ސްޕޭންގެ ރެއާލް މެޑްރިޑުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން އެކަމުގެ އުފާ ފާޅުކުރަން މާދަމާ މާލޭގައި ސައިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.

ސައިކަލް ބުރު އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ރެއާލްގެ ސަޕޯޓަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ރެއާލްގެ ކާމިޔާބީ ފާހަގަ ކުރަން ރެއާލްގެ ސަޕޯޓަރުން އިންތިޒާމް ކުރާ ސައިކަލް ބުރު ފަށާނީ މާދަމާ ހަވީރު އަސުރު ނަމާދަށް ފަހު ސުނާމީ ބިނާ ސަރަހައްދުން ކަމަށެވެ.

ފުލުހުންގެ ވެސް ހުއްދަ ހޯދައިގެން ކުރިއަށް ގެންދާ ސައިކަލް ބުރުގައި ބައިވެރިވުމަށް މިހާރު ވެސް 50 އަށް ވުރެ ގިނަ ސައިކަލް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ރަޖިސްޓްރީ ނުކޮށް ވެސް ސައިކަލް ބުރުގައި ބައިވެރި ވެވޭނެއެވެ.

މައުލޫމާތު ދިން ރެއާލްގެ ސަޕޯޓަރު ބުނީ ސައިކަލް ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރެއާލްގެ ޖޯޒީގައި ނުވަތަ ހުދު ހެދުމެއްގައި މާދަމާ އަސުރު ނަމާދަށް ފަހު ސުނާމީ ބިނާ ސަރަހައްދަށް ދިއުމަށް އެދޭ ކަމަށެވެ. ވީހާވެސް ގިނަ މީހުން ސަައިކަލް ބުރުގައި ބައިވެރިވުމަށް މިކަން އިންތިޒާމް ކުރާ ރެއާލްގެ ސަޕޯޓަރުން އެދެއެވެ.

ގަރެތު ބޭލްގެ ދެ ލަނޑާ އެކު އިންގްލެންޑުގެ ލިވަޕޫލް އަތުން 3-1 އިން މޮޅުވެ ޔޫއެފާ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ހޯދީ ރޭ ޔޫކްރޭންގެ ކިއޭވްގައި އޮތް ފައިނަލް މެޗްގައެވެ. ރެއާލް މެޑްރިޑުން ވަނީ މިހާތަނަށް 13 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. ރެއާލް އަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢާދަނު

    ހެހެ ކުރާނެކަމެތް ނެތިގެންތަ ތިއުޅެނީ މީ އަޅުކަމުގެ މައްސަރު ހެޔޮކަންތަށްކުރުމުގަ އުޅެބަލަ އެރުން ސަލާމަތްވާންއޮތީ

  2. ފަރަޙް

    ތީ ވަރަށް ރަނގަޅު ކަމެއް. މަވެސް ދާނަން. ފުޓް ބޯޅަ އަކީ ދިވެހިންގެ ލޭނާރު.

  3. ނުރަބޯ

    އަހަރެމެނަކާވާ ކޮންކަމެއް.....؟

  4. ޙުސައިން މ. މުލި

    މާލޭގަ ތިކުރު މޮޔަކަމެއް

  5. ހުމި

    މަލެަަެެ

  6. ÷ޕީސީ

    ހަބޭސް

  7. ރޮނާލްޑޯ

    ބާޗާ ކުދިންނައް ބަލާލަން ކެރޭނެބާ .......7 4 11 10 8