ގއ. ކަނޑުހުޅުދޫގައި ކުރިއަށްދާ ލިބޭ ފުޓްސަލް މުބާރާތުގެ ފައިނަލަށް އެފްސީ އެސްޕާޑާ އަދި ވަަކަރުގޭ ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީފައިނަލް މެޗްތައް ރޭ ކުޅުނުއިރު ފުރަތަމަ ސެމީގައި ވާދަކުރީ އާރުޑީ ސްޕޯޓްސް ކްލަބް އަދި އެސްޕާޑާ އެވެ. މި މެޗް އެސްޕާޑާ އިން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ. މެޗްގައި އެސްޕާޑާ އަށް ގޯލްތައް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ)، އިބްރާހިމް މުބީން (މުއްކި)، އަހުނަފް ޒާހިރު އަދި އަރުޝަދު ލަތީފް އެވެ. މެޗްގައި އާރުޑީ އަށް ގޯލްތައް ޖަހައިދިނީ އިބްރާހިމް އަސްވާދް (ގަބޭ) އަދި މުހައްމަދު ރަމީޒެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަލީ ހާފިޒް (ހާއްޕެ) އެވެ.
އެސްޕާޑާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އެ ޓީމް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.
ފައިނަލުގެ ދެވަނަ ޖާގަ ވަކަރުގޭ އިން ހޯދީ ވަރުގަދަ ކަންމަތި ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ. ސެމީގެ ދެވަނަ މެޗްގައި ވަކަރުގޭ އިން ކަންމަތި ބަލިކުރީ 3-1 އިންނެވެ. މެޗްގައި ވަކަރުގޭ ޓީމަށް ގޯލްތައް ޖަހައިދިނީ އަޒްވާން، އިބްރާހިމް ހާމިދް އަދި އަޖުދާދު އެވެ. ކަންމަތިން މެޗުގައި ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިފްޝާން ރަޝީދެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވަކަރުގޭ ޓީމުގެ ގޯލްކީޕަރު ހުސެއިން ޟިފާއުއެވެ. ޝިފާއު ވަނީ މެޗްގައި ކަންމަތިން ފޮނުވާލި ހަމަލާތައް ދިފާއު ކުރުމުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ލިބޭ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ މަގްބޫލު އޮންލައިން މާކެޓެއް ކަމަށްވާ “ލިބޭ” އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަގުތު އޮންލައިނެވެ.
ކަނޑުހުޅަދޫގެ އަސްލު ނެޝަނަލް ޓީމާއި ގެމަނަފުއްޓާ
ޖައްސާ ބަލާ؟؟ އެކި ތަންތަނުން މޮޅެތި ކުޅުންތެރިން ގެނެސްގެން ޓީމްގަދަވީ...
ވަކަރުގެ ކްލަބް ގަ ނެއި ފުޓްސަލް ކިންގެއް. ހުސް ރަށު ކުޅުންތެރިން ތިބީ އެންމެ މީހެއް ފިޔަވާ، އެވެސް ހަމަ ރަށުގެ މޮޅު ކުޅުންތެރިންނާއި އެއް ފެންވަރު ހަމަ. ވަކަރުގެ މިިރޭ ފަެިނަލް ކުޅެނީ. ތި ގަމެނަފުށީ ޓީމް އަސްލަށްވެސް ހަމަ ވަރަށް ބަލި. ތީ ތިހާ ގަދަ ޓީމެއް ނަމަ ކީއްވެޔޯ ވަކަރުގެ އަތުން ބަލިވީ.