ރައްޔިތުންގެ މަޖިލީހުގައި ކުޅިވަރު ތަޖުރިބާކާރުން އެބަ ތިބި ކަމަށާއި ކުޅިވަރުތަކަށް ލިބޭނެ ފައިދާއާއި ގެއްލުންތައް އެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި އިލްޔާސް ވިދާޅުވީ ރަށްރަށުގައި ސަރުކާރުގެ ފަރާތުން ކުޅިވަރުގެ އުމްރާނީ ބިނާތައް ގާއިމް ކުރި ނަމަވެސް ކުޅިވަރު އެސޯސިއޭޝަންތަކުގެ ފަރާތުން ރަށްރަށުގައި ކުޅިވަރު ތަރައްގީކުރަން އެކަށީގެންވާ ކަމެއް ނުކުރާ ކަމަށެވެ.

ކުޅިވަރު އެސޯސިއޭޝަންތަކެއް އޮތް އިރު އެ އެސޯސިއޭޝަންތަކުގެ އެގްޒެކެޓިވް ކޮމިޓީތަކުން ގަވާއިދު ފުށު އަރާ ކިތަންމެ ކަމެއް ކުރަމުންދާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. މި ގޮތުން އެސޯސިއޭޝަންގެ ވެރިޔެއްގެ ދައުރަކީ ދެ އަހަރު ކަމަށް ކަނޑައަޅާފައި އޮންނަނިކޮށް ތިންވަނަ ދައުރަށް ނުކުންނަން ކުއްލިއަކަށް ގަވާއިދު ބަދަލު ކުރުން ފަދަ ކަންކަން ކުރާ ކަމަށް ވިދާޅުވިއެވެ.

ކުޅިވަރު ކުރިއަރުވަން އެސޯސިއޭޝަންތަކުން މަސައްކަތް ކުރެވޭތޯ ވިސްނާލަން ޖެހޭ. ނޫނީ އެ ތަނުގައި ތިބި ވެރިން ދާއިމަށް އެ ތަނުގައި ތިބުމަށްތޯ މަސައްކަތް ކުރަނީ ވިސްނާލަން ޖެހޭ. ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރެވޭ ގޮތަށް ކުޅިވަރު ގާނޫނު ގެންނަން ޖެހޭނީ،" އިލްޔާސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުޅިވަރު ބިލަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އިލްޔާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން އިށީނދެ ތިއްބަވާއިރު ކޮންމެ ދިމާއަކުން ވެސް ފެންނަނީ ކުޅިވަރު ތަޖުރިބާ ކާރުން ކަމަށެވެ. އެ ބޭފުޅުންނަށް ކުޅިވަރު އެނގިވަޑައިނުގަންނަވާނެ ކަމަށް ދެކެވޭނަމަ ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް ވިދާޅުވިއެވެ.

މި ގޮތުން ވެލެންސިއާގެ ކުރީގެ ޗެއާމަން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި، ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއާއި، ނިއު ރޭޑިއަންޓްގެ ޗެއާމަން އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކްލަބް އީގަލްސްގެ ޗެއާމަން އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ ނަން އިލްޔާސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުޓުބޯޅަ ކުޅުންތެރިންގެ ގޮތުގައި އުޅުއްވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) އާއި، ކުޅިވަރު މެނޭޖްމަންޓްތަކުގައި އުޅުއްވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭ4) ގެ ނަން ވެސް އިލްޔާސް ފާހަގަކުރެއްވިއެވެ.

"މިހެން ލިސްޓެއް ކިޔެދާނެ އަޅުގަނޑަށް، މި މަޖިލީހުގެ ކޮންމެ ދިމާއަށް ބެލިޔަސް ކުޅިވަރު ދަންނަ ބޭފުޅުން. އެކި ކުޅިވަރު ދެކެ ލޯބިވާ ބޭފުޅުން، އަޅުގަނޑުމެން މި ތަނުގައި ގާނޫނެއް މި ހަދަނީ މި ބުނާ ކުޅިވަރުތައް ކުރިއަރުވައި ތަރައްގީ ކުރަން." އިލްޔާސް ވިދާޅުވިއެވެ.

ރާއްޖޭގެ ޔޫތު މިނިސްޓަރުގެ މަގާމު ވެސް ކުރިން ފުރުއްވާފައިވާ ހަސަން ލަތީފް ހުށަހެޅުއްވި ބިލުގައި ހިމެނޭ މާއްދާތަކުގެ ތެރެއިން ހިޔާލުތަފާތުވުން އުފެދިފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބެލުމުގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ބާއްވާ ގޮތަށް އިސްލާހު ގެންނަ މާއްދާއަށެވެ.

އެމްޑީޕީގެ ސްލޮޓެއްގައި ހުންނެވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާއި ކުޅިވަރު ބައެއް ތަޖުރިބާކާރުންނާއި ޝަހްސިއްޔަތުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މާއްދާއަކީ ބައިނަގްއަގްވާމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގަވާއިދާއި އޮލިމްޕިކް ޗާޓަރާ ފުށު އަރާ މާއްދާއެކެވެ. އޭގެ ސަބަބުން ރާއްޖެ ސަސްޕެންޑް ކޮށްފައިވާނެ ކަމުގެ ކަންބޮޑުވުން ވެސް ދަނީ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަފްލާ

    ދޮންނިލެތަކީ މާވަހަރެއްތާ އެހެންވީމަ ތަޖުރިބާ ހުންނާނެ ހިތަން އެރީމަ ކޮންމެ ވާހަކައެއްވެސް ބުނެލެވިދާނެ

    12
  2. ހުސޭނުބޭ

    ތިއީ ކަރަޕްޝަނުގެ މަޖިލީހެއް!

    18
  3. ގުއިދައިތަ

    ކަލެއަށް ކޭއްތެމުން ގޮސް އަދި މެރެތަން އެއް ނިންމާލެވުނަކަސް ކުޅިވަރުގެ ތަޖުރިބާކާރަކަށް ނުވާނެ! އިނގިއްޖެ؟؟؟

    16
  4. ޯބޯޖަލީލު

    ލަބީބުމެން ތިޔައީ ގައުމު ދަވާލި ގުރޫޕު ދޮންބިލެއްކައިރީ އަހާލަ ބަލަ ހަކުރު ބުއިންހޭ

  5. ރާއްޖެ

    މި ނޫނީ ނުތިބޭނެ އަމިއްލައަށް މޮޅުވެގެން އިއްޒަތްތެރި ކިޔައިގެން އުޅޭ ބައެއް.

  6. ައަހުމަދު

    ތީ ލާދީނީ އަންނި ގެ އަޅުކުދިން ކޮޅު އުޅޭ މާލަމެއް. ދެން ކޮން ގާނޫނެއް ހެދޭނީ؟ ތި އިލިޔާހަކީވެސް އެ ލާދީނީ އަންނި ރުއްސަން ކޮސްގޮވާ ގަމާރެއް ތަނެއް ދޮރެއް ނުދައްނަ ރޯނު އެދުރެއް.

  7. ދީދީ

    ތިޔަމަޖިލީހުގައި ތިބީ ފެއިލިއާސްތަށް. އަމިއްލަޖީބަށް ބޮޑުކުރަން އަރާތިބި ބޭރިންތަކެއް. މެޖަޗިޕް ލަބީބުމެން، ޗެކްމާކް ރަޝީދުމެން، ރެޑްވޭވް ސަލީމުމެން، ވިލާގެ ގާސިމުމެން، ގުރުއާނުގެ އަޑުއަހަން ބޭނުންނުވާ ލާދީނީމެން ކަހަލަ ދެއުޅިއެއްނުވާ ވިޔާނުދާ ލާދީނީ މީހުން ތިބިތަނެއްތިއީ.
    ތިޔަމަޖިލީހުގައި ގިނައިން ތިބީ ކަންކަމަށް މަކަރު ހަދަންވެސް ތަޖުރިބާ ހުރިމީހުން، ރިސޯޓުހަދަން ނަމުގައި ބޭންކުން ލޯނުނަގައިގެން އެފައިސާ އެގޮތްމިގޮތަށް ތަޅައިހުސްކޮށްލައިގެން ރިސޯޓްނެހެދިގެން އެންމެފަހުން ލޯނުދިން ބޭންކަށް މިޖެހެނީ އެރަށް ނަގައިގެން އެހެންބަޔަކަށް ވިއްކައިގެން އެފައިސާހޯދަން. މިވެސް ތިޔަމަޖިލީހުގައި ތިބި މަކަރު ތަޖުރިބާކާރުން ކުރާކަންތަށް.

  8. ރަނގަޅުގޮތް

    މީ ބަހުލޫލުންނާއި މުރައްކަބުޖާހިލުންނާއި ދެއުޅިއެއްނުވާ މީހުން ތިބި ތަނެއް. މިތަނުން މިނޫން އެއްޗެއް ނުނުކުންނާނެ. ޔައުނީ އަސްލު އެވިދާޅުވި ބަސްފުޅުގެ މާނަ.