ހައްދުފަހަނައަޅާފައިވާ އިސްރާއީލާއި އާއި އެކު އާޖެންޓީނާއިން، އިސްރާއީލުން ފޭރިގަނެފައިވާ ގުދުސްގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅުމަށް ނިންމައިފިއެވެ.

މިމެޗަކީ ވޯލްޑް ކަޕަށް ތައްޔާރުވުމަށް އާޖެންޓީނާއިން ކުޅޭ ރަހުމަތްތެރިކަމުގެ މެޗެކެވެ. ޖޫން 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް އާޖެންޓީނާ ވަނީ ކޮލިފައިވެފައެވެ.

ފަލަސްތީނުގެ ފުޓުބޯޅައިގެ މައި އިދާރާގެ ވެރިޔާ ޖިބްރީލް ރަޖްޢޫބް ވިދާޅުވީ އަންނަ މަހު ނުވަ ދުވަހު މި މެޗް ޤުދުސްގައި ކުޅެން ނިންމައިގައިވަނީ ޖެއްސުން ކުރުމަށް ކަމަށެވެ.

ރަޖްޢޫބް ވިދާޅުވީ މި މެޗް ކުޅެން އިސްރާއީލުން އުޅެނީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ކުޅިވަރުގެ އަސާސްތަކާއި ކުޅިވަރުގެ ރޫޙާއި ޚިލާފަށް ކަމަށެވެ.

"މެޗް ޤުދުސްގައި ކުޅެފިނަމަ އާޖެންޓީނާގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓޭނެ, އިސްރާއީލުން މަސައްކަތްކުރަނީ ޤުދުސްއަކީ އިސްރާއީލުގެ ބިމެއްގެ ގޮތުގައި އާޖެންޓީނާގެ ރައްޔިތުންނަށް އޮޅުވާލައިގެން ދައްކަން" ރަޖްއޫބް ވިދާޅުވިއެވެ.

މިހާތަނަށް މިމެޗްގެ ޓިކެޓް ހޯދަން ހަ ލައްކަ ސަޕޯޓަރުން ބޭނުންވިކަމަށް މެޗް އިންތިޒާމް ކުރާ ފަރާތުން ބުނާއިރު
ސްޓޭޑިއަމްގައި ހުންނަނީ 31000 މީހުންގެ ޖާގައެވެ.

މިމެޗް ކުޅެން ހަމަޖެހިފައިވާ ޓެޑީ ސްޓޭޑިއަމް އަކީ 1948 ވަނަ އަހަރު އިސްރާއީލުން ފޭރިގަތް ފަލަސްތީނުގެ އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެކެވެ.

މި މެޗް ގުދުސްގައި ކުޅެން ނިންމާފައިވާއިރު އިސްރާއީލް އިން ފަލަސްތީންގެ ބިމަށް ވެރިވެގަތްތާ 70 އަހަރު ފުރުމާއި ދިމާކޮށް އެމެރިކާގެ އިސްރާއީލް އެމްބަސީ މުސްލިމުންގެ މުގައްދަސް ބިން ގުދުސް އަށް މިހާރު ވަނީ ބަދަލު ކޮށްފައެވެ.

އެކަމާއި ދެކޮޅަށް ފަލަސްތީންގެ ޣައްޒާގައި މުޒާހަރާ ކުރަމުންދާ ފަލަސްތީންގެ ރައްޔިތުންގެ ގަޔަށް އިސްރާއީލްގެ އަނިޔާވެރި ސިފައިން ވަނީ ބަޑި ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޕޮފުބާ

    ﷲ އިރާދަކުރެއްވީ ތިމެޗް އާޖެންޓީނާ ގުދުސްގަ ކުޅީޔަ ﷲކޯފާލައްވާނެ انشاء

    • ީަަިިިި

      އާމީން

  2. ފަލަސްތީން

    ތިމެޗް ކުޅެފިނަމަ ވޯލްޑްކަޕްގައި އާޖެންޓީނާ ބަލިވާނެ.

  3. އަލީ.

    ﷲ އިރާދަކުރެއްވިއްޔާ މިމެޗު އާޖެންޓީނާ ކުޅެފިނަމަ އަހަރެން އަބަދުވެސް ދުވާކުރާނަން ފިޓުބޯޅައިގެ ފޭލިޔަރުންގެ ގޮތުގަ އާޖެންޓީނާވުމައް

  4. ހިތްވަރު

    އިސްރާއީލް ގުދުސެއް ނުއޮންނާނެ. އެއީ ގަދަކަމުން ހިފާފައިވާ ފަލަސްޠީނުގެ ވެރި ރަށް . ހިފީ 1967 ގައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މިނިވަންވާނެ.

  5. ހަމަ

    ޔާﷲ. މިބިންމަތީގައި މުސްލުމުންނާއިދެކޮޅުވެރިވެ، މުސްލިމުން ނިކަމެތިކޮށް ބައިބައިކޮށް މަރަމުންދާ އިސްރާޢީލާއި އެމިހުންނަށް ވާޤިއެދޭ މީހުން ނިކަމެތިކުރައްވާ ބަލިކުރައްވާންދޭވެ.
    އާމީން.

    • މުސްލިމު

      އާމީން!

  6. މެސީ

    ﷲ އިރާދަކުރެއްވިއްޔާ އިޒްރާއީލައް ކޯފާ ފޮނުއްވާނެ މިފަހަރު...، އާމީން!