ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތުގައި އޮންނަ ސްވިމިން ޕޫލް އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

މިއަދު ސްވިމިން އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ވިދާޅުވީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މެނޭޖްކުރާ ހުޅުމާލޭ ސްވިމިންގ ޕޫލް މެންބަޝިޕް އުޞޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ސްވިމިންގ ޕޫލުގެ މެންބަރޝިޕް ފީ ނެގުމަށް ހަމަޖެހިފައި ވަނީ އާންމު ދިވެހިންނަށް މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ ނުވަތަ ދުވާލަކު 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ. އަދި ބިދޭސީންނަށް މަހަކު 3000.00 (ތިންހާސް) ރުފިޔާ ނުވަތަ ދުވާލަކު 300.00 (ތިންސަތޭކަ) ރުފިޔާއެވެ.

ޕޫލު ބުކްކުރުމާއި، މެންބަރޝިޕްފީ ދެއްކުމަށް ގުޅުއްވާނީ 7800096 އަށެވެ.

ޕޫލު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުންވެސް ޕޫލު ބޭނުންކުރުމުގެ އުޞޫލުތަކަށް ޢަމަލުކުރަންވާނެ ކަމަށާއި ޕޫލުބޭނުންކުރަން ފުރުޞަތު ދޭނީ ޕޫލު ބުކްކުރާ ތަރުތީބުން އިސްކަންދޭ އުޞޫލުން ކަމަށް ސްވިމިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.

ޢާންމު ފަރާތްތަކަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދެވޭނީ، ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައެވެ. ހުކުރު އަދި ހޮނިހިރު ދުވަސް ޚާއްސަކޮށްފައިވަނީ އާއިލާތަކަށާއި ގުރޫޕް ތަކަށެވެ. އާއިލާ ތަކަށާއި ގްރޫޕްތަކަށްވެސް ޕޫލު ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ޕޫލުފީ ދެއްކުމަށްފަހުއެވެ.

މީގެ އިތުރުން، މުބާރާތްފަދަ އިވެންޓްތައް ބޭއްވުމަށް ޕޫލުދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މަހުން މަހަށް ފީ ދައްކާބޭފުޅުންނަށް ސްލޮޓް އެލޮކޭޓްކުރެވޭނެއެވެ. އެނޫން ގަޑިތަކުގައި އެފަރާތްތަކަށް ބޭނުން ނުކުރެވޭނެއެވެ. ސްލޮޓް އެލޮކޭޓް ކުރުމުގައި ހަފްތާ ބަންދު ނުހިމެނޭނެއެވެ. ކޮންމެ ބޭފުޅަކަށްވެސް ޕޫލު ބޭނުންކުރަން ލިބޭނީ ދުވާލަކު އެއްގަޑިއިރަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ވެސް ގާތްގަނޑަކަށް މަސައްކަތް ނިމިފައި އޮތް ޕޫލް ހުޅުވުމުން ލަސްވެގެން ދިޔައީ މިއަހަރު ކޮވިޑް-19 ފެތުރެން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަޅީ

    ސޯލިހު ޕޫލް އެއްވެސް ހެދީ ތަ؟.

    15
    13
    • ވެރިން

      އަގަށް ބެލީ މަ ބުނާކަހަލަ އާއްް މު ރައްޔޮތު މީހާ އަށް ނޯ އޭ މުއްސަދި މީހާ އޯކޭ

  2. ހަބީބު

    މިވެސް ޔާމީނުގެ ކަމެއްދޯ ، އެހެން ބެލިއަސް މިހެން ބެލިއަސް މުޅިގައުމުގައި ޔާމީނުގެ ތަރައްގީ

    67
    7
  3. ކުރީ ސަރުކާރު

    ޝުކުރިއްޔާ ރައީސް ޔާމީން.

    33
    3
  4. ހުސޭނުބޭ

    މޮޅު ޚިޔާލެއް ދެންތަ؟ ތި ސްވިމިންޕޫލް ހުޅުވާފައި މީހުންތައް ތިތަނަށް ވަނީމާ، މުޒާހަރާކޮށްފާނޭތީވެ ހަދާގޮތަށް، އެޗްޕީއޭގެ ޤަވާއިދާ ޚިލާފުވީއޭ ކިޔާފައި ކޮންމެ މީހަކު އެއްލަކަ ރުފިޔާއިން ޖޫރިމަނާކުރޭ! އޭރުން ވަރަށް ލާރިލިބޭނެ!

    18
    2
  5. ލަޓިޓީ

    އަގު މާބޮޑު 150 ގަޑިއިރަކަށް

    18
  6. ޅަބޭ

    ތިހެންވެއްޖެޔާ ތި ސުވިމިން ޕޫލްތެރެއިން ދެން ފެންނާ އަންހެންވެރިންގެ ޕެޑާއި، ފިރިހެންވެރިންގެ ކޮންޑޮމާއި، ކުޑަކުދިންގެ ނެޕީއާއި، ދިވެހިބޭސް މަލަންގަނޑާ، ކުނިބުނި.

    22
  7. ވަޒީރެއާލާ

    މަހަކަށް ދޭންޖެހޭ ވަރަށްވުރެ 3ގުނަ ބޮޑުކޮށް ދުވާލަކަށް 150ރުފިޔާ ދައްކާގޮތަށް ކަނޑައެޅީ ރައްޔިތުންގެ ސިއްހަތަށް މިސަރުކާރުންދެއްވާ އަހަންމިއްޔަތުގެ ބޮޑުކަމުންތޯ ނޫނީ ރައްޔިތުން ފެލަންތޯ؟

    21
    1
  8. ހަޑިމިލޭރު

    ޝުކުރިއްޔާ ލޮބުވެތި ރައީސް ޔާމީން.

    27
    2
  9. އެޖެންޑާ 21

    ފީތަށް މާ އަގުބޮޑުކޮށް ރައްޔަތުން ފެލަން ފެށީދޯ އަނެއްކާވެސް. ކިނބުލަށް ލާރި ބަނޑުއަޅަން ރަނުގެ ފުރުސަތެއް އަނެއްކާ ލިބިގެން އެދިޔައީ. ޔާމީނު ތަރައްގީކޮށްފައި ހުންނަ ކޮންމެ ތަނަކު މިހާރު ރީނދޫ ދިދަފައްޗެއް ނޫނީ ކޮންމެވެސް ރީނދޫދަވާދެއް ނުހޭކޭ ތަނެއް ނޯވޭ ވިއްޔާ.. މީކިހާ ބަލާއެއްވެއްޖެކަމެއްނު

    4
    1
  10. ރައްޔިތުއާދަނު

    މާތް ކަލާކޯ! އެންމެ ގަޑިއެއްގެ އިރަށް ތިޔަ ޕޫލަށް ނިކަމެތި ރައްޔިތުމީހާ އެރިލަން 150ރުފިޔާ. ރައީސްސޯލިހު ހާދަ ހެޔޮފުޅޭ. ރައްޔިތުންދެކެ ހާދަ ލޯބިވެޔޭ. ފަށްފަށުން ނާއި ކެނބު ކެނބުން ގޯނިގޯނިން ޑަޒަންޑަޒަނުން ރައީސް ސޯލިހަށް ޝުކުރިއްޔާ.

    4
    1
  11. މިއަދު

    މިސްކިތް ނުހުޅުވަން އެތިބީ އެތަނުން ޓިކެޓް ނިވިއްކޭނެތީދޯ؟

  12. އަޅުގަނޑުގެ ހިޔާލު

    ޒިނޭ އާ ކައިރި ވުމަށްވެސް ތިތާ މަގު ފަހި ވެގެން ނުވާނެ އަދި ބަލި ފެތުރިދާނެ ތަނަކަށް ވެގެންވެސް ނުވާނެ