އިސްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ހަމާސް ޖަމާޢަތުގެ މެންބަރުންނަށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލްގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ގިލާޑް އެރްދަން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އިސްރާއީލްގެ ޖަލުތަކުގައި ތިބި ހަމާސްގެ މެންބަރުންނަށް ވޯލްޑްކަޕް ބެލުން މަނާ ކުރުމަށް އޭނާ ނިންމާފައިވާ ކަމަށެވެ. އެކަން ޖަލު ބަލަހައްޓާ އޮފިސަރުންނަށް ވެސް އަންގާނެ ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލްގެ ޤަވައިދުތައް ބުނާ ގޮތުން އިސްރާއީލްގެ ޖަލުތަކުގައި ތިބޭ ފަލަސްތީން މީހުންނަށް ވެސް ޓީވީ ބެލުމުގެ ފުރުސަތު ދޭން ޖެހެއެވެ.

ނަމަވެސް އިސްރާއީލްގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ގިލާޑް ބުނީ މިހާރު އޭނާ ނިންމާފައި ވަނީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާ ދުވަސްވަރު ޤަވައިދު ބަދަލުކޮށްގެން ހަމާސްގެ މެންބަރުންނަށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ނުބެލޭނެ ގޮތް ހަދަން ކަމަށެވެ.

އިސްރާއީލްގެ ޖަލުތަކުގައި ފަލަސްތީންގެ ހަހާސް ފައްސަތޭކަ އަށް ވުރެ ގިނަ މިހުން އެބަތިއްބެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބެލުމުގެ ފުރުސަތު ނުދޭނީ ހަމާސްގެ މެންބަރުންނަށް އެކަނި ކަމަށް އިސްރާއީލްގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ގިލާޑް މީޑިއާ ބުނެފައި ވާތީ ބައެއް ގައިދީންނަށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބެލުމުގެ ފުރުސަތު ލިބިދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު