އިނގިރޭސިވިލާތުން ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް ކަނޑައަޅުއްވި ފުރަތަމަ ސަފީރު، ކެރަން ރޮހްސްލާ، އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ އޭއެފްސީ ބްރެކެޓް ޗެލެންޖުގައި ރާއްޖޭގެ އަލީ އަޝްފާގަށް ވޯޓުދެއްވާ އެކަމަނާގެ ތާއީދު އަޝްފާގަށް އޮތްކަން ހާމަކުރައްވައިފިއެވެ.

އެކަމަނާގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި އަޝްފާގްގެ އެކައުންޓުން ކޮށްފައިވާ ޓުވީޓެއް ރީޓްވީޓް ކުރައްވާ އަަޝްފާގަށް ވޯޓުދެއްވައިފިކަން ވަނީ ހާމަކޮށްފައެވެ. އަދި އަޝްފާގް ޓެގް ކުރައްވާ އާދިއްތަ ދުވަހާ ޖެހެންދެން މަސައްކަތް ކުރަން ޖެހޭކަން ވަނީ ހަނދާންކޮށްދީފައެވެ.

ސަފީރުގެ ވޯޓު އަޝްފާގަށް ދިންކަން ހާމަކުރައްވާފައިވާއިރު ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދް މަހްލޫފްވެސް ވަނީ އަޝްފާގަށް ވޯޓުހޯދުމަށް ވައިބަރ ކޮމިއުނިޓީއަކުން ހިންގާ ކެމްޕެއިނުގައި ރަސްމީކޮށް ބައިވެރިވެ ވަޑައިގެންފައެވެ.

"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލަށް އެތައް ދިވެހިންގެ ބުރަ މަސައްކަތާއި ހިތްވަރާއެކު އަޝްފާގް ގެނެސްދިން އިރު ފައިނަލުގައި ވާދަކުރަނީ ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އެވެ.

ބުރާސްފަތި ދުވަހުގެ 19:00 އާއި ހަމައަށް ވޯޓުގެ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ކުރީގައި އޮތީ އަޝްފާގެވެ. މިވަގުތާ ހަމައަށް ވޯޓުލީމީހުންގެ 88.76 އިންސައްތަ ވޯޓް އަޝްފާގް ވަނީ ކާމިޔާބުކޮށްފައެވެ. ޗަން ސިއު ކީއަށް ލިބިފައިވަނީ 11.24 އިންސައްތަ ވޯޓެވެ.

ކުއާޓާފައިނަލާއި ސެމީފައިނަލުގައި ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމްގެ ނަން މަޝްހޫރު ދެ ކުޅުންތެރިންނާއެވެ. މުބާރާތުގެ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ވާދަވެރި ކުރިމަތިލުމަކަށް ފަހުއެވެ. މި ދެ ބުރު ފަހަނައަޅައި ދަގަނޑޭ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދިވެހި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްބައިވެގެން ކުރި މަސައްކަތުންނެވެ. އެގޮތުން އަޝްފާގްއަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގު" ނަމުގައި ހިންގާ ކޮމިއުނިޓީ ވައިބާ ގްރޫޕް އެއް ވަނީ ހުޅުވާފައެވެ. މި ގްރޫޕުންވެސް ފައިނަލާއި ގުޅޭގޮތުން ސަޕޯޓަރުންނާއި ގުޅިގެން ކަންކަން ކުރުމަށް ވަނީ ރާވާފައެވެ.

އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ސޯލޯ ގޯލުތަކުގެ މެދުގައި ކުރިޔަށްދާ މި ޗެލެންްޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ. މިމެޗުގައި ދަގަނޑޭ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.

އަޝަފާގަށް ވޯޓުލުމަށް މި ލިންކަށް ފިއްތާލައްވާ!

މިއަދު ހެނދުނު ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އޭއެފްސީގެ ވެބްސައިޓް މެދުވެރިކޮށް އަޝްފާގަށް ވޯޓުލުމުގެ ފުރުސަތު ލިިބިގެންދާނެއެވެ. ވޯޓުލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 29 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 13:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެޕީ

    ކޮބާތަ އަޝްފާގަށް ކާމިޔާބު ވަނީ ބޮޓުން ވޯޓުލައިގެނޭ ބުނިމީހާ؟

    8
    9
  2. ކެނެރީ

    ވަރިހަމަ ދުވަހަކުވެސް ތިޔަ ޔަހޫދީ ކާފަރު ވޯރޓް ނުދިނަސް އިރާދަކުރެއްވިއްޔާ އަސްފާޤު ކާމިޔާބު ކުރާނެ

    19
    7