ލިވަޕޫލް އިން ބޭނުން ވަނީ އެޓީމުގެ ސީޒަނުގެ ތަރި މުހައްމަދު ސަލާހުގެ ހަފްތާ އަކު 90000 ޕައުންޑުގެ މުސާރަ ބޮޑުކޮށް ސަލާހު ދިގު މުއްދަތަކަށް ލިވަޕޫލްގައި ހުރުމަށް ކަމަށް އެޓީމުގެ ޗެއާމަން ވާނާ ބުނެފިއެވެ،

ސަލާހު ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރާ އެއް ޓީމަކީ ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު ރިއަލް މެޑްރިޑެވެ. ރިއަލް މެޑްރިޑާއި އެކު ބާސެލޯނާ އަދި ފްރާންސްގެ ޕެރިސް ސެއިންޓް ޖެމޭން ވެސް އަންނަނީ ސަލާޙު ގެންނަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރިޕޯޓު ތަކުން ބުނާގޮތުގައި ބާސެލޯނާ އިން ސަލާހުގެ 200 މިލިއަން ޕައުންޑަށް އަރާފައިވާ އަގުގައި އެޓީމަށް ނުގެންދާނެއެވެ.

ނަމަވެސް ލިވަޕޫލްގެ ޗެއާމަން ވާނާ ގަބޫލު ކުރާގޮތުގައި އަހަރެއް ކުރިން ރޯމާ އިން 36.9 މިލިއަން ޕައުންޑަށް ގެނައި 25 އަހަރުގެ ސަލާހު ކުރިޔަށް އޮތަ ތާނގައިވެސް ލިވަޕޫލް ގައި މަޑުކުރާނެއެވެ. "އަހަރެންގެ އިތުބާރު އެބޮތް، އަހަންނަށް ހީވަނީ ސަލާޙު ލިވަޕޫލްގައި އުޅެނީ ހަަމަޖެހިގެން ކަމަށް، މޯ އޭނާގެ ޓީމު ކުޅުންތެރިން ދެކެ ލޯބިވޭ ހަމަ އެހެންމެ ސަޕޯޓަރުންވެސް އޭނާ ދެކެ ލޯބިވޭ،" ވާނާ ބުންޏެވެ،

މީގެ އިތުރުން ވާނާ ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެޓީމުގެ ކޯޗު ޖާޖެން ކްލޮޕް އައިފަހުން ވެސް ވަރަށް ބޮޑު ތަފާތެއް ފެނިގެން އައި ކަމަށެވެ. "އަހަރެން ހަނދާންވޭ ކްލޮޕްގެ ފުރަތަމަ އިންޓާވިއުގައި ކްލޮޕް އޭނާ ފާހަނގަ ކޮށްފައިވަނީ އާދައިގެ މީހެއްގެ ގޮތުގައި ނަމަވެސް އަހަންނަށް ފާހަނގަ ކުރެވޭ ގޮތުގައި އެކަހަލަ ކޯޗެއް ނެތް،" ފެންވޭ ސްޕޯޓްސް ގުރޫޕުގެ ކޯ އޯނާ ބުންޏެވެ.