ގއ. ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ބޮއްކުރާ އަތުން ހޯދި އުނދަގޫ މޮޅާއެކު ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި އެސްޕާޑާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ބޮއްކުރާ އަދި އެސްޕާޑާ ބައްދަލުކުރި މެޗް އެސްޕާޑާ އިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗްގައި އެސްޕާޑާއަށް ގޯލްތައް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އާއި އަރުޝަދް ލަތީފްގެ އިތުރުން ޒައިން ނިޔާޒެވެ. ބޮއްކުރާގެ ގޯލްތައް ޖަހައިދިނީ އާލިމް އަބްދުލް އަޒީޒް އާއި އަލީ މުހައްމަދުގެ އިތުރުން މުޝައްރަފް މުހައްމަދު އެވެ.


މިއަދުގެ
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެޗްގައި ދެ ގޯލް ޖެހި ހާއްޕެ އެވެ. މުބާރާތުގެ ރަން ބޫޓާއި އެންމެ ގާތުން ވާދަ ކުރަމުން އަންނަ ހާއްޕެ ވަނީ ލީގު ބުރުގައި އެސްޕާޑާ ކުޅުނު ފަސް މެޗުގައި މުޅިއެކު 8 ގޯލް ޖަހައިފައެވެ.


ލީގު
ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި އެސްޕާޑާ ސެމީ އަށް ދިޔައީ ފަސް މެޗުން ހޯދި 15 ޕޮއިންޓާއެކު އެވެ. މިއަދުގެ މެޗުން ބަލިވި ބޮއްކުރާ އަށް ސެމީ އަށް ދިއުމުގެ ފުރުސަތު އަދި މުޅިން ނުގެއްލެއެވެ. ބޮއްކުރާ އަށް ދެން ސެމީގެ ޖާގައެއް ލިބޭނީ މިރޭ 21:30 ގައި އާރުޑީ ސްޕޯޓްސް ކްލަބާއި ގެމަނަފުށި ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން އާރުޑީ ބަލިވެގެންނެވެ. އެ މެޗް އެއްވަރު ވެއްޖެ ނަމަ ސެމީ ފައިނަލުން ފުރުސަތު ލިބޭނީ އާރުޑީ އަށެވެ. ބޮއްކުރާ އަދި އާރުޑީ އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ލިބޭ ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ ލިބޭ އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އޮންލައިނެވެ.