ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލްގެ މުހައްމަދު ސަލާހު އަށް ކުރި ފައުލަކާ ގުޅިގެން ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ޕެޓިޝަންގައި ސޮއި ކުރި މީހުންގެ އަދަދު ހަތަރު ލައްކައަށް އަރައިފިއެވެ.

އޮންލައިންކޮށް ޕެޓިޝަންގައި ސޮއި ކުރާ ވެބްސައިޓްއެއް ކަމަށްވާ ޗޭން.އޯގް ގައި އާއްމުކޮށްފައިވާ މި ޕެޓިޝަން މިހާތަނަށް414,497 ފަރަތަކުންވަނީ ސޮއިކޮށްފައެވެ.

މި ޕެޓިޝަނުގައި ބުނެފައިވަނީ ސަލާހު އަށް ރާމޯސް ފައުލްކުރީ ގަސްދުގައި ކަމަށާއި އެ ފައުލްގެ ސަބަބުން ލިބުނު އަނިޔާއާ ގުޅިގެން އެ މެޗުގެ ބާކީބައި ފުރިހަމަ ނުކުރެވުމުގެ އިތުރުން އަންނަ މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ސަލާހު އަށް އެރޭނެ ކަމާމެދު ވެސް މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ.

އަދި ރޭގެ މެޗުގައި ރާމޯސްގެ ފަރާތުން ފެނިގެން ގޮސްފައިވާ ކަންތައްތަކުން ކުރިއަށް އަންނަން އޮތް ޖީލަށް ވެސް އެ ދެއްކުނީ ނުބައި ނަމޫނާއެއް ކަމަށާއި ވީޑިއޯ ރެކޯޑިން ބެލުމަށްފަހު ކުޅިވަރުގެ ރޫހު ހިފެހެއްޓުމަށްޓަކާ ރާމޯސްއާ މެދު ފިޔަވަޅު އަޅައިދިނުމަށް މި ޕެޓިޝަން ހެދި ފަރާތުން ވަނީ ފީފާ އާއި ޔޫއެފާ އަށް ގޮވާލާފައެވެ.

ޗެންޕިއަންސްލީގްގެ ފައިނަލް މެޗްގައި ސަލާޙް އެ ކުލަބަކަށް ނިސްބަތްވާާ ލިވަޕޫލް 1- 3 ގެ ނަތީޖާއަކުން ދަށްވިއިރު، ވޯލްޑްކަޕްގައި ކުޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަލާޙްވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 3ނިރު

    ތީއަލަށް ޗެމްޕިއަންސް ލީގުގަ އަނިޔާވި މީހާތަ؟

    • Anonymous

      އަނިޔާ ވީކީ ނޫން ބޮޑު އަނިޔާއެއް ދީނީ!! ރާމޯސް ޢާއްމުކޮށް ކުރާކަމެއް އެއީ!! އެހެންވެ ރަތްކާޑުގެ ވޯރލްޑް ރެކޯޑް މީނާއަތުގަ އޮންނަނީ ސާފުތަ!!