19 ވަނަ ގައުމީ ބޮޑީބިލްޑިންގ މުބާރާތް (މިސްޓަރ މޯލްޑިވްސް) އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ނިންމައިފިއެވެ.

ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ ކުޅިވަރުގެ އެންމެހާ ކަންތައްތަކެއްވެސް ހުއްޓިފައިވުމުގެ އިތުރުން ރާއްޖޭގައިވެސް ކުޅިވަރުގެ އިތުރުން ޒަރޫރީ ބޭނުންތައް ނޫން އެހެން ހުރިހާކަމެއް ހުއްޓާލާފައިވުމާއި ގުޅިގެން މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ތާވަލްކޮށްފައި އޮތް މިސްޓަރ މޯލްޑިވްސް 2020 ބާއްވާފައެއް ނުވެއެވެ.

މި އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައި އޮތް 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން މި މުބާރާތް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެކަކުން ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

2017 ވަނައަހަރުގެ މިސްޓަރ މޯލްޑިވްސް - ފޮޓޯ: ރާއްޖެ އެމްވީ

ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށާއި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހީންނަށް ކަމަށެވެ. އަދި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި، ޖިމް، ޖަމިއްޔާ އަދި ރިސޯޓެއްގެ ފަރާތުން ވެސް މުބާރާތުގައި ބައިވެރިވެވޭނެކަމަށް އެ އެސޯސިއޭޝަން އިން ވަނީ ބުނެފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ މާޗު މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ 14:00 ކަމަށްވާއިރު އެދުވަހުގެ ކުރިން އެސޯސިއޭޝަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް ހުށަހަޅަންވާނެ ކަމަށާއި ހުށަހަޅާ ފޯމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުވާނަމަ ފޯމް ބަލައިނުގަނެވޭނެ ކަމަށް އެ އެސޯސިއޭޝަން އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސުނިލް ސެޓީ ހެދިގެން އުޅޭ މީހެއް ހިތުން އުޅޭނެ އައްޑޫ ހިތަދޫގައި، އައުޅެއް ބައުޅެއް ނޭގުނަސް މިހާރު އޭނާއަށް ވަނީ މި ސަރުކާރުން މަގާމު ދީފަ، ސަރުކާރަށް ސަނާ ކިޔުން އޭނާގެ ކަމަކީ، ހާޔާއި ވެސް ވަރަށް ގިނައިން ކިޔާނެ، ކަނޑުގަ އެޅިރޮނގުވެސް ނޭގޭ ރައްބެއް ރަސޫލެއް ނޭގޭ ސަޖިދައެއް ނުކުރޭ އެކަމު ނަޝީދު އަށް ސަނާ ކިޔުމުގަ މެސީ އެބައުޅޭ