އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ވޭން ރޫނީގެ ދަރިފުޅު އުމުރުން 11 އަހަރުގެ ކައި އޭނާގެ ބައްޕަގެ ފައިތިލަ ދަށުން ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.

ކައި ޔުނައިޓެޑަށް ސޮއިކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ފޮޓޯގައި ރޫނީއާއި އޭނާގެ އަންހެނުންނާއެކު ކައި ހުންނަަތަން ފެނެއެވެ. އަދި ކޮންޓްރެކްޓްގައި ކަައި ސޮއިކުރަން ހުންނަތަން ފެނެއެވެ.

މިކަމަީޢ ގުޅިގެން ރޫނީ ވަނީ ބައްޕައެއްގެ ހައިސިއްޔަތުން އޭނާގެ ޝުއޫރުތައް ހިއްސާކޮށްފައެވެ. ރޫނީގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ވާހަކަތަކުން އެންމެ ބޮޑަށް ފާހަގަކުރެވުނީ އޭނާއަށް ލިބުނު ބޮޑު އުފަލެވެ.

"އަހަރެން ވަރަށް ފަހުރުވެރިވަން ދަރިފުޅަށް، ހާއްސަކޮށް އަހަރެންގެ ހަޔާތުގެ މުހިއްމު ބައި ހޭދަކުރި ޔުނައިޓެޑަށް އަހަރެންގެ ދަރިފުޅު ސޮއިކުރުން އެއީ ދެކެމުން އައި ހުވަފެނެއް، އެދެނީ މި ކުލަބު (ޔުނައިޓެޑް) ގައި ކައި ކުރަމުން އަންނަ ބުރަ މަސައްކަތް އެގޮތުގައި ކުރިއަށް ގެންދިއުމަށް" ރޫނީގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވެއެވެ.

ރޫނީއަކީ ޔުނައިޓެޑުގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2004 ވަނަ އަހަރުން ފެށިގެން 2017 ގެ ނިޔަލަށް ޔުނައިޓެޑަށް ކުޅެ އެ ކުލަބުގެ ގޯލްޑަން ޖެނެރޭޝަންގެ ތެރޭގައި ހިމެނިފައެވެ. ސާ އެލެކްސް ފާގަސަންގެ ކޯޗިން ކެރިއަރުގެ ފަހު އަހަރުތަކުގައި ރޫނީއަކީ ކޯޗުގެ އެއްވަނަ ޗޮއިސްއެވެ. އެ ކުލަބަށް ކުޅުނު ދުވަސްވަރު ރޫނީ ވަނީ ޖުމްލަ 559 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.