ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ޑިމޮކްރެޓިކް ކުރުމާ ދެކޮޅު ބައިނަލް އަގްވާމީ ޖަމިއްޔާއެއް ވާނަމަ އެ ޖަމިއްޔާއިން ރާއްޖެ ވަކި ކުރުމުގެ ކުރިން ރާއްޖެއިން ފުރަތަމަ އެ ޖަމިއްޔާއަކުން ވަކިވާން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އިލެކްޝަންސް ކޮމިޝަން (އީސީ) މެދުވެރިކޮށް އިންތިހާބުތައް ބޭއްވުމަށެވެ.

ހަސަން ލަތީފް ހުށަހެޅުއްވި އެ ބިލުގެ އެ މާއްދާއާ މެދު ހިޔާލު ތަފާތުވުންތައް ބޮޑެވެ. ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހިމެނޭ ގޮތަށް ކުޅިވަރު އާއިލާގެ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތަށް އީސީ މެދުވެރިކޮށް އިންތިހާބު ބޭއްވުމުން ބައިނަލް އަގްވާމީ ކުޅިވަރު ޖަމިއްޔާތަކުން ރާއްޖެ ސަސްޕެންޑް ކުރާނެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފް ތަޅުމަށް އެ ބިލް އިއްވައިދެއްވިއިރު، ހަސަން ލަތީފް ވިދާޅުވީ އީސީ މެދުވެރިކޮށް ކުޅިވަރު އިންތިހާބުތައް ބޭއްވުމުން އެއްވެސް ޖަމިއްޔާއަކުން ރާއްޖެ ސަސްޕެންޑް ނުކުރާނެއެވެ. އެ ގޮތުން އީސީ މެދުވެރިކޮށް އިންތިހާބު ބާއްވާ ގައުމެއް ކަމުގައިވާ އުތުރު ކޮރެއާ ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

ހަސަން ލަތީފް ތަޅުމަށް ބިލް ހުށަހަޅުއްވައި ނިމުމުން އިބްތިދާއީ ބަހުސަށް ހުޅުވާލުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންސާފުވެރި އިންތިހާބެއް ބާއްވައިގެން ރާއްޖެ ވަކި ކުރާ ޖަމިއްޔާއެއް އޮތްނަމަ ކުރިއަށް ރާއްޖެއިން އެ ޖަމާއަތަކުން ވަކިވާން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"އިންސާފުވެރިކަމާއި ޑިމޮކްރެޓިކް އުސޫލުން އިންތިހާބު ބޭއްވުން އެއީ ކުށަކަށްވާ ޖަމާއަތެއްގައި ރާއްޖެ ބައިވެރިވުމަކީ ގާނޫނު އާސާސީއާ ހިލާފު ކަމެއް. އިންޓަނޭޝަނަލް އޮލިމްޕިކް ޗާޓަރާ ފުށު އަރާ ކަމަކަށް ވުމަކީ ތާކުން ތާކު ނުޖެހޭ ވާހަކައެއް." ރައީށް ނަޝީދު ވިދާޅުވިއެވެ.

އީސީގެ ބެލުމުގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމަކީ އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދާއި ބައިނަލް އަގްވާމީ ކުޅިވަރު ފެޑެރޭޝަންތަކުގެ އުސޫލުތަކާ ފުށު އެރުން އޮންނަ ކަމެއް ކަމަށް ކުޅިވަރު ބައެއް ތަޖުރިބާކާރުން ބުނެއެވެ. އެ ބޭފުޅުން ފާހަގަކުރާ ގޮތުގައި އެ ތަންތަނުގެ އިންތިހާބު ތިންވަނަ ފަރާތެއް މެދުވެރިކޮށް ބޭއްވުމަކަށް ބައިނަލް އަގްވާމީ އޮލިމްޕިކް ޗާޓަރު ޖާގަދޭ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުއްޅަބޭ

    އީސީއިން ކަންކުރާ ގޮތާއި ނިންމާ ކަންކަން ދެކިޅުނުޖެހޭ ވާގަކަ އަބަދުވެސް އަޑު އިވެނީ.
    ދެން އެތަނުން ކުރާ ތިކަހަލަ ކަމެއް ކިހިނެއް ބަލައިގަންނާނީ.

    4
    1
  2. ކަނަމަނަ

    ނަޝީދު މިގައުމުންބޭރުކުރަންވީ އެއިރުން ހުރިހާކަމެއް ރަގަޅުވީ ހުރިހާނުބަޔަކީ ނަޝީދު

    6
    1
  3. ހުސޭނުބޭ

    އެފަދަ ބައިނަލް އަޤްވާމީ އެސޯޝީއޭޝަންތަކަށްވެސް ކަލޭގެ އައުވާނުން ލީމާ އެއޮތީ ޑިމޮކްރަޓިކްވެފައި! އެކަން ކުރެވޭތޯ ބަލާ!

    4
    1
  4. ކޮމެންޓު

    ޑިމޮކްރޭޓިކެއް ނޫން ސިޔާސީ ކުރަނީ ސިޔާސީ އެކްޓިވިސްޓުން ކުޅިވަރާ ދުރުކުރަން ޖަމިއްޔާ ތަކުން ބަލަނީ. އެވއރުންވެސް ސިޔާސީ ވެރިން ކުލަބު ތަކަށް ވަދެ ބޮޑެތި ކުލަބު ތަކެއް ހަލާކުކޮއްލައިފި

  5. ގަމާރު

    ދުނިޔޭގައި ކުޅިވަރަކީ ސިޔާސީ އެކްޓުވިސްޓުން ލައިގެން ވޯޓުހޯދަން ކުރާކަމެއްނޫން މަމޮޅު ހެދިގެން މަޖްލިސްރައިސްއަށް ވެގެން އިންނައިރު ޤުރްޣާން އަކުރެއް ކިޔައިފިއްޔާ އެގެނީއެއްނުން ދުނިޔޭގެ ކުޅިވަރާއި އިޤްތިސާދެއް އެޤެނީއެއްނުން މައްސަލަޔަކީ މިވަރުތަންދޮރުނުދައްނަ މީހަކު ބަޔަކު މާމޮޅު މީހަކަށް ހަދައިގެން އުޅޭތީ

  6. ގަމާރު

    ނަޝީދުދެކެބިރުން ޔޫއެފާ އާއި ފީފާ އަދި އޮލިންޕިކުއިން ކުޅިވަރު މުބާރާތައް ބޭއްވުން ހުއްޓާލާނެ ރާއްޖެބައިވެރިނުވެ ކިހިނެއް މުބާރާތްތައް ބާއްވާނީ