ޅ. ނައިފަރުގައި ގާއިމްކުރި ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތް ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ވަނީ ނައިފަރުގައި ތިން ބެޑްމިންޓަން ކޯޓު ގާއިމްކޮށްފައެވެ. މި ކޯޓުތައް ގާއިމްކޮށްފައިވަނީ ނައިފަރު ކައުންސިލްގެ ފަރާތުން ހަދާފައިވާ އެކުވެނި އިމާރާތުގައެވެ.
މި ކޯޓުތައް ނިމިގެންދިޔުމާއެކު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ބެޑްމިންޓަން އެސޯސިއޭޝަނާއި އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު މި މަސައްކަތް ކުރުމަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ނައިފަރުގެ ކޯޓުތައް ނިމިގެންދިޔުމާއި ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ވަނީ ލާމަރުކަރުކޮށް ކުޅިވަރު ކުޅެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެއްވުމަށް މިނިސްޓަރ މަހްލޫފް އިސްނަންގަވައިގެން ޔޫތު މިނިސްޓްރީގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. ހަމައެހެންމެ މިއީ ދުރު ރާސްތާގައި ބެޑްމިންޓަން ފެޑެރޭޝަންއެއް ގާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
ނައިފަރުގެ އިތުރުން ފ. ދަރަނބޫދޫގެ އިންޑޯ ހޯލްގައި 2 ކޯޓު އެޅުމާއި އަދި ބ. މާޅޮހުގައި އެއް ކޯޓު އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ކޯޓުތައް އެޅުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް ރަށްރަށަށް ފޮނުވަން ފަށާފައިވަނީ މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޯޔަލް ބަކަރި

    ޝުކުރިއްޔާ ރައީސް ޔާމީން..

    9
    1
  2. ނަފީސް

    މޮޔަނުވޭ! މިއީ ކައުންސިލުން ކޮންޓްރޯލްކުރާ ނައިފަރު ރައްޔިތުންގެ އެކައުންޓުން ޚަރަދުކޮށްގެން ކުރި މަސައްކަތެއް!