އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލުގައި ވާދަކުރާ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އަށް ތައުރީފުކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯވް ވާހަކަދައްކައިފިއެވެ.

މި ޗެލެންޖުގެ އެއްވަނަ ދަގަނޑޭ ހޯދާފައިވާއިރު، ކުއާޓާއާއި ސެމީފައިނަލުގައި އަޝްފާގަށް ލައްކައިން ވޯޓު ލިބުނުކަމަށް އޭއެފްސީން ވަނީ ހާމަކޮށްފައެވެ

ޕޮޕޯވް އަކީި ބިދޭސީ ކޯޗުންގެ ތެރެއިން މިހާތަނަށް އެންމެ ބޮޮޑަށް ދަގަނޑޭއަށް ތައުރީފުކޮށް ވޯޓުގެ ކަންކަމުގައި ބައިވެރިވި ހަމައެކަނި ބިދޭސީ ކޯޗެވެ.

މި ޗެލެންޖުގައި ހިމަނާފައިވާ އަޝްފާގުގެ ގޯލަކީ ނިއުގެ ކޯޗުގެ ގޮތުގައި ޕޮޕޯވް މަސައްކަތްކުރި އިރު ކާމިޔާބުކޮށްފައިވާ ގޯލެކެވެ.

އޭއެފްސީ ބްރެކެޓް ޗެެލެންޖުގައި ހިމަނާފައިވާ ދަގަނޑޭ ޖަހާފައވާ ގޯލުގެ ފޮޓޯއެއް

ދަގަނޑޭއާއި ގުޅޭގޮތުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުނަރު ދަގަނޑޭގެ ކިބައިގައި ފެންނަން އެބަހުރި ކަމަށާއި ދަގަނޑޭ ޔޫރަޕަށް ނުވަތަ ދެކުނު އެމެރިކާގެ ގައުމަކަށް އުފަންވިނަމަ ފުޓްބޯޅައިގެ ވަރުގަދަ ޓީމުތަކަށް ކުޅުމުގެ ފުރުސަތުވެސް ލިބުނީސް ކަމަށެވެ.

ޕޮޕޯވް އިތުރަށް ބުނީ ޔޫރަޕުގައި އެ ފެންވަރުގައި ކުޅެފިނަމަ ޝައްކެއްވެސް ނެތް ގޮތުގައި ދަގަނޑޭ ވެގެންދާނީ މި ފަހުގެ ތާރީހުގައި ދުށް މޮޅެތި ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ކަމަށެވެ.

އޭއެފްސީ ކަޕުގައި ޖެހި ގޯލާއި ގުޅޭގޮޮތުން ޕޮޕޯވް ބުނީ އެއީ ތާރީހުގައިވެސް ޖެހި އެންމެ ފުރިހަމަ ގޯލު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައިވެސް ދިވެއްސަކު ޖެހި އެންމެ ރީތި ގޯލަށް އެ ގޯލު ވެގެންދާނެކަމަށް ބެލެވޭ ކަމަށްވެސް ޕޮޕޯވް ބުންޏެވެ.

ބްރެކެޓް ޗެލެންޖްގައި ހިމެނުނު ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި 7 ގޯލުގެ ތެރެއިން ގޯލެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޅަބޭ

  އަޝްފާގު ކީއްކުރަން ޔޫރަޕަށް އުފަންވިނަމަ ވާންވީ؟؟ އޭނަޔައް ކެރިޔަރުގެ ކުރީކޮޅު ޔޫރަޕުގެ "ބެންފީކާ"އަށާއި "ޕޯރޓޯ"އައް ކުޅެން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ނުހިފާ ބޭކާރުގޮތުގަ ދޫކޮއްލައި، މާލެތެރޭ ވީއްލިގެން އުޅުނީ. އެހެންވެ ބޭރު ދުނިޔޭގެ މީހުނައް އަޝްފާގުއަކީ ކާކުކަން ދުވަހަކުވެސް ނޭގެނީ. މިސުރުގެ "ހުސެން ސަލާހު" ދިޔަމަގުން އަޝްފާގުއައް މާ ރީއްޗައް ދެވެން އޮތް.

  82
  4
  • ވާނުވާ

   ކަލޭ މާބޮޑަށް އެނގިގަނެގެން ނޫޅެބަލަ
   އޭރު ބަޔަކު މީހުންނގަސްދުގަ އަޝްފާގު އަށް ފުރުސަތު ގެއްލިވާލީ

   13
   20
 2. Anonymous

  ރޮނަލްޑޯއާ ތިމާގެ ނޫންކަމެއް ކިހިިނެއް އިނގެނީ. ޕޯޗުގީޒުން ލައްކަ ދުވަހު މިތާއުޅުނުވާހަކަ ކިޔާ.

  38
  3
  • ހުސޭނުބޭ

   ތި ސުވާލު އެންމެ ރަގަޅުވާނީ ރޮނާލްޑޯއާ ކުރިއްޔާ! މަށަށް ޔަޤީން އޭނާއަށް ތިކަން އެނގޭނެ!

   14
   1
 3. ށ

  މޮޅު ކުަަޅުންތެރިންނަކީ ވަކި ގައުމަކަށް އުފަންވާ ބައެއްނޫން.
  އެހެްންނަމަ ޔޫރަޕުގެ އެންމެ ބޮޑު ލީގުތަކުގައި އެފްރިކާގެ ފަގީރު ގައުމުތަކުގެ ކުޅުންތެރިން ނުތިބީސް.
  ފުރުސަތަށް ހުރަސްއެޅުމަކީ އަދި އެހެންކަމެއް.

  45
  5
 4. އާވިމް

  މިހާރު؟ ވަކިޤައުމަކަށް އުފަންވެގެން ވާކަމެއް ނޫން އެއީ. މިހާރު ތާރީޚްގަ ނުލިޔާނެބާ؟

  31
  2
 5. ސިޔާމް

  އަސްފާގު އެއީ ރަސްލެއްގެ ދަރިއެއް ނަމަ ރަސްކަލަކަށްވާނެ

  36
  5
 6. އެމަންޖެ

  އަޅުގަނޑުވެސް މިނޫން ގައުމަކައް އުފަންވިނަމަ މިކެރީ ބައިގަނޑު އަތްދަށުން ސަލާމައްވީސް.

  6
  1
 7. ނަގުލު ފިއްތި

  އަޝްފާގް މެސީ އަށްވިނަމަ..................؟

  2
  3
 8. ޒިމްޒިމް

  ކަލޭ ދިވެއްސަކަށްވިނަމަ ހުންނާނީ މަސްދޯންޏެއްގައި މަސްބާނަށް..

  8
  3