"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގައި ވާދަކުރާ ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް މި ޗެލެންޖުގެ ކުއާޓާފައިނަލާއި ސެމީފައިނަލުގައި ލައްކައިން ވޯޓު ލިބުނު ކަމަށް އޭއެފްސީން ބުނެފިއެވެ.

މި ޗެލެންޖުގެ ފައިނަލް ޕްރިވިއު ގައި ހޮންކޮންގެ ޗަން ސިއު ކީ އާއި ރާއްޖޭގެ ދަގަނޑޭ ފައިނަލަށް ދަތުރުކުރި ގޮތުގެ ވާހަކަތައް ހިއްސާކުރަމުން އޭއެފްސީން ވަނީ ދަގަނޑޭއަށް ލިބެމުން އަންނަ ތަރުހީބު ފާހަގަކޮށް ތައުރީފުކޮށްފައެވެ. މި ޗެލެންޖުގެ ކުއާޓާފައިނަލާއި ސެމީފައިނަލުގައި ވޯޓު ހޯދުމަށް ގިިނަ އަދަދެއްގެ ދިވެހިން ވަނީ މަސައްކަތްކޮށްފައެވެ.

މި ޗެލެންޖުގެ ފައިނަލުގައި ވާދަކުރަނީ ހޮންކޮންގެ ފުޓުބޯޅަ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. ސެމީފައިނަލުގައ ދަގަނޑޭއަށް ލިބުނު ވޯޓުގެ އަދަދަކީ 54.68 އިންސައްތައެވެ. ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ލިބުނީ 45.32 އިންސައްތައެވެ.

ޗެލެންޖުގެ ފައިނަލަށް ޗަން ސިއު ކީވެސް ދަތުރުކޮށްފައިވަނީ ވާދަވެރި ކުރިމަތިލުންތަކަށް ފަހުއެވެ. ފައިނަލުގެ ޖާގަ ޗޭން ޗަން ސިއު ކީ ހޯދާފައިވަނީ ސެމީފައިނަލުގައި ވޯޓުލީ މީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެންނެވެ. އޭނާއާއި ވާދަކުރި މެލޭޝިއާގެ ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.

މި ދެ ބުރު ފަހަނައަޅައި ދަގަނޑޭ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްބައިވެގެން ކުރި މަސައްކަތުންނެވެ. އެގޮތުން އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ވަނީ ހުޅުވާފައެވެ. މި ގްރޫޕުންވެސް ފައިނަލާއި ގުޅޭގޮތުން ސަޕޯޓަރުންނާއި ގުޅިގެން ކަންކަން ކުރުމަށް ވަނީ ރާވާފައެވެ. ވައިބަރ ގްރޫޕްގެ އިތުރުން އަޝްފާގަށް ހާއްސަ ވައިބަރ ސްޓިކަރ ޕެކެއްވެސް ވަނީ ތައާރަފް ކޮށްފައެވެ.

އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ.

މި ޗެލެންޖުގެ ފައިނަލް ބުރުގައި ވޯޓުލުމަށް ހުޅުވާލާނީ އަންނަ ބުދަދުވަހުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޭންއޮފްސްޓީލް

    ލިބުނުކާމިޔާބީއަށް ދަގަނޑޭއަށް މަރްޙަބާ ދަންނަވަމެވެ. އަދި އެކަން ޚާޞިލްވުމުގައި އެހީތެރިވި، އެންމެހައި ފަރާތްތަކަށް ޝުކުރުވެސް ދަންނަވަމެވެ.
    އެހެންނަމަވެސް ދަގަނޑޭއަށް ބުނެލަންއޮތީ، ލިބުނު ކާމިޔާބީއަށްޓަކައި ޒައްރެއްގެ މިންވަރުވެސް ފަޙްރުވެރި ނުވާށެވެ. އޭގެ ބަދަލުގައި ﷲއަށް ޙަމްދުކުރާށެވެ.

    25
  2. UH

    lets all help dhangadey to do it !!!!