"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލަށް އެތައް ދިވެހިންގެ ބުރަ މަސައްކަތާއި ހިތްވަރާއެކު އަޝްފާގް ފައިނަލަށް ގެނެސްދިން އިރު ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަޝްފާގަށް ވޯޓުލުމަށް މި ލިންކަށް ފިއްތާލައްވާ!

ރާއްޖޭގައި ބްރެކެޓް ޗެލެންގެ ފޯރިގަދަވެ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މީސްމީޑިއާގައިވެސް އަދި އެހެނިހެން ގޮތްތަކުންވެސް އެންމެ ބޮޑަށް ކެމްޕޭނުކޮށްފައިވަނީ ކުއާޓާފައިނަލުން ފެށިގެންނެވެ. ފޭސްބުކާއި ޓްވިޓާގައި އަދި އާއިލީ ވައިބާ އާއި ވަޓްސްއެޕް ގުރޫޕުތަކުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްފައެވެ.

އެންމެފަހުން ނިމުނު މި ޗެލެންޖުގެ ކުއާޓާފައިނަލާއި ސެމީފައިނަލުގައި އަޝްފާގަށް ލައްކައިން ވޯޓު ލިބުނު ކަމަށް އޭއެފްސީން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ފައިނަލް ބުރުގައިވެސް ގިނަ ވޯޓުތަކެއް ލިބޭނެކަމަށް ބެލެވެއެވެ. އެއީ ގިނަ ބަޔަކު އަޝްފާގަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންދާތީއެވެ.

ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. މި ދެ ބުރު ފަހަނައަޅައި ދަގަނޑޭ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްބައިވެގެން ކުރި މަސައްކަތުންނެވެ. އެގޮތުން އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ވަނީ ހުޅުވާފައެވެ. މި ގްރޫޕުންވެސް ފައިނަލާއި ގުޅޭގޮތުން ސަޕޯޓަރުންނާއި ގުޅިގެން ކަންކަން ކުރުމަށް ވަނީ ރާވާފައެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. މިމެޗުގައި ދަގަނޑޭ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.

މިއަދު ހެނދުނު ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އޭއެފްސީގެ ވެބްސައިޓް މެދުވެރިކޮށް އަޝްފާގަށް ވޯޓުލުމުގެ ފުރުސަތު ލިިބިގެންދާނެއެވެ. ވޯޓުލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 29 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ބުރުގާ

  މިއައް ވޯޓުލަނީ ދިވެހިން އެކަނިތަ؟ އެހެން ގައުމެއްގެ ބަޔަކު މިއަކާހެދީ އުޅޭތަނެއް ނުފެނޭ.

  21
  37
  • ކޮމެންޓު

   އެހެން ބަޔަކު ނޫޅެ. އެނގުނު ކަމަކީ ދިވެހިންގެ ގިނަ ބަޔަކު ކުރާނެ ކަމެއް ނެތިގެން އުޅޭކަން

   10
   36
  • މުހައްމަދު

   އަހަރެމެން ނުޖެހޭ ބަޔަކު ނޫޅޭ ކިޔާފަ އެމީހުން އުޅޭހާ ގޮތަކަށް އުޅޭކަށް.
   ކޮންމެ ކަމެއްގައި ވެސް އަހަރެމެން ބޭނުންވަނީ އެއްބައި ވަންތަކަން. ދިވެހިން ދިވެހިންގެ ގޮތުގައި ތިބެ އެހެން ގައުމުތަކަށް ދައްކަމުންދާ ނަމޫނާގެ ސަބަބުން ހާދަ ކުރިއެރުން ތަކެއް ދިވެހިންނަ ލިބެއޭ..

   1
   1
 2. ހަސަން ފޭދޫ

  ޓުއަރިޒަމް މިނިސްޓްރީން ވެސް މިކަމާއެއްބާރުންލުން ދޭންވާނެ. ދަނގަޑޭ އެއްވަނަ އަށް ގޮށްސިއްޔާ އެއީ ރާއްޖެއަށްލިބޭ ފްރީ ޕޮރޮމޯޝަނެއް.

  43
  7
 3. Anonymous

  ކުޅިވަރާ މަޖާކުރުމުގައި އެއްބައިވަންތަ ޤައުމު އަޅުވެތިކުރުން ކުރިޔައްދާއިރު ބައިބައިވުން އަދި އެކަމައް ތާއީދުކޮށް ވަގުތު ނޫހުގައިވެސް އެއްޗެއް ލިޔެލަން ނުކެރުނު. ވަގުތު ނޫހަކީވެސް މިހާރު ސަރުކާރުގެ ޚަރަދުގައި ހިންގާނޫހެއް މިކޮމެއްޓް ޖަހާލަދީބަލަ ހިތްވަރެއް ހުރިއްޔާ

  34
  11
 4. ވަގުތު

  ޤައުމު އެއްބައިވަންތަ ވުމަށް ވަކި ވަގުތެއް، ވަކި އިރެއް ނެތެވެ.
  ކޮންދަގަޑެއް، ދަބަރެއްތަ،

  9
  13
 5. ބުއްޅަބޭ

  އާބާދީ ބޮޑު ބަޔަކަށް ލިބެންޏާ ލިބޭނީ ހޮންކޮންގ ސޮރަށް.
  ނަމަވެސް ފްޓްބޯޅަޔަށް ލޯބިކުރާ ބަޔަކު ދޭއެއްޗެއްވިއްޔާ ލިބޭނީ އަޝްފާގަށް.

  20
  2
 6. ނާދިރާ

  މިކަމުން ލިބެނީ ކޮން ފައިދާއެއް. މާގިނަ މީހުން އުޅޭ ގައުމުތަކުންވެސް މޮޔަވެގެންނެއް ނޫޅެ އެގައުމުގެ ކުޅުންތެރިޔާއަށް ވޯޓް ހޯދަދޭކަށް. މިގައުމަށް މީ މޮޅުކަމަކަށް ފެނުނީ ތާކުންތާކު ނުޖެހޭތީ

  11
  22
  • ދަގަނޑޭގެ ފޭނެއް

   މިމީހުންގެ ބަލާވެރިކަމުގެ ސަބަބުން އަޝްފާގަށް ވޯޓް މަދުވެދާނެ. ކަލޭ ކޮންމެހެން އަޝްފާގަށް ދެރައެއް ދޭން ނުވިސްްނާތި! މިމީހުން އެއުޅެނީ އެ އެތުލީޓުން ޤައުމަށް ރީތި ނަމެއް ހޯދައިދޭތީ އެކަމާ ޖޭ ވެގެން... ޤައުމަށް ފައިދާވެނެހެން ޤައުމީ ރޫހުގައި ގެންދާ ހަރަކާތެއް ހުރަސް އަޅާ ކޮންމެ މީހަކީ ލުތުފީ ކަހަލަ ޤައުމަށް ޣައްދާރުވާ ޣައްދާރެއް!

   26
   7
   • އަލީ

    އެއީ ގައްދާރުވުމެއްނު

    1
    6
    • ެއޭ...

     ހަމަ ޖޭ ވަނީ...

 7. ލޮލްލޮލް

  މީތަ ނުވެފަ އޮތް ކަމަކީ

  7
  11
  • ޢަލީ

   ކަލޭމެން ވޯޓު ނުލަންޏާ ތިބެބަލަ. އަހަރެމެން ލާނަން. ތީ ހަމަ ހަސަދަ. އަނެކާއަކަށް ރީތި ނަން ލިބޭކަށް ބޭނުމެއްނުވޭ.

   4
   1
  • ހައްމާދު

   ކޮއްކޯ ހަމަޖެހިލައިގެން ހަޖަމުކޮއްލާ...
   އޭރުން އޯކޭވާނެ.

   1
   1
 8. އަލީ

  އޭނަ މޮޅުވިއްޔާ ނުވިއްޔާ އަހަރުންނަށް ކޮންކަމެއް.. ލިބޭއެއްޗެއް ލިބޭނީ އޭނައަށް.. އަދި އެއްޗެއް ލިބުނަސް ބޮޑެތި ބަލިތަކަށް ބޭސްނުކުރެވިގެން އާދެސް ކުރާ ފަރާތަކަށް އެއްވެސް އެހީއެއް ނުވާނެ... މި ކޮމެންޓް އަޅެޖަހާބަލަ

  10
  27
  • ޢަލީ އަންހެނުންގެ ބަފާ

   ބަލަ ކަލެއަކަށް ނުފެނޭތަ އަޝްފަޤު ޖެހި ރީތި ގޯލު.
   ކަލެއަކަށް ނޭންގޭތަ އެއީ މި ސަރަހައްދުގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާކަމެއް. ކަލޭ ޙަސަދަވެރިނުވެ މަޑުމަޑުން ހުރެބަލަ.

   4
   1
  • އަލީ މައިދައިތަ

   ބަލަ ރަންކޮޅާ. ރަނގަޅަށް ތިޔަހުރީ ސިކުނޑީގަ ސިޔާސީ ކުލަ ޖެހި (ބްރެއިން ވޮޝް) ވެފަ ދޯ.. މިއެއްޗެހިންނަށް ސިޔާސީނޫނީ ނުފެންނާނެ.. މިހާރު މިއުޅެނީ ގައްމު ދެކެލޯބިވާ ދަރިންނެއް ނޫން.. މިއީ މިހާރު މީގެ 15 16 އަހަރު ކުރިން އަހަރެން ދުން ރާއްޖެއެއް ނޫން.

 9. ހަންނާނު

  މީތަ މިހާރު ނުވެފަ އޮތް ކަމަކީ. މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. ތިޔައް ވޯޓެއް ނުދޭނަން. ކޮސް ވާހަކަ ނުގޮވާ

  11
  19
  • ކޮއްކޮ

   އަނގަޔާ އަތާ ދިމާނުވި އިރު މި ހަބަރަށް ކޮމެންޓް ކުރެވިއްޖެ ދެއްތޯ...

 10. ސިނެކް

  މިތަނުގަ ނެގެޓިވުކޮމެންޓް ކުރާމީހުން ރަތްޖޯޒީ ލާފަ މާލޭމަގުތައް ފުރާލެވުނީ އަޟްފާގު ހުރެގެންކަން މިހާރު ހަދާނެއްނެތްދޯ

  7
  2