ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ދައުރު ހަމަވެފައިވާ އެ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމަވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން ލަތީފް ވިދާޅުވީ އޭނާގެ ހަތަރު އަހަރުގެ ދައުރު މި އަހަރުގެ އޮކްޓޯބަރު މަހު ހަމަވެފައިވާ ކަމަށާއި ވީއޭއެމްގައި މިހާރު ހުރި މައްސަލަތައް އިތުރަށް ބެލުމުގެ ބަދަލުގައި އެ އެސޯސިއޭޝަނުގެ ދެފުށް ފެންނަ އިންތިޚާބެއް ބާއްވައިދިނުމަށް އެފްއައިވީބީގައި މިހާރު އެދެފައިވާނެ ކަމަށެވެ.

މި އަހަރު ނިމުމުގެ ކުރިން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށާއި ރައީސްގެ މަގާމަށް ވާދަނުކުރަން ނިންމީ ވޮލީގެ ފައިދާއަށް ވިސްނާފައި ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަސް ދިޔައީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ބޮޑު ކޯޅުމެއްގެ ތެރޭގައެވެ. އެގޮތުން މި މައްސަލަ ދިގުލައިގެން ގޮސް ދުނިޔޭގެ ވޮޮލީގެ މައި އިދާރާއިންވެސް ވަނީ މި މައްސަލަތަކުގެ ތެރެއަށް ވަދެފައެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާ އާއި ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ ހިންގުމުގެ ތެރެއަށް ވަދެ ދެ ފަހަރެއްގެ މަތިން ކޮމިޓީއެއް އެކުލަވާލާ އިންތިޚާބަކާ ހަމަޔަށް އެސޯސިއޭޝަން ގެންދިޔުމަށް މަސައްކަތްކޮށްފައިވެއެވެ.

ލަތީފް ވިދާޅުވީ ވީއޭއެމްގައި އެސޯސިއޭޝަނުގެ ދެފުށް ފެންނަ އިންތިޚާބެއް ބާއްވައިދިނުމަށް އެފްއައިވީބީގައި މިހާރު އެދެފައިވާނެ ކަމަށެވެ.

ލަތީފްގެ ދައުރުގައި ރާއްޖޭގެ ވޮލީއަށް ވަނީ ގިނަ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރިފޯމްކުރުމުގެ މަސައްކަތް ފެއްޓެވުމާއި ޤައުމީ ޓީމުގެ ކަންކަން ކުރިޔަށްވުރެ ހަރުދަނާކޮށް ބެލެހެއްޓުމުގެ އިތުރުން ވޮލީބޯޅަ ރާއްޖޭގައި ފޯރިގަދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައޮފްބެ

    ލިޔަސް ނޮހޮވޭނެ!

  2. Happy

    ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ޥެސް ހަލާކުގެތެރެޔަށް ވައްޓާލީ ހަމަ ތި ލަތީފް!