އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ފެސްޓިވަލް ކަމުގައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު މަޑަގަސްކަރައިގައި ބާއްވަން ނިންމައިފިއެވެ.

މީގެ ކުރިން ރާއްޖޭގެ ސަރުކާރުން، ހާއްސަގޮތެއްގައި ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހުލޫފްގެ އިސްނެއްގެވުމުގެ މަތިން ގިނަ މަސައްކަތްތަކެއްކޮށް، މިދިޔަ އަހަރު މޮރީޝިއަސްގައި އޮތް އައިއޯއައިޖީ ކައުންސިލް ބައްދަލުވުމުގައި ރާއްޖޭގައި މުބާރާތް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް މިއަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ނުރައްކަލުގެ ސަބަބުން މާލީގޮތުންވެސް އަދި އެހެނިހެން ގޮތްގޮތުންވެސް ރާއްޖެއަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައިވާތީވެ މި ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާކަން މީގެ ކުރިންވެސް މިނިސްޓަރ މަހްލޫފް ވަނީ ހާމަކުރައްވާފައެވެ.

އެހެންނަމަވެސް ކައިރި މުސްތަގްބަލެއްގައި މުބާރާތް ރާއްޖޭގައި ބޭއްވޭތަން ދެކެން ބޭނުންވި އެތައް ބައެއް މާޔޫސްކޮށްލީ އިއްޔެ މިނިސްޓަރ މަހްލޫފް ކުރެއްވި ޓުވީޓުންނެވެ. 2023 ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ނުބޭއްވޭނެކަން ހާމަކޮށް މިނިސްޓަރ ކުރެއްވި ޓުވީޓްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ މިވަގުތު އޮތީ މިމުބާރާތް ބޭއްވޭނެފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ އާއިއެކު އައިއޯއައިޖީގެ ސީއައިޖޭ ކޮމިޓީގައި 2025 ވަނަ އަހަރަށް ގޭމްސް ލަސްކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި އެހެންނަމަވެސް ދިގު މަޝްވަރާތަކަކަށްފަހު އެކޮމިޓީގައި ނެގުނު ވޯޓަކުން މަޑަގަސްކަރައިގައި މުބާރާތް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ގެއްލިފައިވާކަން ހާމަކުރައްވާ މަހްލޫފް ކުރެއްވި ޓުވީޓް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގްވެސް ވަނީ މިމުބާރާތް ފަސްކުރިކަން ހާމަކޮށްފައެވެ. އަދި ރާއްޖޭގައި 2025 ވަނަ އަހަރު އިތުރު ގޭމްސްއެއް ބޭއްވުމަށް ނުވަތަ 2027 ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ބޭއްވުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުންތަކުގައި ކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އައިއޯއައިޖީ ވެގެންދިޔައީ ބައިނަލްއަގްވާމީ ބޮޑު ކުޅިވަރު ފެސްޓިވަލެއްގައި ރާއްޖޭއަށް އެންމެ ގިނަ ކާމިޔާބީތަކެއް ހޯދުން މުބާރާތަށެވެ. މިމުބާރާތުގައި ރާއްޖޭގެ ގިނަ އެތްލީޓުންތަކެއް ވަނީ ރަންވަނަ ތަކެއް ހާސިލްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުއިދައިތަ

    ސަރުކާރުގެ ނާޤާބިލް ކަމާއި މިސްމެނޭޖްމެންޓް ނޫން ކަމެއް މިކަމުން ދޭހަ ނުވޭ. ތި ގޭމްސް 2023 ގަ ރާއްޖޭގަ ނުބޭއްވެންވީ އެއްވެސް ސަބަބެއް ނެތް. ސަބަބެއް އޮތަސް އެސަބަބަކީ ނާޤާބިލްކަން. ފެއިލް މުޅިން ފެއިލް.

  2. ހުސޭނުބޭ

    ތިއީ ރަގަޅަށް ވީ ކަމެއް! އެހެންނޫނީ ތިކަމުންވެސް ކުރީހީ ވައްކަން! މިއުޅެނީ ބޭރު ޤައުމުތަކުން އެހީގެ ގޮތުގައި ދިން ތަކެތިވެސް ކައިގެން!

    11
  3. މަބޭ

    އެހެންވެމިބުނަނީ ބަސްމަދުކޮއްފަ އަމަލުންކަންކަންކުރެވޭކަންދައްކާށޭ ކުރީގައޅާފަހުރިތަންތަނުގެ ރިބަންނުކަންޑާ

    10
  4. ކަރުމާ

    ލިބޭ ފުރުސަތު ގެއްލޭނެ ދޯ ، ކުފޫ ހަމަ ނުވެ އަމިއްލަ އެދުމައިގެން ތިބޭ މީހުން އެސޯސިއޭސަން ތަކުގަ ހާއްސަކޮއް ބާސްކެޓް