ރަޝިޔާގައި މިއަންނަ މަހުގެ 14 ވަނަ ދުވަހު ފަށާ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަސްމީ ލަވަ ނެރެފިއެވެ.

'ލިވް އިޓް އަޕް' ކިޔާ މި ލަވަ ހަދާފައިވަނީ މަޝްހޫރު ޑީޖޭ އެއް ކަމަށްވާ ޑިޕްލޯ އެވެ. ހަމަ އެހެންމެ މިލަވަ ކިޔާފައިވަނީ ނިކީ ޖޭމް ވިލް ސްމިތް އަދި އަލްބޭނިއާ އަށް ނިސްބަތްވާ އެރާ އެސްޓްރަފީއެވެ. ވިލް ސްމިތް ވަނީ މި ހަފްތާގެ ކުރީ ކޮޅު އޭނާ މިފަހަރުގެ ވޯލްޑް ކަޕު ލަވަ ކިޔާކަމަށް އިންސްޓަގްރާމް ގައި ބުނެފައެވެ.

 

ވިލް ސްމިތް ކުރިޔަށް ދަނީ މިދިޔަ 2 ވޯލްޑް ކަޕުގެ ވެސް ލަވައިގައި ބައިވެރި ވެފައިވާ ޝަކީރާ، ޕިޓްބުލް އަދި ޖެނިފާ ލޮޕެޒްގެ ފަހަތުން ކަމަށްވެސް އޭނާ ބުންޏެވެ. ގިނަ ޕްލެޓިނަމް އަދި ގޯލްޑް އަލްބަމްތައް ނެރެފައިވާ ވިލް ސްމިތް ވަނީ އޭނާގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި ވޯލްޑް ކަޕު ލަވަ ހެދުމުގެ ތެރެއިން ވީޑިއޯ އެއް ޕޯސްޓު ކޮށްފައެވެ.

http://www.instagram.com/p/BjNBBBlDLpM/?taken-by=willsmith

މި ލަވައިން ރަނގަޅު އިބުރަތެއް ހާސިލު ކުރެވޭ ނަމަވެސް ގިނަ އަދަދެއްގެ ފުޓުބޯޅަ ސަޕޯޓަރުން އަންނަނީ މިލަވަ އާއި މެދު ހިތް ހަމަ ނުޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ލިޔަމުންނެވެ، ނަމަވެސް 2010 ގައި ޝަކީރާގެ ލަވަ އަށް އަދިވެސް ތަރުހީބު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3ނިރު

    ވަރަށް ހަޑި

    • ުުުުުުުުުުުުުުުުުުިިަަަަްالله

      ބޮރޮ ބޮރު ހުންނަނީ
      ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  2. ޚދހދގ

    ވަރަށް ރީތި?