2020 ވަނަ އަހަރުގެ "ގޯލްޑަން ފުޓް" އެވޯޑް އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހާސިލްކޮށްފިއެވެ.

ގޯލްޑަން ފުޓް އެވޯޑަކީ ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން އެއަހަރެއްގެ ތެރޭގައި ވަކި ކުޅުންތެރިއެއްގެ ގޮތުންވެސް އަދި ޓީމެއްގެ ގޮތުގައި އެތްލެޓިކް ގޮތުން އަދި ޝަހްސިއްޔަތެއްގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއަށް ދުނިޔޭގެ އެކި ކުޅިވަރު ނޫސްވެރިންގެ މެދުގައި ވޯޓުލައިގެން ދެވޭ ބައިނަލްއަގްވާމީ އެވޯޑެކެވެ.

އަދި މިއެވޯޑަކީ ހަމައެކަނި 28 އަހަރުން މަތީގެ ފުޓުބޯޅަ ކުޅުންތެރިންނަށް ދެވޭ އެވޯޑެކެވެ. އަދި މިއީ ކޮންމެ ކުޅުންތެރިއަކަށްވެސް ކެރިއަރުގައި އެއްފަހަރު ހާސިލްކުރެވޭ ޝަރަފުވެރި އެވޯޑެކެވެ.

މި އެވޯޑްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެވޯޑް ހާސިލްކުރާ ކޮންމެ ކުޅުންތެރިއެއްގެ ފައިގެ ނިޝާން ރަންކުލައިގެ ޕްލޭޓަކަށް ޕްރިންޓް ކުރުމަށްފަހު ޗެމްޕިއަންސް ޕްރޮމިނޭޑްގައި ބެހެއްޓޭކަމެވެ.

އެވޯޑް ދޭން ފެށިތާ 18 އަހަރު ވެފައިވާއިރު 2003 ވަނަ އަހަރު އެންމެ ފުރަތަމަ މިއެވޯޑް ހާސިލްކުރީ އިޓަލީގެ ރޮބާޓޯ ބާގިއޯއެވެ. އަދި މިއެވޯޑް އެންމެ ފަހުން ހޯދާފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރ އަދި ބެލަންޑޯ އެވޯޑްވެސް ހާސިލްކޮށްފައިވާ ލޫކާ މޮޑްރިޗްއެވެ.

މިއެވޯޑް ހާސިލްކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައިި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންވެސް ހިމެނެއެވެ. އޭގެތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އާއި ރޮނާލްޑީނިއޯގެ އިތުރުން ރޮބާޓޯ ކާލޮސްވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމާރު

    މިއީ ވިއްކާ އެވޯޑަކާ ހާދަވައްތަރޭ

    2
    6
    • ހުސޭނުބޭ

      އެހެންވިއްޔާ ފެނަކަ އެމްޑީއަށް އަންނަ އަހަރު ތި އެވޯޑް ލިބޭނެ

      4
      2