ފުޓުބޯޅައިގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ކުއްލި މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތައުޒިޔާގެ މެސެޖް ފޮނުވައިފިއެވެ.

މޯދީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި އޭނާ ވިދާޅުވީ ޑިއޭގޯ މަރަޑޯނާއަކީ ފުޓްބޯޅައިގެ މާސްޓަރެއް ކަމަށާއި ދުނިޔޭގެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ މީހެއް ކަމަށެވެ. އަދި މަރަޑޯނާގެ ކާމިޔާބު ކެރިއަރުގައި ފުޓްބޯޅަ ދަނޑެއްގައި މީހަކަށް ދެވޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެއް އޭނާ ދީފައިވާ ކަމަށާއި މަރަޑޯނާގެ ކުއްލި މަރުގެ ސަބަބުން އެންމެންނަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަލި ހާލަތާ ގުޅިގެން މީގެ ދުވަސްތަކެއް ކުރިން މަރަޑޯނާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްވެސް ކޮށްފައެވެ. އަދި ވަރަށް ފަހުން އޭނާގެ ސިކުނޑީގައި ގަނޑުވެފައި އިން ލޭކޮޅެއް ނެގުމަށް ކާމިޔާބު ސާޖަރީއެއްވެސް ކޮށްފައިވެއެވެ. މަރަޑޯނާ މަރުވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ހޮސްޕިޓަލުން ދޫކޮށްލާ ރިހަބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުން ދިޔަކަމަށްވެސް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ގިނަ ކާމިޔާބީތަކެއް ހޯދާ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް އެތައް ބަޔަކު ގަބޫލް ކުރާ މަރަޑޯނާ ވަނީ އޭނާގެ ކެރިއަރުގައި ޔޫރަޕުގެ ވަރުގަދަ ޓީމުތަކުގެ އިތުރުން ދަށް ޓީމު ތަކަކަށްވެސް ކުޅެ އެޓީމުތައް ޔޫރަޕުގެ ނަން ހިނގާ ޓީމުތަކަކަށް ހަދައި ދިނުމުގައި އިސް ރޯލެއް އަދާކޮށްފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ އިޓަލީގެ ނާޕޯލީއަށް ކުޅެދީ އެޓީމުން އުފުލާލި ހަމައެކަނި އިޓާލިއަން ލީގްގެ ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރިކަމެވެ. މަރަޑޯނާގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ނާޕޯލީގެ ސޭން ސީރޯ ދަނޑުގެ ނަން މަރަޑޯނާގެ ޝަރަފުގައި އޭނާގެ ނަމަށް ބަދަލު ކުރަން ނިންމާފައިވާކަމަށް އެސިޓީގެ މޭޔަރު ވަނީ ހާމަކޮށްފައެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވީ ކުއްލި ގޮތަކަށް ހިތް ހުއްޓިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުސޭނު

    ގެރިބެއްޔާ ކައޭއަކާ މިކަމާ ކޮން ކަމެއް.. ކައޭ ގެރިއެއް ކަތިލާތޯ ފާރަޔަށް ހުރޭ..

    16
    5
    • ރިޔާޒް

      ސަތޭކައިގެ ކޮމެންޓެއް.

      4
      1