ގއ. ކަނޑުހުޅުދޫގައި ބޭއްވި "ލިބޭ" ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ އެސްޕާޑާ ހޯދައިފިއެވެ.

އެސްޕާޑާ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ވަކަރުގޭ ސްޕޯޓްސް ކްލަބުގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ.

ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި އެސްޕާޑާ އަށް ގޯލްތައް ޖަހައިދިނީ މުހައްމަދު ޒައިން ނިޔާޒް އަދި އަރުޝަދް ލަތީފެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެސްޕާޑާގެ އަލީ ހާފިޒް (ހާއްޕެ) އެވެ.

މުބާރާތުގެ ޗެމްޕިއަންކަން އެސްޕާޑާ ހޯދުމުން އެ ޓީމަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 10000 ރުފިޔާ ދީފައެވެ. ދެވަނަ ހޯދި ވަކަރުގޭ ސްޕޯޓްސް ކްލަބަށް ފައިސާގެ އިނާމުގެ ގޮތުގައި 3000 ރުފިޔާ ވަނީ ދީފައެވެ.


މުބާރާތުގެ
އެންމެ މޮޅު އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެސްޕާޑާގެ ޒުވާން ގޯލްކީޕަރު ޔޫސުފް ނިޔާޒެވެ. އެންމެ މޮޅު ކޯޗުގެ މަގާމް އެސްޕާޑާ އަށް އިރުޝާދު ދިން ނިޔާޒް އަބްދުﷲ ހޯދިއިރު އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ވަކަރުގޭ ޓީމުގެ ގޯލް ބެލެހެއްޓި ހުސެއިން ޝިފާއު މުހައްމަދުއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ ކަންމަތި ސްޕޯޓްސް ކްލަބުގެ ހުސެއިން ޝަރީފް (އޮންލީ)، ވަކަރުގޭ ޓީމުގެ ހުސެއިން ޝިފާއު، އެސްޕާޑާގެ އިބްރާހިމް މުބީން (މުއްކި) އަދި އެ ޓީމުގެ އަލީ ހާފިޒް (ހާއްޕެ)ގެ އިތުރުން އާރުޑީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް އަސްވާދް (ގަބޭ) އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ގެމަނަފުށި ސްޕޯޓްސް ކްލަބެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެސްޕާޑާ އަށް ތަށި ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި އަލީ ހާފިޒް (ހާއްޕެ) އެވެ.

ލިބޭ ފުޓްސަލް މުބާރާތް ކާމިޔާބުކަމާއެކީ ނިންމާލިއިރު އަންނަ އަހަރު ވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލުމާތުދެއެވެ. މުބާރާތުގެ އިސް އޮފިޝަލަކު “ވަގުތު” އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރު ކަނޑުހުޅުދޫގެ އިތުރުން ގެމަނަފުށި އަދި ގައްދޫގެ ޓީމުތަކަށް އެކަނި ހުޅުވާލި ނަމަވެސް، އުންމީދަކީ އަންނަ އަހަރު މުޅި ހުވަދު އަތޮޅަށް މުބާރާތް ހުޅުވާލުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިރިގާ

    ފައިސާގެ އިނާމުގެ ގޮތުގައި 10000 ރުފިޔާ ކަޑަ.....ބުނެލިނަމަ ގިނަ ކޮށްލަން

  2. ޥާނަ

    ހާއްޕެއަކީ ފްޓްސަލްގަ ރާއްޖޭގެ އެންމެ މޮޅުކުޅުންތެރިޔާ.. އެކަން ފައިނަލް މެޗްގައި މުއްކި ވަރަށް ތަފާތު.. މެޗްގެ މޮޅުކުޅުންތެރިޔާ އަކަށް މަށަށް ފެނުނީ މުއްކި.
    އެސްޕާޑާ ކީޕަރ ވެސް ވަރަށް ހަަބޭސް..
    އަރުބެ ވެސް ތަފާތު
    ޙާއްޕެ އިސް މައި ފެވަރިޓް.. ބަޑް މުއްކި ޑެޒާވް ފައިނަލް މޭންއޮފް ދަ މެޗް

    3
    1
  3. ާަަައަހުމަދު އަލީ

    މިފަހަކަށް އައިސް ރާއްޖޭގައި ބޭއްވުނު އެންމެ ރަނގަޅު އެއް މުބާރާތް. ނަމަވެސް ރެފްރީންގެ ކޮންމެވެސް ވަރަކަށް މައްސަލަ ހުރި. ޖުމްލަ ކޮށް މުބާރާތް އިންތިޒާމް ކުރުމުގައި ވަރަށް ވެސް ފުރިހަމަ. ތިފަދަ ދެވަނަ މުބާރާތެއް ބާއްވާނެ ކަމާއި މެދު ޝައްކެއް ނެތް.

    3
    1