ސައުތް އޭޝިއަން ޗެސް ކައުންސިލް އިން މި ނޮވެންބަރު 20-23 އަށް އިންތިޒާމް ކޮއްގެން ބޭއްވި "ސައުތް އޭޝިއަން ޗެސް ފެސްޓިވަލް ފޯ ކެޑޭޓްސް، ޔޫތް އެންޑް ޑިސޭބަލްޑް ޖޫނިއަރސް 2020" މުބާރާތުން މޯލްޑިވްސް ޗެސް އޭސޯސިއޭޝަން ގެ ޖޫނިޔާ ކުޅުންތެރިން ރަން މެޑަލް ހޯދާ ރާއްޖޭގެ ތާރީހުން ޖާގަހޯދައިފިއެވެ.

މިއީ އިންޓަނެޝަނަލް މުބާރާތެއްގައި ޗެސް އިން ހޯދި ފުރަތަމަ ރަން މެޑަލް ވެސް މެއެއެވެ. މި މުބާރާތަކީ ސައުތް އޭޝިއާގެ ގައުމުތައް ކަމުގައިވާ އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، ބޫޓާން ، ޕާކިސްތާން އަދި ދިވެހިރާއްޖެ އަށް ހުޅުވައިލައިންގެން ބޭއްވުނު އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަން އިން ވެސް ރަޖިސްޓްރީވެގެން ބޭއްވޭ މުބާރާތެކެވެ.

މި މުބާރާތުގައި ރާއްޖެ އިން ބައިވެރިވީ ޖޫނިޔާ ކެޓެގަރީ ތަކުގެ ތެރެއިން 10 އަހަރުން ދަށް އޯޕަން އަދި އަންހެން ކެޓެގަރީ ، 12 އަހަރުން ދަށް އޯޕަން އަދި އަންހެން ކެޓެގަރީ ، 14 އަހަރުން ދަށް އޯޕަން އަދި އަންހެން ކެޓެގަރީ ، 16 އަހަރުން ދަށް އޯޕަން އަދި އަންހެން ކެޓެގަރީ އަދި 18 އަހަރުން ދަށުގެ އޯޕަން އަދި އަންހެން ކެޓެގަރީ ގައެވެ. މި މުބާރާތުން ފަހުރުވެރި ރަން ވަނަ ތަކެއް ހާސިލްކޮށްފައި ވަނީ އަންހެން ކެޓަގަރީ އިން މަރިޔަމް މިޝްކާ މިގްދާދު އާއި މަރިޔަމް ލައިސާ އަބްދުލް ރަޝީދެވެ.

މީގެ އިތުރުން އޯޕަން ކެޓަގަރީއިން އިކާން ވަލީދް ރިހި މެޑަލް ހޯދާފައިވާއިރު އެސް.އޭ.ސީ.ސީ ކެންޑިޑޭޓް ނުހާ ރިލްވާން ވެސް ވަނީ އަންހެން ބައިން ރިހި މެޑަލް ހޯދާފައެވެ. އަދި އެސް.އޭ.ސީ.ސީ ކެންޑްރިޑޭޓް ކިޔާން މުހަންމަދު އުސާމަތުގެ އިތުރުން އައިޝަތް އީވާ ހަސަންވަނީ ލޯ މެޑަލް ވެސް ކާމިޔާބުކޮށްފައެވެ.

އަދި އުމުރުފުރާގެ ކެޓަގަރީ ތަކުން ރާއްޖޭގެ 5 ކުޅުންތެރިއަކުވަނީ ފަހުރުވެރި އެއްވަނަ ހޯދާފައެވެ. އެއީ 12 އަހަރުން ދަށް އޯޕަން އިން އިކާން ވަލީދް އާއި 12 އަހަރުން ދަށް އަންހެން ބައިން މަރިޔަމް މިޝްކާ މިގްދާދުގެ އިތުރުން 14 އަހަރުން ދަށް އަންހެން ބައިން ކިޔާން މުހަންމަދު އުސާމަތު އާއި 16 އަހަރުން ދަށް އަންހެން ބައިން މަރިޔަމް ލައިޝާ އަބްދުލް ރަޝީދު އަދި 18 އަހަރުން ދަށް އަންހެން ބައިން އައިޝަތު ޝިއުނާ ހޯދި އެއްވަނައެވެ.

މީގެ އިތުރުން މުބާރާތުގައި އެންމެ މޮޅު މެޗް ކުޅުނު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ރާއްޖޭގެ ކުޅުންތެރިއެއް ކަމުގައިވާ ނުހާ ތިލްވާން އެވެ.

ދުނިޔޭގައި މިވަގުތު ކޮރޯނާ ވައިސްގެ ހާލަތުގައި ވެސް ޗެސް ދަނީ ދުނިޔޭގެ ފެންވަރުގައި މުބާރާތައް ބާއްވަމުންނެވެ. އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަން (ފިޑޭ) އިން ވަނީ އޮންލައިން ކޮށް ޗެސް މުބާރާތަށް ބޭއްވުމަށްޓަކާ އެކަމަށް ހާއްސަ އިންޓަނެޓް ޕްލެޓްފޯމްތައް ތައްޔާރު ކޮށްފައެވެ. އެގޮތުން މި އަހަރުވަނީ ޗެސް އިން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު މުބާރާތްކަމުގައިވާ "ޗެސް އޮލިންޕިޔާޑް 2020" ވެސް ބުނެވުނު ތާރީހުގައި ވަނީ ބާއްވާފައެވެ. މި މުބާރާތަކީ ކޮންމެ 2 އަހަރުން އެއްއަހަރު ހުރީހާ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވޭ މުބާރާތެކެވެ. އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަން (ފިޑޭ) މިހާރު 187 މެންބަރު އެބަ ތިއްބެވެ. މިއަހަރުގެ ދުނިޔޭގެ ޗެސް ޗެމްޕިއަންކަން ހޯދާފައިވަނީ ރަޝިޔާ އަދި އިންޑިޔާއިން ޖޮއިންޓް ޗެމްޕިއަނުންގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަނާހް

    ރޭޓިން ވެސް ޖެހިނަމަ

    4
    1
  2. އައިސަ

    ޓީޓީ ކުޅެގެން ރާއްޖެއަށް ރަންމެޑެލް ހޯދައިދިން ކުދިންފަދައިން މިކުދިންވެސް ޝަރަފުވެރިކޮށް ދިނުމަށް ގޮވާލަން

    5
    1
  3. އަލީ

    މި ކުދިންނަށް ފުލެޓު ގަނެވޭވަރަށް ރުފިޔާ ލިބޭނެތަ ރީތިނަން ގެނެސް ދިނީމަ

    2
    1