ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ޑްރީމްސް ޕިއްޒާ ވަގުތު ފުޓްސަލް ޗެލެންޖް 2020" ގެ ގުރުނަގައިފިއެވެ.

މުބާރާތުގެ ގުރުނެގުމުގެ ކަންކަން ކުރިޔަށްދިޔައީ ހިތަދޫ ސްކޫލް ހޯލުގައެވެ. މި ގުރުނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކުގެ އޮފިޝަލުންނާއި ވަގުތުގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ ސެމީފައިނަލުގައި މިދިޔަ އަހަރު ވާދަކުރި ހަތަރު ޓީމު މިއަހަރުވެސް ވާދަކުރި އެވެ. އެއީ ޒެލޯން، އެފްސީ ބޭރުމަތި، ޗެމްޕިއަން އެފްސީ އުސްގަނޑަ އަދި ނެކްސަސް އެވެ. މުބާރާތުގެ ސެމީފައިނަލުގައި ވާދަކުރި ހަތަރު ޓީމާއި ކުއާޓާފައިނަލުގައި ވާދަކޮށް ކެޓި ޓީމުތަކުގެ ތެރެއިން ދެ ޓީމާއެކު މުބާރާތުގެ ހަ ގްރޫޕަށް ވަނީ ޓީމުތައް ބަހާލާފައެވެ.

މިދިޔަ އަހަރު ކުއާޓާފައިނަލުން ކެޓި ޓީމުތަކުގެ ތެރެއިން މިއަހަރު ބައިވެރިވީ ރީތިރަށް، ހޯދަނޑު ސްޕޯޓްސް އަދި އެފްސީ ސްޕްރިޓް އެވެ. ބައިވެރިނުވަނީ މޯލްޑިވިއަން އެވެ.

ޑްރީމްސް ޕިއްޒާ ވަގުތު ފުޓްސަލް ޗެލެންޖުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު ފޮޓޯ: މުހައްމަދު އަފްޒަލް

ގްރޫޕް އޭ

  • އެފްސީ އުސްގަނޑަ
  • އެފްސީ ރޯދި
  • އެފްސީ ޒިރަފޮން
  • ވިނިން ފައިވް

ގްރޫޕް ބީ

  • ނެކްސަސް
  • ޑީސީ ސްޕޯޓްސް
  • މައިލޯ ސިޓީ އެފްސީ
  • އެފްސީ ހަބޭސް

ގްރޫޕް ސީ

  • އެފްސީ ބޭރުމަތި
  • ޔުނައިޓެޑް މައިލޯ
  • އެފްސީ އަފިރިން
  • އެފްސީ ލޮނަ

ގްރޫޕް ޑީ

  • ހޯދަނޑު
  • ދިގުވާނޑު
  • ފްރެންޑްސް ކުލަބް
  • އެފްއާރުޓީ

ގްރޫޕް އީ

  • ޒެލޯން
  • ގަބުރު އެފްސީ
  • މާލެގަން
  • އެފްސީ ރީތި އައްޑޫ
  • އެފްސީ ޒެފިއާ

ގްރޫޕް އެފް

  • އެފްސީ ސްޕްރިންޓް
  • ފޯޓީ ޕްލަސް
  • އާކް
  • ފާހި
  • އެފްސީ ޓޮޕް ބްރަދާސް

ޖުމްލަ 26 ޓީމާއެކު މި މުބާރާތް ކުރިޔަށްދާނީ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ޓީމަކުން އެންމެ ގިނަ ޕޮއިންޓް ލިިބޭ ދެ ޓީމެއް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނެއެވެ. ބާކީ އޮތް ހަތަރު ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ތިންވަނައިގައި އޮތް ޓީމު ކުޅުނު މެޗުތަކުގެ އެވްރެޖް ޕޮއިންޓްތަކުގެ އަދަދަށް ބެލުމަށްފަހު އެންމެ ގިނައިން ލިބޭ ހަތަރު ޓީމަށެވެ.

ޑްރީމްސް ޕިއްޒާ ވަގުތު ފުޓްސަލް ޗެލެންޖުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު ފޮޓޯ: މުހައްމަދު އަފްޒަލް

މިދިޔަ އަހަރު މި މުބާރާތް ބޭއްވީ 16 ޓީމާއެކުގައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ އެފްސީ އުސްގަނޑައެވެ. އުސްގަނޑަ ޗެމްޕިއަންކަން ހޯދީ އައްޑޫ ހިތަދޫގައި ކުޅުނު "ވަގުތު" ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި 3-1ގެ ނަތީޖާއަކުން ޒެލޯން ބަލިކޮށްގެންނެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އައްޑޫގައި ބާއްވަމުން އަންނަ ވަގުތު ފުޓްސަލް ޗެލެންޖް ކަޕްގައި މިއަހަރު ބައިވެރިވާ ޓީމުތަކަށް ހިލޭ ބައިވެރިވުމުގެ ފުރުސަތާއި ބައިވެރިވާ ޓީމުތަކަށް ޖާސީ ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.