ފުޓުބޯޅައަކީ ދުނިޔޭގެ އެތައް ބައެއްގެ ހިތުގައި ހާއްސަ ލޯތްބެއް ދެވިފައިވާ މުޅި ދުނިޔޭގައި ކުޅޭ އެންމެ މަގުބޫލު ކުޅިވަރެވެ.

މިގޮތުން ދުނިޔޭގެ ތާރީހު ވެސް ދުށް އެންމެ ވަރުގަދަ ޝަހްސިއްޔަތުތަކުގެ ހިތްތަކުގައި ވެސް ފުޓުބޯޅައަށް ދެވިފައި އޮތް ލޯބި މިއީ ނޭނގޭ ކަމެއް ނޫނެވެ. ހޮލީވުޑް، ބޮލީވުޑް އަދި ދުނިޔޭގެ ތަރައްގީއަށާއި ތަހުޒީބަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނައި އަދި ދުނިޔޭގެ ތާރީހުގައިވެސް އެންމެ ޝަރަފުވެރި ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުން ވެސް ފުޓުބޯޅަ ބެލުމާއި ފުޓުބޯޅަ ކުޅުމަށް ހުރި ޝައުގާއި ފޯރި އެތައް ފަހަރެއްގެ މަތިން ވަނީ ފެނިގެން ގޮސްފައެވެ.

ދުނިޔޭގެ ތާރީހުގައި ވެސް އިންސާނަކަށް ކުރެވޭނެ އެންމެ ޝަރަފުވެރި ކަންތައް ކަމަށްވާ ހަނދުގައި އެންމެ ފުރަތަމަ ފައި ޖެއްސުމުގެ ޝަރަފު ހޯދި އެމެރިކާގެ އެސްޓްރޯނަޓް ނީލް އާމްސްޓްރޯންގަކީ ވެސް މިފަދައިން ފުޓުބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ ފަރާތެކެވެ.

ހަނދުގައި އެންމެ ފުރަތަމަ ފައި ޖެއްސުމުގެ ޝަރަފުގެ އިތުރުން ހަނދުގައި އެންމެ ފުރަތަމަ ކުޅިވަރެއް ކުޅުމުގެ ޝަރަފު ހޯދުމުގެ އަޒުމުގައި ނީލް އާމްސްޓްރޯންގް ބޭނުންވީ އޭނާ އެންމެ ގަޔާވާ ކުޅިވަރު ކަމަށްވާ ފުޓުބޯޅަ ހަނދުގައި ކުޅުމަށެވެ. ހަނދަށް ފުޓުބޯޅައެއް ގެންގޮސް އެކުގައި ހަނދަށް ދިޔަ އެހެން އެސްޓްރޯނަޓުންނާއެކު ކޮންމެވެސް ވަރަކަށް ފުޓުބޯޅަ ކުޅެލުމުގެ އުންމީދުގައި މި އޮޕަރޭޝްން ހިންގާ އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި އެކަމަށް އެދުނެވެ. ނަމަވެސް ނީލް އާމްސްޓްރޯންގް އެތައް ފަހަރެއްގެ މަތިން ތަކުރާތުކޮށް އެއިދާރާގައި މިކަމަށް އެދުނު ނަމަވެސް ނާސާއިން ވަނީ މިކަން ކުރުމުގެ ހުއްދަ ނުލިބޭނެކަމަށް ބުނެފައެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ ފުޓުބޯޅަ އަކީ އެހާ "އެމެރިކަން" ކުޅިވަރަކަށް ނުވުމެވެ.

ނަމަވެސް ހަނދަށް ކުރި ދަތުރުގެ އެތައް އަހަރެއް ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ނީލް އާމްސްޓްރޯންގް ވަނީ އޭގެ ކުރިން އެއްވެސް ފަރާތަކަށް ނޭންގޭ ކަމެއް ހިއްސާކޮށްފައެވެ. އެއީ އޭނާ ސަޕޯޓުކުރާ އާޖެންޓީނާގެ ކްލަބެއްގެ ދިދަ ރަމްޒުކޮށްދޭ ފޮތިކޮޅެއް ހަނދުގައި އޭނާ ހަރުކުރި ކަމެވެ. މި އިންޓަވިއުގައި އޭނާ ބުނެފައިވަނީ ބޯޅައެއް ހިފައިގެން ގޮސް ހަނދުގައި ފުޓުބޯޅަ ނުކުޅެވުނަސް ފުޓުބޯޅައިގެ ރަމްޒެއްގެ ގޮތުން ހަނދުގައި އާޖެންޓީނާގެ ކްލަބް އެތްލެޓިކޯ އިންޑެޕެންޑިއެންޓޭގެ ދިދަ ހަނދުގައި ހަރުކޮށްފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އިސްލާޙް

  ހަނދަށް ދެވުނު ކަން ކަށަވަރުތަ؟

  17
  3
  • ނަމް

   ފޮޓޯތަކައްބަލާފަ ހިޔެއްނުވެ. ވަރަށް ފޭކް ފޮޓޯތައް

   10
   6
 2. ޖިންނި

  ފިނި ހަނގުރާމައިގެ ފެންޓަސީ ސްޓޯރީއެއް

  7
  3
 3. ޖަނާޒާ

  މިކަންވެސް ވެއްޖެ ހަމަ ނޮހޮރުއްޕާނަކަށް، އަދިވެސް ހަނދަށް ދެވުނުކަން ކަށަވަރެއްނުވެއޭ.

  11
  4
 4. ދޮންއަމާ

  އޭރުގަ ދެވިފަ މިހާރު ނުދެވެނީ ކީއްވެބާ؟

  12
  4
 5. ކަލޯ ގަޔާ

  ނޫން...މަށަކަށް ނޭނގޭ

 6. ނަމާ

  ވަގުތު ނޫސް ހަދުގައި ހިންގަން ނޫޅޭތަ؟

 7. ޏެނގެ

  ކުރިކެޓްވެސް ކުޅުނު، ބަތްކައްކާވެސް ކުޅުނު

 8. އާމްސްޓްރޯންގް

  ކަލޭމެން ނޭންގޭ އެއްޗެހި ނުކިޔާ ހުރެބަލަ ގަބޫލު ކުރިޔަސް ނުކުރިޔަސް އިންސާނުން ހަނދައް ދިޔަ