ޔުއެފާ ޗެމްޕިއަންސް ލީގުގެ އިޓަލީގެ އެޓަލާންޓާ އަތުން ވި ބައްޔާއެކު، އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕްގެ ކެރިއަރުގައި މިހާތަނަށް އަމިއްލަ ދަނޑުގައި އެންމެ ބޮޑު ފަރަގަކުން ބަލިވި މެޗަކަށް މި މެޗު ވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެޓަލާންޓާ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި މި ނަތީޖާއިން ބަލިވިއިރު ކްލޮޕްގެ ކޯޗުކަމުގެ ދަށުގައި ލިވަޕޫލް މިހާތަނަށް ކުޅުނު 137 މެޗުގައި މިހާތަނަށް އެ ޓީމު އެންމެ ފަރަގު ބޮޑުކޮށްވެސް ބަލިވެފައިވަނީވެސް 1-0 ގެ ނަތީޖާއަކުންނެވެ.

އެންމެފަހުން ބޮޑު ފަރަގަކުން ލިވަޕޫލް މެޗަކުން ބަލިވެފައިފައިވަނީ ބްރެންޑަން ރޯޖާސްގެ ކޯޗުކަމުގެ ދަށުން 2015 ވަނަ އަހަރު ވެސްޓް ހޭމް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

އެޓަލާންޓާއާއި ދެކޮޅަށް ކުޅުނު މި މެޗުގައި ލިވަޕޫލަށް ގޯލާއި އަމާޒުކޮށް އެއްވެސް ހަމަލާއެއް އުފެއްދިފައި ނުވެއެވެ. މިއީ 2003 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ސްޓެޓްތައް ރެކޯޑުކުރަން ފެށިފަހުން އެ ޓީމު މިގޮތަށް މެޗެއް ނިންމާލި ފުރަތަމަ ފަހަރެވެ.

ރަނގަޅު ފޯމެއްގައި އޮތް އެޓަލަންޓާ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައެވެ. ގޮމޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮސިޕް ލިސިޗް އެވެ. މި ގޯލު ޖެހިތާ ހަތަރު މިނެޓުފަހުން އެޓަލާންޓާގެ ދެވަނަ ގޯލު ކާމިޔާބުުކުރީ ރޮބިން ގޮސެންސް އެވެ.

"އަހަރެމެން އުއްމީދުކުރި ނަތީޖާއެއް ނޫން މިއީ، ގިނަ ކުޅުންތެރިން އެއްކޮށް ނުކުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ، ކައިރި ކައިރީގައި މެޗުތަކެއް ކުޅުނީމަ ވަރުބަލިކަންވެސް ފެނުނު، އަހަރެމެންގެ ތޫނުފިލިކަން މި މެޗުގައި ހަމަ ދަށްކޮށް ދިޔައީ، ކޮންމެ ފަހަރަކު އެންމެ މޮޅަށް ނުކުޅެވިދާނެ" މެޗަށްފަހު ވާހަކަދައްކަމުން ޖޭމްސް މިލްނާ ބުންޏެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ އަޔެކްސް މިޖިލެންޑް ބައްދަލުކުރި މެޗު އަޔެކްސް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ކުރިމަތިލިއިރު ވެސް މިޖިލޭންޑް އޮތީ މުބާރާތުން ކަޓާފައެވެ.

އެޓަލާންޓާ އަތުން ބަލިވިނަމަވެސް ލިވަޕޫލް އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެގޮތުން 9 ޕޮޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު ދެވަނައިގައި އަޔެކްސް އޮތީ 7 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 7 ޕޮއިންޓާއެކު އެޓަލާންޓާ އޮތްއިރު ފުލުގައި މިޖިލެންޑް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބިލީސް

    އާރޓިކަލް ލިޔުނު މީހާއަށް ބޮޑު ފަރަގާއި ކުޑަ ފަރަގު ކިޔަން އެނގޭބާ. 2-0 ބޮޑު ފަރަގަކަށް ވާންވީ ގޮތެއް ނުވިސްނުނު

  2. ފާގަސަން

    މައުލޫމާތު ރަނގަށް ސާފުކޮއްލާފަ ލިޔާނަމަދޯ...އެ ސްޓަންވިލާ އިން ލިވަޕޫލް ކޮޅަށް 7 ގޯލް ޖެހި ހަނދާން ނެތޭހާ ދުވަހެއް ނުވޭ އަދި...ހަމަ ތިބުނާ ކޯޗް ހުރީ..ބޮޑުވަރު.

  3. ރޯދަ

    ބާސާ އަތުން ވެސް 3 0 ކުން ބަލިވިދޯ

    • އޭނަ

      ބާާސާކޮޅަޅަށް ކިހާވަރެއް ޖެހި؟