ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ދަގަނޑޭ ވެލެންސިއާ އަށް ސޮއިކޮށްފިއެވެ.

މިރޭ 12 އާއި ހަމައަށް ރާއްޖޭގެ ޓްރާންސްފަރ ވިންޑޯ ބަންދުވާއިރު ދަގަނޑޭ ވެލެންސިއާއަށް ސޮއި ކުރިކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ. އަޝްފާގްގެ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފުޓުބޯޅަ ކެރިއަރު ފެށުނު ވެލެންސިއާއަށް އެނބުރި ސޮއެ ކޮށްފައިވާ ކަމަށެވެ. އަދި 2021-2020 ވަނަ އަހަރުގެ ސީޒަނަށް ވެލެންސިއާއަށް ސޮއެކުރެވުމުން އުފާވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން އަޝްފާގް ވެލެންސިއާއަށް ސޮއި ކުރިކަން ވެލެންސިއާއިން ވަނީ "ވަގުތު" އަށް ޔަގީންކޮށްދީފައެވެ.

އުމުރުން 16 އަހަރުގައި ދަގަނޑޭ ފުޓުބޯޅަ ކެރިއަރު ފެށީ 2001 ވަނަ އަހަރުގައި ވެލެންސިއާ ޖާޒީގައެވެ.

އަޝްފާގަކީ ދިވެހި ރާއްޖޭގައި ފުޓުބޯޅައިން އެންމެގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔާއެވެ. އަދި ސައުތް އޭޝިއާ ސަރަހައްދުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލް ކުރާ ކުޅުންތެރިއަކީ އަޝްފާގެވެ.

އަދި މިހަފްތާގެ އާދިއްތަ ދުވަހު އަޝްފާގް ވަނީ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށް އޭއެފްސީ ކަޕުގައި އެންމެ ރީތި ލަނޑު ޖެހި ކުޅުންތެރިޔާގެ ލަގަބުވެސް ހޯދާފައެވެ. އަޝްފާގަށް މިޝަރަފް ލިބުނީ ގިނަ ދިވެހިންތަކެއްގެ ބުރަ މަސައްކަތާއި އެކު ބޮޑު ކެމްޕޭންއެއް ކޮށް އޭޝިއާ ބައްރުގެ ބޮޑެތި ގައުމުތަކުގެ ކުޅުންތެރިން ބަލިކުރުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުޙައްމަދު

    އެނބުރި އައުމަށް މަރުހަބާ

    13
    • ނިޔާ

      ދަގޭ އަށް ކާމިޔާބަށް އެދެން އެކަމު ބަންސާމުގެ ރޭވުމުން ނިއުރޭޑިއަންޓު އަދި ވިކްޓަރީގެ ޒަމާން ދުއްވާފަ ވެލެންސިޔާ ގެނެސްގެން ކުރަން އުޅޭ ވަގު މަސައްކަތް ކާމިޔާބެއް ނުވާނެ.. އަތަށް ގޮވާ އަޅިއަށް ވާތަން ފެންނާނެ..

      3
      3
  2. ޑަބިޔާ

    ކުޅުން ހުއްޓާލަންވީނު ތުނބުޅިވެސް ދިގުކުރަންވޭ ދީނައްއުޅެންޔާ ފުރިހަމަޔައް ދީނައް އުޅެބަލަ އެއް އިނގިލި ދީނައްލައިން ހިތައްއރިހާގޮތަކައް އުޅެންވީ

    6
    29
    • އެމީހާ

      އެމީހަކަށް ކުޅަދާނަވި ވަރަކަށް އުޅެން މަސައްކަތް ކޮތް އުޅުން ނޫންތޯ އޮންނަނީ

  3. އިސްމާއިލް މުހައްމަދު (ކަޅުބެ)

    ފާޑެއްހެ ބްރެކެޓް ޗެލެންޖެއް ހަދައިގެން އަހަރުމެނަށް އެއާ ހެފި ދިރިއުޅެން ދަތި

    5
    13
  4. ޗޮކުން

    ބަންސާމު މެން އަޑީގަ ތިބެ ވިކްޓަރީ ބިއު ފުނޑާލާފަ ވެލެންސިޔާ ކޮޅަށް ޖަހަންރޭވި ޕުލޭނު ފެށެނީ.. އަބަދުވެސް ބަދު ދުޢާ ކުރާނަން ތި ޕުލޭނަށއ ޗޮކުންދާނި އިރާދަފުޅުނއ

    5
    16
  5. އާދަމް

    ތުނބުޅިއާ ބެހިލާތި! އަލަ ޑަބިޔާ

  6. ތ

    ހަގީގަތް ބަލާބަލަ ކޮންމެ ފަހަރަކު އެމްޑީޕީ ވެރިކަމަށް އައުމާއި އެކު ކެނެރީގޭ އައުވާނުން ނުކުންނާނެ ވިކްޓަރީ ހިންގަން އެންމެ ފަހުން ޗޮކުން ދަނީ މިއީ ހަގީގަތް އަހަރެން މީ ތިޔަކަން އެންމެ ކައިރިން ދެކޭ މީހާ މިއީ ހަގީގަތް އެއް ފަހަރު އަންނި ބޭބޭ އަނެއް ފަހަރު އަނެކަކު ވިކްޓްރީ ޗޮކުން ދަނީ ދިވެހި މޭސްތިރި ޗޮކުން ދިޔަ ފަދައިން ދަރިނިވެރިވެ ނިއުއަށް ވެސް ޖެހުނު ހަާލަކީ ދަރަނި ވެރިވެ ކުޅުން ތެރިންނަށް ފައިސާ ނުދެވުން ކޮބައިތަ އާޒިމް ކްލަބް ދަރުވާލި .....

    4
    3