއާޓާގައި ސްޓޫޑިއޯ ގާލްސް އަދި ކަނބަލުން ބައްދަލުކުރި މެޗުގެ ތެރެއިން

ސެމީފައިނަލުގެ ޖާގަ ސްޓޫޑިއޯ ގާލްސް ކަށަވަރުކުރީ ކަނބަލުން އާއި ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ސްޓޫޑިއޯ ގާލްސްއަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ އާސިމާ އާއި ފާތިމަތު އަލީގެ އިތުރުން އާމިނަތު ވަހީދާ އެވެ. ކަނބަލުން ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ އަމީޒާ އެވެ. ދެވަނަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޓޫޑިއޯ ގާލްސްގެ އާމިނަތު ވަހީދާ އެވެ.

މުބާރާތުގެ ސެމީފައިނަލުގެ ޖާގަ ދެން ކަށަވަރުކުރާ ޓީމުތައް ޔަގީންވާނީ ކުއާޓާފައިނަލުގައި މާދަމާ ކުޅޭ މެޗުތައް ނިމުމުންނެވެ. ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާ ކަންމަތި އަދި ޕަނީ ގާލްސް ފުރަތަމަ މެޗުގައި ވާދަކުރާއިރު ދެވަނަ މެޗުގައި ވާދަކުރާނީި ސްޓެއިން އަދި ޗަކުލީ ގާލްސްއެވެ.

ޖުމްލަ 13 ޓީމާއެކު ބާއްވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ކުރިޔަށްދިޔައީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.